Roadha Mihaaru
ކުޅުދުއްފުށީގައި ހެޕީ މާކެޓްގެ ފިހާރައެއް ހުޅުވައިފި

ކުޅުދުއްފުށީގައި ހެޕީ މާކެޓްގެ ފިހާރަ އަކާއި ޑިސްޓްރިބިއުޝަން ސެންޓަރެއް ހުޅުވައިފި

26 ޖެނުއަރީ 2020

ރާއްޖޭގައި ފިނިކުރި ކާބޯތަކެތީގެ ބާވަތްތައް އެންމެ ފުޅާކޮށް ވިއްކާ އެއް ކުންފުނި، ހެޕީ މާކެޓުގެ ފިހާރަ އަކާއި ޑިސްޓްރިބިއުޝަން ސެންޓަރެއް ހދ. ކުޅުދުއްފުށީގައި ހުޅުވައިިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރާއްޖޭގައި ފިނިކުރި ކާބޯތަކެތީގެ ބާވަތްތައް އެންމެ ފުޅާކޮށް ވިއްކާ އެއް ކުންފުނި، ހެޕީ މާކެޓުގެ ފިހާރަ އަކާއި ޑިސްޓްރިބިއުޝަން ސެންޓަރެއް ހދ. ކުޅުދުއްފުށީގައި ހުޅުވައިިފި އެވެ.

އެ ރަށުގައި ބޭއްވި ރަސްމިއްޔާތެެއްގައި، އެ ދެ ތަން ހުޅުއްވައި ދެއްވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔާސިރު އަބްދުއް ލަތީފެވެ. އެ މުނާސަބަތާ ގުޅުވައިގެން ހެޕީ މާކެޓުން ކުޅުދުއްފުށީގައި އިއްޔެ ކުޑަކުދިންގެ ހަވީރެއް ވެސް ބޭއްވި އެވެ.

އެ ހަވީރުގައި، ހެޕީ މާކެޓުން ވަނީ އެ ކުުންފުނިން ވިއްކާ ބުއިންތަކުގެ ރަހަ ބަލައިލުމުގެ ފުރުސަތު ދީފަ އެވެ. އަދި ރޮބޯ މޭންއާ އެކު މުނިފޫހިފިިލުވުމުގެ ހަރަކާތްތައް ވެސް އޮތެވެ.

ހެޕީ މާކެޓުން ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ ކުޑަކުދިންގެ ހަވީރުގެ ތެރެއިން-- ފޮޓޯ: ހެޕީ މާކެޓް

ހެޕީ މާކެޓުން ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ ކުޑަކުދިންގެ ހަވީރުގެ ތެރެއިން-- ފޮޓޯ: ހެޕީ މާކެޓް

ހެޕީ މާކެޓުން ބުނީ، އެ ކުންފުނީގެ ފިހާރައެއް ކުޅުދުއްފުށީގައި ހުޅުވީ އެ ސަރަހައްދުގެ ރަށްތަކަށް ފަސޭހަ ކަމާ އެކު، ފިނިކުރި ކާބޯތަކެތި ފޯރު ކޮށްދިނުމަށް ކަމަށެވެ. ސެންޓަރާއި ފިހާރައިގެ ސަބަބުން، ހދ. އަތޮޅުގެ ގިނަ ބަޔަކަށް ތާޒާ، އަގުހެޔޮ، ފިނި ކުރި ތަކެތި ލިބޭނެ ކަމަށް ވެސް ހެޕީ މާކެޓުން ބުންޏެވެ.

ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ހެޕީ މާކެޓުގެ ޑިސްޓްރިބިއުޝަން ސެންޓަރު ބައްލަވާލައްވަނީ-- ފޮޓޯ: ހެޕީ މާކެޓް

ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ހެޕީ މާކެޓުގެ ޑިސްޓްރިބިއުޝަން ސެންޓަރު ބައްލަވާލައްވަނީ-- ފޮޓޯ: ހެޕީ މާކެޓް

މިއީ ހެޕީ މާކެޓުން ހުޅުވި ތިންވަނަ ޑިސްޓްރިބިއުޝަން ސެންޓަރެވެ. މާލެ އާއި އައްޑޫގައި އެ ކުންފުނީގެ ދެ ސެންޓަރެއް ކުރިން ވަނީ ހުޅުވައިފަ އެވެ. އަދި މާލެ އާއި އެހެން ބައެއް ރަށްރަށުގައި 10 ފިހާރައެއް ހިންގަ އެވެ.

ހެޕީ މާކެޓުން ބުނެފައި ވަނީ އަންނަ މަސް ތެރޭގައި އެ ކުންފުނީގެ ފުރަތަމަ އެކްސްޕީރިއަންސް ސެންޓަރު ހުޅުވާނެ ކަމަށެވެ.