Roadha Mihaaru
"ސޮނީ ހޯލްސޭލް" ފިހާރަ ހުޅުވައިފި

ހޯލްސޭލް ވިޔަފާރިއަށް ހާއްސަ، "ސޮނީ ހޯލްސޭލް" ފިހާރަ ހުޅުވައިފި

29 ޖެނުއަރީ 2023

ސޮނީ ހާޑްވެއާއިން "ސޮނީ ހޯލްސޭލް"ގެ ނަމުގައި އާ ފިހާރައެއް މިއަދު ހުޅުވައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ސޮނީ ހާޑްވެއާއިން "ސޮނީ ހޯލްސޭލް"ގެ ނަމުގައި އާ ފިހާރައެއް މިއަދު ހުޅުވައިފި އެވެ.

އެ ފިހާރަ އަކީ ހޯލްސޭލްކޮށް މުދާ ގަންނަ ކަސްޓަމަރުންނަށް ހާއްސަކޮށް އެ ކުންފުނިން ހުޅުވި ތަނެކެވެ. އެ ފިހާރައިން މިއަދު ވިޔަފަރިކުރާ ކަސްޓަމަރުންނަށް 35 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ އެވެ.

ސޮނީ ހާޑްވެއާއިން ބުނި ގޮތުގައި އަލަށް ހުޅުވި ފިހާރައިން މާލެ އާއި ރަށްރަށުގައި ހާޑްވެއާ ވިޔަފާރިކުރާ ފަރާތްތަކާއި ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ހެޔޮ އަގެއްގައި މުދާ ލިބޭނެ އެވެ. އަދި ބޭރުން މުދާ އެތެރެ ކުރުމުގައި ހިނގާ ހަރަދާއި ކުރިމަތިވާ ދަތިތަކުން އަރައިގަނެ، ފަސޭހައިން ތަކެތި ލިބޭނެ ގޮތް ހެދުމަކީ އެ ފިހާރަ ހުޅުވުމުގެ މަގްސަދެއް ކަމަށް ބުންޏެވެ.

މި ފިހާރައިން ވިޔަފަރިކުރާ ކަސްޓަމަރުންނަށް މިއަދު 35 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ. -- ފޮޓޯ: ސޮނީ

މި ފިހާރައިން ވިޔަފަރިކުރާ ކަސްޓަމަރުންނަށް މިއަދު 35 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ. -- ފޮޓޯ: ސޮނީ

"ސޮނީ ހޯލްސޭލް"ގައި ސޮނީ ހާޑްވެއާއިން އެތެރެކޮށް ވިއްކާ 45 ބްރޭންޑެއްގެ 2،000 އަށް ވުރެ އައިޓަމް ލިބޭނެ އެވެ. އޭގެ ތެރޭގައި، އޭބީބީ، ލެޑްވާންސް، ބޮސްނީ، ރެޑްފޮކްސް، ލިޓަފްލެކްސް، އަލްވާ، ޕަޓާ، އޮރިއެންޓް އަދި ޑަންލޮޕް އާއި ވޯޓާޓެކްގެ އައިޓަމްތައް ހިމެނެ އެވެ.

"ސޮނީ ހޯލްސޭލް" ފިހާރަ ހުޅުވީ ސޯލްޓް ރެސްޓޯރެންޓު ހުންނަ ބިލްޑިން މ. ޝައިން ޓްރީގެ ގްރައުންޑް ފްލޯގަ އެވެ.

އެ ފިހާރަ ހުޅުވާފައި ހުންނާނީ ހެނދުނު 8:30 އިން މެންދުރު 12 އަށް އަދި މެންދުރު ފަހު 1:30 އިން ހަވީރު 6 އަށެވެ.

ސޮނީ ހޯލްސޭލްއަށް 3306350, 3306340, 3306377 ނަމްބަރުން ގުޅޭނެ އެވެ. އަދި 7911234 އަށް ވައިބާ މެދުވެރިކޮށް އޯޑަރު ދެވޭނެ އެވެ.