Roadha Mihaaru
ރާއްޖެއާއި ބޮލީވުޑްތަރިންގެ ފުޓްބޯޅަމެޗެއް ގަލޮޅުދަނޑަށް

ޓޯނިވަލް: ރާއްޖެ އާއި ބޮލީވުޑް ތަރިންގެ ފުޓްބޯޅަ މެޗެއް ގަލޮޅު ދަނޑުގައި

26 ޖެނުއަރީ 2023

އިންޑިއާ އާއި ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރިން ބައިވެރިވާ ހާއްސަ ފުޓްބޯޅަ މެޗެއް ހުކުރު ދުވަހުގެ ރޭ ގަލޮޅު ދަނޑުގައި ކުޅޭގޮތަށް ހަމަޖެހިއްޖެ އެވެ.

އިންޑިއާ އާއި ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރިން ބައިވެރިވާ ހާއްސަ ފުޓްބޯޅަ މެޗެއް ހުކުރު ދުވަހުގެ ރޭ ގަލޮޅު ދަނޑުގައި ކުޅޭގޮތަށް ހަމަޖެހިއްޖެ އެވެ.

ފުޓްބޯޅަ މެޗަކީ ދެ ގައުމުގެ ފަންނާނުންނާ އެކު "ޓޯނިވަލް" ނަމުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ހަރަކާތްތައް ފެށުމަށް ބާއްވާ އިވެންޓެކެވެ.

ގަލޮޅު ދަނޑުގައި ބާއްވާ ފުޓްބޯޅަ މެޗުގައި ކުޅޭ ބޮލީވުޑްގެ ފަންނާނުންގެ ތެރޭގައި، ފިލްމް 'މަސްތީ' ގައި މަސައްކަތް ކުރި އަފްތާބު ޝިވްދާސާނީ އާއި '3 އިޑިއޮޓްސް' އަދި 'ހޭޓް ސްޓޯރީ 3' ގެ އެކްޓަރު ޝަރުމަން ޖޯޝީ ގެ އިތުރުން ކުރީގެ ޓީވީ ސީރީޒްތަކުން މަޝްހޫރުކަން ހޯދި ރޯހިތު ބޯސް ރޯއީ ހިމެނެ އެވެ.

ދިވެހި ފަންނާނުންގެ ޓީމުގައި މަޝްހޫރު ނެށުންތެރިޔާ އަދި ޑިޒައިނަރު ޖާދުﷲ އިސްމާއިލް ގެ އާއި އެކްޓަރު އަހުމަދު ސައީދާއި ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި އަލީ ސީޒަންގެ އިތުރުން މަގުބޫލުކަން ހޯދަމުން އަންނަ އަހުމަދު އީސާ (އާނަންދު) ގެ އިތުރުން ކޮމީޑީއަން ނަޒީރު ޝިހާމް (ކާއްޓޭ) ވެސް ބައިވެރި ވާނެ އެވެ.

މެޗުގެ ރެފްރީއެއްގެ ގޮތުގައި ބައިވެރި ވަނީ ކޮމީޑިއަން ހުސެއިން ސާދު (މަޓޭ) އެވެ.

މެޗުގެ ހާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވާން، މިސް ޔުނިވާސް އިންޑިއާގެ މަގާމް ދެ ފަހަރު ކާމިޔާބު ކުރި އެކްޓަރު އުރުވަޝީ ރައުޓޭލާ ރާއްޖެ އައުމަށް ވަނީ ހަމަޖެހިފަ އެވެ.

މެޗުގެ ޓިކެތް ގަލޮޅު ދަނޑުގެ ކައުންޓަރުތަކުން ލިބެން ހުންނާނެ އެވެ.

މާދަމާ ރެއިން ފެށިގެން މި މަހުގެ 29 އާ ހަމައަށް ކުރިއަށް ގެންދާ ޓޯނިވަލް އިވެންޓް ގައި ފުޓްބޯޅަ މެޗުގެ އިތުރުން މިއުޒިކް ކާނިވަލަކާއި ބިޒްނަސް އެކްސްޕޯ އެއް ވެސް ކުރިއަށް ގެންދަން ހަމަޖެހިފައި ވެއެވެ.