Roadha Mihaaru
އޯ ލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި

އޯ ލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި

12 އޯގަސްޓް 2021

މިދިޔަ މޭ/ޖޫން މަހު ބޭއްވި އޯ ލެެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން މިއަދު ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މިދިޔަ މޭ/ޖޫން މަހު ބޭއްވި އޯ ލެެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން މިއަދު ފަށައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކެމްބްރިޖު ޓެސްޓުގެ ނަތީޖާ ހެނދުނު 10:00 ގައި އަދި އެސްއެސްސީގެ ނަތީޖާ 1:00 ގައި އިމްތިހާނު ސެންޓަރުތަކަށް ލިބޭނެ ކަމަށެވެ.

އެ އަށް ފަހު، އެ ސެންޓަރުތަކުން އިންތިޒާމުކުރާ ގޮތެއްގެ މަތިން ނަތީޖާ ދޫކުރުން ކުރިއަށް ގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އޯ ލެވެލް އިމްތިހާނު ބާއްވަން އެންމެ ފުރަތަމަ ތާވަލުކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރަށެވެ. އެކަމަކު ކޮވިޑު-19 ގެ ސަބަބުން ސްކޫލުތައް ބަންދުކޮށް ދިގުލައިގެން ދާތީ ވަކި މުއްދަތެއް ނެތް ކަމަށް އޯ ލެވެލް އާއި އެސްއެސްސީ އިމްތިހާނު ފަސްކުރީ އެވެ. ނަމަވެސް ޕްރިންސިޕަލުންނާ މަޝްވަރާ ކުރުމަށް ފަހު ނިންމީ މި އަހަރުގެ މެއި/ޖޫންގައި އިމްތިހާނު ބާއްވާށެވެ.

އެ އިމްތިހާނުގައި ރާއްޖޭގެ 235 ސެންޓަރަކުން 5،955 ދަރިވަރުން ބައިވެރިވި އެވެ.