22 ޖެނުއަރީ 2023
މޯލްޑިިވިއަންގެ ފްލީޓަށް އަލަށް ގެނައި އޭޓީއާރުގެ ބޯޓުތަކުގެ އަޑު ވަރަށް ބޮޑަށް މަޑުވެ، ކަސްޓަމަރުން ހިތްހަމަޖެހޭ ވަރުގެ ހިދުމަތެއް ދެވޭނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފި އެވެ.
މޯލްޑިިވިއަންގެ ފްލީޓަށް އަލަށް ގެނައި އޭޓީއާރުގެ ބޯޓުތަކުގެ އަޑު ވަރަށް ބޮޑަށް މަޑުވެ، ކަސްޓަމަރުން ހިތްހަމަޖެހޭ ވަރުގެ ހިދުމަތެއް ދެވޭނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފި އެވެ.
"އަޅުގަނޑު ދެންމެ މިއައީ އެއާކްރާފްޓުގައި. ވަރަށް އަރާމު. ވަރަށް ފިނި. އޭގެ އިތުރުން އިންޖީނުގެ އަޑު ވެސް ވަރަށް މަޑު. ކުރީ އެއާކްރާފްޓާ އަޅާ ބަލާ އިރު ވަރަށް އަޑު މަޑު،" އޭޓީއާރު ބޯޓުގެ ދަތުރުތައް އިއްޔެ އައްޑު އަށް ފެށުމަށް ބޭއްވި ހާއްސަ ފްލައިޓްގައި ދަތުރު ކުރެއްވުމަށް ފަހު، ގަން އެއާޕޯޓްގައި ހުންނަވައި، އައިލެންޑް އޭވިއޭޝަންގެ މެނެޖިން ޑިރެކްޓަރު މުހަންމަދު މިހާދު ވިދާޅުވި އެވެ.
ފުރަތަމަ ފްލައިޓްގައި ނޫސްވެރިން ވެސް ބައިވެރިވި އެވެ. އެ ދަތުރުގައި، 70 މީހުންގެ ޖާގަ ހިމެނޭ އޭޓީއާރު ބޯޓުގައި މޯލްޑިވިއަނުން ދޭނެ ހިދުމަތްތައް ވެސް ފެނުނެވެ. އަދި ބޯޓުގެ ފަސޭހަ ކަމާއި ހިތްގައިމުކަން ވެސް ތަޖުރިބާކުރެވުނެވެ.
މޯލްޑިވިއަންގެ ޑޮމެސްޓިކް ދަތުރުތައް ކުރާ ފްލައިޓަތަކަށް އަރާ އެންމެ ގިނަ ބައެއްގެ އެއް ޝަކުވާ އަކީ ފްލައިޓުގެ އަޑު އާދަޔާ ހިލާފަށް ބާރުވެ، އެއިން ކުރިމަތިވާ އުނދަގޫތަކެވެ. އަދި ދުވާލު ބާއްވާ ފްލައިޓުތަކުގައި ބޯޓު އާދަޔާ ހިލާފަށް ހޫނުވުމުގެ ވާހަކަ އެވެ. ދެން، ޖޫސްތަކެއް އެކަނި ދޭ ވާހަކަ އެވެ. އެކަމަކު، އޭޓީއާރުގެ ދަތުރުތަކުގައި އެކަން ނިމުމަކަށް އަންނާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެ އެވެ.
ބޯޓުގެ އަޑު ހަގީގަތުގައި ވެސް ވަރަށް މަޑެވެ. ފަސޭހައިން ގޮޑީގައި އިށީންދެ އިނދެލެވެ އެވެ. އަދި ބޯޓަށް އަރައިގެން އެ އިންނަ ވަގުތުކޮޅުގެ ތެރޭގައި، ލިބޭ ޖޫސްތަށީގެ އިތުރުން ޗޮކްލެޓަކާއި ނަޓް ޕެކެޓެއް ވެސް ލިބެ އެވެ.
މިހާދު ވިދާޅުވީ، އާ އޭޓީއާރް ބޯޓުތަކާ އެކު އެންމެ ބޮޑު އިސްކަމެއް ދިނީ ވެސް، ކަސްޓަމަރުންގެ ފްލައިޓު އެކްސްޕީއަންސް މިހާރަށް ވުރެ ރަނގަޅު ކުރުމަށް ކަމަށެވެ. އަދި އޭޓީއާރްގެ ބޯޓުތަކާ އެކު އެކަން ހާސިލުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
މޯލްޑިވިއަން އިން އަންނަނީ ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި އެ ކުންފުނީގެ ޑޮމެސްޓިކް ފްލީޓް އެއްކޮށް އާ ކުރުމަށް މަސައްކަތް ކުރަމުންނެވެ. މި މަހުގެ ކުރީކޮޅު ގެންނަ އޭޓީއާރް-72 ގެ ދެ ބޯޓުގެ އިތުރަށް އަންނަ މަހުގެ ކުރީކޮޅު އޭޓީއާރް-42ގެ ބޯޓެއް ގެންނާނެ އެވެ.
