ވެރިކަމަށް އެއް އަހަރު ތެރޭގައި މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް، އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
16 ޖެނުއަރީ 2023
ވެރިކަމަށް އެއް އަހަރު ތެރޭގައި މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް، އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު މިއަދު މެންދުރު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މަނިކުފާނު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރެވެން އޮތީ ހުޅުމާލޭގެ ލޭންޑް ޔޫސް ޕްލޭން އެއްކޮށް ބަދަލުކޮށްގެން ކަމަށެވެ.
ނަޝީދު ވިދާޅުވި ގޮތުގައި، މާލޭގެ ބޯހިޔާވަހިކަމަށް ބޭނުންވާ ބިން ހުޅުމާލޭގައި އެބަ އޮތެވެ. ހުޅުމާލޭގެ ބިމުގައި ބޮޑެތި ޕާކުތަކާއި މޯލްތައް އެޅުމުގެ ބަދަލުގައި އެތަންތަނުގައި އަގުހެޔޮކޮށް ދިރިއުޅެވޭނެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކެއް އަވަހަށް ހިންގަން ޖެހޭ ކަމަށް އެ މަނިކުފާނު ދެކިވަޑައިގަންނަވަ އެވެ. އެކަން ކުރެވޭނީ ނަޝީދު ވިދާޅުވި ގޮތުގައި، ހުޅުމާލޭގެ ލޭންޑް ޔޫސް ޕްލޭނާއި ތަރައްގީގެ ވިސްނުން ބަދަލުކޮށްގެންނެވެ.
"މިހާރު މިއޮތް ހުޅުމާލޭގެ ލޭންޑް ޔޫސް ޕްލޭނަށް ތަބާވެގެން ތިބެ މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަމެއް ހޯދައިދެވޭކަށް ނެތް." ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑު އަހަރެއްހާ ދުވަހުގެ ތެރޭގައި އެކަން ކުރާނަން. މާލޭ ހުރިހާ އެންމެނަށް."
ހުޅުމާލޭގެ ތަރައްގީކުރުމުގެ ވިސްނުން ބަހައްޓަންވީ 'ސްލަމްއެއް' ސާފުކުރުމުގެ މަސައްކަތެއްގެ ގޮތުގައި: ނަޝީދު
ނަޝީދު މާލެ ސިފަކުރެއްވީ ތޮއްޖެހި، ފިތިބާރުވެގެން ބަޔަކު ދިރިއުޅޭ "ސްލަމް"އެއްގެ ގޮތުގަ އެވެ. އެ ހާލަތުގައި މާލެ އޮތްއިރުގައި ހުޅުމާލެ ހޮންކޮންގު، ދުބާއީ ނުވަތަ ސިންގަޕޫރު ފަދަ ތަރައްގީވެފައިވާ ގައުމުތަކުގެ ފެންވަރުގައި އޮންނަން ޖެހޭ ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"ހުޅުމާލޭގެ ތަރައްގީކުރުމުގެ ވިސްނުން ބަހައްޓަންވީ 'ސްލަމްއެއް' ސާފުކުރުމުގެ މަސައްކަތެއްގެ ގޮތުގައި،" ނަޝީދު ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވަނީ މި ސަރުކާރުގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ފަސް އަހަރު ނިމިގެންދާއިރު، މި ސަރުކާރުގެ ގިނަ މަޝްރޫއުތަށް އަދިވެސް ނުނިމި އެބަހުރި ކަމަށާއި އެއީ ނާގާބިލު ބަޔަކު ގައުމު ހިންގަން ތިބުމުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔުއްވައި ނަޝީދު ވިދާޅުވީ ރައީސަށް ވުރެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް މާ ގާބިލު ކަމަށެވެ.
"ކުލި ނުދެއްކޭ މީހުންނަށް ސަރުކާރުން އެހީ ދޭން ޖެހޭ"
"ގޭގެ ކުލި ކޮންޓްރޯލްކޮށް، ކުލި ދައްކަން އެހީވާނަން"
މުއިއްޒުގެ މައްޗަށް ތަހުގީގެއް ހިންގަން ޖެހޭ: ނަޝީދު
ނަޝީދު ދެއްކެވީ ދިއްދޫގެ ފްލެޓްތަކުގެ ވާހަކަ
ގޯތީގެ މައްސަލާގައި ހަރުކަށި އަދަބު ދޭން ގޮވާލައިފި
އެމްޑީޕީ ޕްރައިމަރީގެ މައްސަލާގެ ޝަރީއަތް ފަށަނީ
ހިޔާލު ތަފާތު ވިޔަސް، މިއީ އެމްޑީޕީ އެކުވާންވީ ވަގުތު
ފަސްޖެހުމެއް ނެތް، ރައީސާ އެކު އެމްޑީޕީ ކާމިޔާބުކުރާނެ
ޕްރައިމަރީ ސައްހަ ނޫން ކަމަށް ކަނޑައަޅައިދޭން ކޯޓަށް
ގޮފި ހެދުމަކީ ކެންޑިޑޭޓާ ދެކޮޅު ވުމެއް ނޫން: އެމްޑީޕީ