17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯ ލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން މިއަދު ފަށައިފި އެވެ.
މިދިޔަ އަހަރުގެ އޯ ލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން މިއަދު ފަށައިފި އެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިިން ބުނިގޮތުގައި، އެ އިމްތިހާނުތަކުގެ ނަތީޖާ އޮންލައިންކޮށް ފެންނާނީ ސެންޓަރުތަކުގެ އިސްވެރިންނަށެވެ. އަދި މާދަމާ އިން ފެށިގެން އިމްތިހާނުގެ ނަތީޖާ ސްލިޕް ދޫކުރަން ފަށާނެ ކަމަށް ބުންޏެވެ.
އިމްތިހާނު ސެންޓަރުތަކުން މާދަމާ ހެނދުނު 8:30 އިން މެންދުރު 1.30 އާ ހަމައަށް ނަތީޖާ ދޫކުރާނެ ކަމަށެވެ.
ނަތީޖާގައި މައްސަލައެއް އުޅޭ ކަމަށް ޝައްކު ކުރެވޭނަމަ، އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ކުރިން އެކަން ޑީޕީއީ އަށް ހުށަހެޅުމަށް ވަނީ އަންގައިފަ އެވެ. އަދި ނަތީޖާ ރީ-ޗެކް ކުރަން ބޭނުންވާ ކެންޑިޑޭޓުން، އެކަމަށް އެދޭ ފޯމް ފުރިހަމަކުރުމަށް ފަހު، އަންނަ މަހުގެ އަށް ވަނަ ދުވަހުގެ ކުރިން ހުށަހަޅަން ޖެހެ އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު އަދި ނޮވެމްބަރު މަހުގައި ބޭއްވި ކެމްބްރިޖް އޯ ލެވެލް އާއި އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިހާނުގައި ބައިވެރިވެފައިވަނީ 7028 ދަރިވަރެކެވެ. އޭގެ ތެރެއިން ކެމްބްރިޖް އިމްތިހާނު 6،291 ދަރިވަރަކު ހަދާފައިވާއިރު، އެސްއެސްސީ އިމްތިހާނުގައި ބައިވެރިވީ 5،677 ދަރިވަރެކެވެ.
ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް އޯލެވެލް އިމްތިހާނާއި އޭލެވެލް އިމްތިހާނު އެއްކޮށް ބާއްވާފައި ވަނީ ވެސް މިދިޔަ އަހަރުގަ އެވެ. އޯލެވެލް އިމްތިހާނު އާއްމުކޮށް ބާއްވަނީ އޮކްޓޯބަރު/ނޮވެމްބަރު މަހުގައި ނަމަވެސް އޭގެ ކުރިން އޭލެވެލް އިމްތިހާނު ބާއްވަމުން އައީ ޖޫން/ޖުލައި މަހުގެ ތެރޭގަ އެވެ.
ދުނިޔޭގެ އެއް ވަނައިގައި ރާއްޖޭގެ 37 ދަރިވަރުން
އޯ ލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި
މެއި/ޖޫންގައި އޯލެވެލް އިމްތިހާނު އޮންނާނެ: މިނިސްޓަރު
"ބޯޑަރުތައް ބަންދުކޮށްފައިވާތީ ސެޓްފިކެޓު އަދި ނުލިބޭ"
އޯލެވެލް، އަންނަ މެއި/ޖޫންގައި ބާއްވަން މަޝްވަރާކުރަނީ
އޯލެވެލް ހަދާ ދަރިވަރުންނަށް ހައްލުހޯދަން މަޝްވަރާކުރަނީ
"ބައިނަލްއަގުވާމީ އިމްތިޚާނަށް އަސަރެއް ނުކުރާނެ"
އާ މަންހަޖާ އެކު އޯ ލެވެލް އިމްތިހާނަށް ބަދަލުތަކެއް
އޯ ލެވެލް އިމްތިހާން ފަށައިފި
އޯ ލެވެލްގެ ނަތީޖާއިން ކުރިއެރުންތަކެއް ވަނީ ހޯދާފައި