އައްޑުއަށް ކުރި އޭޓީއާރު ބޯޓުގެ ފުރަތަމަ ދަތުރުގައި ބައިވެރިވި މީހުންގެ ލަގެޖްތައް ބޯޓުން ބޭލުމުގެ މަސައްކަތް މޯލްޑިވިއަންގެ މުއައްޒަފުން ކުރަމުން ދަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އޭނާ ވިދާޅުވީ، މި އަހަރުގެ ތެރޭގައި ވެސް އާ ބޯޓުތައް ގެނައުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށެވެ. ބޯޓުތައް އާ ކުރަން ނިންމީ މިހާރު ގެންގުޅެނީ ވިއްސަކަށް އަހަރުވެފައިވާ ބޯޓުތަކަށް ވާތީ، އެ ބޯޓުތަކުގެ މެއިންޓަނަންސް ހަރަދުތައް ވެސް ކުޑަވާނެތީ އެވެ. އަދި ބޭނުންވާ ސްޕެއާތައް ވެސް ހޯދަން ފަސޭހަވާނެތީ އެވެ.
ރީޖަނަލް އެއާކްރާފްޓް އުފެއްދުމުގައި ދުުނިޔޭގައި އެންމެ މަގުބޫލު އޭޓީއާރު ކުންފުނީގެ މިއިން ކޮންމެ ބޯޓަކުން ވެސް 70 މީހުން އެއްފަހަރާ އުފުލޭނެ އެވެ. މި ބޯޓުތަކުގެ އިންޖީނަކީ އޭޓީއާރުގެ އެންމެ ފަހުގެ އިންޖީނުތަކެވެ. އެއާ އެކު ކުރީގެ ބޯޓުތަކަށް ވުރެ މެއިންޓަނެންސް ހަރަދު 20 ޕަސެންޓް ކުޑަވާނެ އެވެ. އަދި ތެޔޮ ބޭނުން ކުރާ ވަރު ތިން ޕަސެންޓް ކުޑަކޮށްދޭނެ އެވެ.
މިހާދު ވިދާޅުވީ، އޭޓީއާރް-72 މޮޑެލްގެ ބޯޓަށް ޖެއްސުމަށް 1،400 މީޓަރުގެ ރަންވޭއެއް ބޭނުންވާ ކަމަށާއި އެހެންވެ، އަލަށް ގެނައި ބޯޓުތައް ބޮޑަށް ބޭނުން ކުރާނީ، ރާއްޖޭގެ ބޮޑެތި އެއާޕޯޓުތަކުގައި އެކަނި ކަމަށެވެ. ރާއްޖޭގައި ދިގު ރަންވޭތައް އޮތް އެއާޕޯޓުތަކުގެ ތެރޭގައި ހިމެނެނީ ގަމާއި މާފަރާއި ކޫއްޑޫ އެއާޕޯޓެވެ.
"ރާއްޖޭގައި މިހާރު ހުރި ގިނަ އެއާޕޯޓުތަކުގެ ރަންވޭ ކުރުވާނެ. އެހެންވީމަ ފުލް ލޯޑުގައި ނުދެވޭނެ. އެހެންވީމަ، އަންނަ މަހު ގެންނަ 42ގެ އެއާކްރާފްޓާ އެކު ފުލް ލޯޑުގައި ރާއްޖޭގެ އެއާޕޯޓުތަކަށް ދަތުރު ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
މޯލްޑިވިއަން އިން އީދަށް ހާއްސަ އަގުތަކެއް!
އީދާ ދިމާކޮށް މޯލްޑިވިއަން އިން ދަތުރުތައް އިތުރުކުރަނީ
އައިލެންޑް އޭވިއޭޝަންގެ ޗެއާމަނަށް ކުރީގެ އެމްޑީ މިހާދު
މޯލްޑިވިއަން އާއި އެމިރޭޓްސްގެ އެއްބަސްވުން އާކޮށްފި
ޗުއްޓީގައި މޯލްޑިވިއަނުން ރެކޯޑު އަދަދެއްގެ ފްލައިޓު
އައިލެންޑް އޭވިއޭޝަނަށް 164 މިލިއަންގެ ގެއްލުން
މޯލްޑިވިއަން އިން އިތުރު ދެ އޭޓީއާރް ކުއްޔަށް ހޯދަނީ
ކުރިން ޓިކެޓް ނެގުމުން މޯލްޑިވިއަނުން ބޮޑު ޑިސްކައުންޓް
ފަރެސްމާތޮޑާ އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖައްސަނީ
ފީތައް ބޮޑުވުމުން މޯލްޑިވިއަންގެ ޓިކެޓް އަގު ބޮޑުކޮށްފި