Roadha Mihaaru
ވައިޓަލްކެއާ ކުޅުދުއްފުށި: މަލްޓި ސްޕެޝަލްޓީ ހިދުމަތް

ވައިޓަލްކެއާގެ ކުޅުދުއްފުށި ބްރާންޗަށް މަލްޓި ސްޕެޝަލްޓީ ހިދުމަތްތައް

16 ޖެނުއަރީ 2023

އުތުރުގެ އަތޮޅުތަކަށް ހާއްސަކޮށް ހދ. ކުޅުދުއްފުށީގައި ހުޅުވި ދަތުގެ ފަރުވާ ދޭ ކުލިނިކު ވައިޓަލް ކެއާ ކުޅުދުއްފުށީގެ ހިދުމަތްތައް ފުޅާކޮށް މަލްޓި ސްޕެޝަލްޓީ ގިނަ ހިދުމަތްތަކެއް ތައާރަފްކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އުތުރުގެ އަތޮޅުތަކަށް ހާއްސަކޮށް ހދ. ކުޅުދުއްފުށީގައި ހުޅުވި ދަތުގެ ފަރުވާ ދޭ ކުލިނިކު ވައިޓަލް ކެއާ ކުޅުދުއްފުށީގެ ހިދުމަތްތައް ފުޅާކޮށް މަލްޓި ސްޕެޝަލްޓީ ގިނަ ހިދުމަތްތަކެއް ތައާރަފްކޮށްފި އެވެ.

ވައިޓަލްކެއާއިން އެ ކުލިނިކުގައި އަލަށް ތައާރަފް ކުރި ހިދުމަތްތަކުގެ ތެރޭގައި ލެބޯޓަރީ ގެ ހިދުމަތާއި ފާމަސީގެ ހިދުމަތާއި އީ.ސީ.ޖީ، އެމްބިއުލޭޓަރީ ބީޕީ، ހޮލްޓަރ މޮނިޓާ، ޕަލްމޮނޮރީ ފަންކްޝަން ޓެސްޓް ހެދުން ހިމެނެ އެވެ.

ވައިޓަލްކެއާއިން ބުނި ގޮތުގައި ލެބޯޓަރީގެ ހިދުމަތްތަކުގެ ތެރޭގައި އާއްމުކޮށް ހަދަން ޖެހޭ ކޮލެސްޓްރޯލް ޓެސްޓާއި ހަކުރުގެ ޓެސްޓްތަކާއި ތައިރޮއިޑް، ކިޑްނީ އަދި ޔޫރިން ޓެސްޓުތަކާއި ލިވާ ޕްރޮފައިލް އާއި ވިޓަމިން-ޑީ ހުރި މިންވަރު ބަލާ ޓެސްޓުގެ އިތުރުން ގިނަ ލޭގެ ޓެސްޓުތަކެއް ހެއްދޭނެ އެވެ.

އަލަށް ތައާރަފް ކުރި މަލްޓި ސްޕެޝަލްޓީ ހިދުމަތްތަކުގެ ތެރޭގައި އެކި ބަލިތަކަށް ހާއްސަ ޑޮކްޓަރުން ވެސް އެ ކުލިނިކުގައި ބެއްލެވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ވައިޓަލް ކެއާއިން ބުންޏެވެ. އޭގެ ތެރޭގައި އެތެރެހަށީގެ ހާއްސަ، ކުޑަކުދިންގެ ހާއްސަ އަދި އާންމުބަލިތަކާއި ބެހޭ ދިވެހި ޑޮކްޓަރުން މިހާރު އެ ކުލިނިކުގައި ކޮންސަލްޓު ކުރަން ފައްޓާފައިވާ ކަމަށް ބުންޏެވެ.

އެ ކުލިނިކުން ބުނި ގޮތުގައި މާލެ އާއި ރާއްޖެއިން ބޭރުގައި މަސައްކަތް ކުރައްވާ އެކި ބަލިތަކަށް ހާއްސަ ޑޮކްޓަރުން އެ ކުލިނިކަށް ބަލިމީހުން ބެލުމަށް ޒިޔާރަތް ކުރައްވާނެ އެވެ. އަދި އެ ކުލިނިކުގައި ސްކޭނާއި އެކްސްރޭގެ ހިދުމަތްތައް ފެށުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.

ވައިޓަލްކެއާ ކުޅުދުއްފުށި ކްލިނިކު ހުޅުވީ ދެ ޑެންޓަލް ޗެއާ އާއި އެކު ދަތުގެ އެކި ފަރުވާތައް ދިނުމަށެވެ. އެ ތަނުން ލިބޭ ދަތުގެ ފަރުވާތަކުގެ ތެރޭގައި ލޭޒާ ޓްރީޓްމަންޓާއި ދަތުގައި ނަރުގަނޑުއެޅުވުމާއި ދަތް ޖެހުމާއި ދަތުގެ ދޯރި ލެއްވުމާއި ދަތް ސާފު ކުރުން ފަދަ ހިދުމަތްތައް ހިމެނެ އެވެ.

އެ ކުލިނިކުން އާސަންދައިގެ އިތުރުން އެލައިޑް އިންސުރެންސް، ސޮލަރެލްސް އިންސުރެންސް، އަމާނަތަކާފުލް އިންސުރެންސް، އެމްއެންޑީއެފް އަދި ޕޮލިސް އިންސުރެންސް ލިބޭނެ އެވެ.

ވައިޓަލްކެއަރ ކުޅުދުއްފުށި ހުންނަނީ ކުޅުދުއްފުށީ ބޭންކް އޮފް މޯލްޑިވްސް އަދި ދިރާގު ކައިރީގައެވެ. އެ ކްލިނިކުގެ ހޮޓްލައިން ނަމްބަރު 6527315 އަށް ގުޅައިގެން ނުވަތަ 7427315 އަށް ވައިބާ ކޮށްގެން އެޕޮއިންޓްމަންޓު ހެއްދޭނެ އެވެ.