17 ޖެނުއަރީ 2017
އޮސްޓްރޭލިއާގައި އަންހެނަކު އޭނާގެ ތިން ދަރިން މަރާލި ކަމަށް އެއްބަސްވެއްޖެ އެވެ.
އޮސްޓްރޭލިއާގައި އަންހެނަކު އޭނާގެ ތިން ދަރިން މަރާލި ކަމަށް އެއްބަސްވެއްޖެ އެވެ.
އުމުރުން 37 އަހަރުގެ އޭކަން ގޫޑޭ ހޯމަ ދުވަހު ވިކްޓޯރިއަން ސުޕްރީމް ކޯޓުގައި ބުނީ 2015 ވަނަ އަހަރު ކޯރަކަށް އޭނާގެ ކާރު ވައްޓާލީ ދަރިންތައް މަރާލަން ކަމަށެވެ. ދުއްވާފައި ދިޔަ ކާރު ކޯރަށް ވެއްޓުމުން އެއް އަހަރުގެ ދަރިފުޅާއި ހަތަރު އަހަރުގެ އެއްމާބަނޑު ދެބެން މަރުވި އެވެ. ކާރުގައި އިން ހަ އަހަރުގެ ދަރިފުޅު ވަނީ ސަލާމަތްވެފަ އެވެ.
މި މައްސަލާގައި ގޫޑޭގެ މައްޗަށް އުފުލި މީހަކު މެރުމުގެ ދެ ދައުވާ އާއި މީހަކު މަރަން މަސައްކަތްކުރުމުގެ ދައުވާ އަދި ތުއްތު ކުއްޖަކު މަރާލި ކަމުގެ ދައުވާއަށް އޭނާ ވަނީ އިއުތިރާފުވެފަ އެވެ.
ދެކުނު ސޫދާނުން 2008 ވަނަ އަހަރު އޮސްޓްރޭލިއާ އަށް ހިޖުރަކުރި މީހެއް ކަމަށްވާ ގޫޑޭ ކޯޓުގައި ވާހަކަ ދެއްކީ ތަރުޖަމާނެއްގެ އެހީގަ އެވެ.
މަރުވި ކުދިންގެ ބައްޕަ މިދިޔަ އަހަރު ކޯޓުގައި ބުނެފައި ވަނީ ކާރު ކޯރަށް ވެއްޓުނޫ ގޫޑޯގެ ބޮލަށް އެނބުރުން އެރުމުން، ވާނުވާ ނޭނގިގެން ކަމަށެވެ. އަދި ގޫޑޯ އަކީ ދަރިން ދެކެ ލޯބިވާ ރަނގަޅު މަންމައެއް ކަމަށް ވެސް ބުންޏެވެ.
ނަމަވެސް ފުލުހުންނަށް ހެކިބަސް ދިން މީހަކު ވަނީ ތިން ކުދިން މަރުވި ދުވަހު، ދަރިންތައް މަރާލުމާ ބެހޭ ގޮތުން ގޫޑޯ ވާހަކަ ދެއްކި ކަމަށް ބުނެފަ އެވެ.
ކާރު ދުއްވާފައި ދިޔަ ގޮތަށް ބަލާއިރު ކޯރަށް ކާރު ވައްޓާލީ ގަސްދުގައި ކަމަށް ގަބޫލުކުރެވޭ ކަމަށް މަންޒަރު ދުށް މީހުން ބުނެ އެވެ. ކޯރަށް ކާރު ވެއްޓުމާ އެކު، އެތަނުގައި ތިބި މީހުން ވަނީ ކާރުގައި ތިބި މީހުން ސަލާމަތްކުރަން މަސައްކަތްކޮށްފަ އެވެ.
މަރުގެ މައްސަލައެއްގައި 47 އަހަރު ފަހުން ބަންދަށް
18 އަހަރު ކުރީގެ މަރެއްގެ މައްސަލަ އަނެއްކާ ބަލަނީ
އަރުހަމްގެ މަރަށް 12އަހަރު: އަލުން ޝަރީއަތް ފަށައިފި
ނައީމާ މަރާލީ ސިހުރާ ގުޅުވައިގެންކަން ސާބިތުކުރަން ހެކި
އޮސްޓްރޭލިއާގައި 16 އަހަރުން ދަށަށް ސޯޝަލްމީޑިއާ މަނާ
ޒަކިއްޔާގެ މަރުގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށް:ސީޕީ
"އޮތީ ކަރު ކަނޑާލާފައި، އެކަނި އެވަރެއް ނުވާނެ"
ޒަކިއްޔާގެ މަރު:ވާނުވާ ނާންގާތީ ހޮޅުދޫން އިހުތިޖާޖަށް
ހަނާގެ މަރުގެ ހުކުމުގެ މައްސަލައިގެ އަޑުއެހުމެއް މާދަމާ
ހާރިސްގެ މަރުގެ ދައުވާ ލިބޭ ޔާމީން ބަންދެއް ނުކުރި