10 ޖެނުއަރީ 2023
އޮކްސްފޯޑް (ޖެނުއަރީ 10) - އިނގިރޭސި އެފްއޭ ކަޕް ގެ ހަތަރު ވަނަ ބުރުގައި އާސެނަލް އާއި މެންޗެސްޓާ ސިޓީ ކުޅެން ޖެހިއްޖެ އެވެ.
އޮކްސްފޯޑް (ޖެނުއަރީ 10) - އިނގިރޭސި އެފްއޭ ކަޕް ގެ ހަތަރު ވަނަ ބުރުގައި އާސެނަލް އާއި މެންޗެސްޓާ ސިޓީ ކުޅެން ޖެހިއްޖެ އެވެ.
އާސެނަލް ހަތަރު ވަނަ ބުރުން ޖާގަ ހޯދީ ރޭ ކުޅުނު ތިން ވަނަ ބުރުގެ މެޗުގައި، އިނގިރޭސި ތިން ވަނަ ޑިވިޝަނުގައި ވާދަކުރާ އޮކްސްފޯޑް ޔުނައިޓެޑާ ވާދަކޮށް 3-0 އިން މޮޅު ވެގެންނެވެ.
އޮކްސްފޯޑްގެ ދަނޑުގައި ކުޅުނު މެޗުގައި އާސެނަލްގެ ތިން ލަނޑު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ.
ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ މާ ގިނަ ފުރުސަތެއް ތަނަވަސް ކުރެވިފައެއް ނުވެ އެވެ. އާސެނަލް އިން ލީޑު ނެގީ 64 ވަނަ މިނިޓުގައި ފަބިއޯ ވިއޭރާ ނަގައިދިން ހިލޭޖެހުމަކުން މުހައްމަދު އެލްނެނީ ބޮލުން ކާމިޔާބު ކުރި ލަނޑުންނެވެ.
އާސެނަލްގެ އަނެއް ދެ ލަނޑު ޖަހައިދިނީ އެޑީ ކޭޓިއާ އެވެ. ކޭޓިއާގެ ފުރަތަމަ ލަނޑު 70 ވަނަ މިނިޓުގައި ގޯލްކީޕަރު ކައިރިން ނައްޓާފައި ޖެހި އިރު، ހަ މިނިޓު ފަހުން އޭނާގެ ދެވަނަ ގޯލު ޖެހީ ކީޕަރު ގައި މަތިން ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ.
ކޭޓިއާ ވަނީ އަނިޔާގައި ހުރި އާސެނަލްގެ ސްޓްރައިކަރު ގެބްރިއެލް ޖީސަސްގެ ބަދަލުގައި ލިބެމުން އަންނަ ފުރުސަތުތަކުގައި އެންމެ ފަހުން ކުޅުނު ހަ މެޗުގައި ފަސް ގޯލު ޖަހައިފަ އެވެ.
"އޭނާގެ އަމިއްލަ ނަފްސަށް ވަރަށް އިތުބާރު އޮވޭ. އެއީ މޮޅަށް ނިންމާލާ ކުޅުންތެރިއެއް. ދުވާއިރު ޓައިމިން ވެސް ވަރަށް ބަރާބަރު،" ކޭޓިއާގެ ކުޅުމާ މެދު ހިތްހަމަޖެހިފައި ހުރި ކޯޗު މިކެލް އާޓެޓާ ބުންޏެވެ.
"އޭނާގެ ކޮލިޓީ ދައްކަމުން އެދަނީ، މަސައްކަތުގެ ރޭޓް ވެސް ދުވަހެއް ދުވަހަކަށް ރަނގަޅެވޭ. އޭނާއާ އެކު އަހަރެން މިހުރީ ވަރަށް އުފަލުން.
"އަހަރެމެންގެ އެންމެ ސްޓްރައިކަރެއް ހުރީ، ގަބީ [ގެބްރިއެލް ޖީސަސް] އެނބުރި އަންނަން ވަރަށް ދުވަސް އެބައޮތް، ފަސޭހައެއް ނުވާނެ. އެކަމަކު މި ދަނޑިވަޅުގައި އަހަރެމެންނަށް ބޭނުން ކުރެވޭ ކުޅުންތެރިންގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފަން ޖެހޭ."
ހަތަރު ވަނަ ބުރުގައި އާސެނަލް ބައްދަލުކުރާ، ސިޓީ ހަތަރު ވަނަ ބުރަށް ދަތުރުކުރީ 4-0 އިން ޗެލްސީ ބަލިކޮށްފަ އެވެ.
ކުޅުންތެރިންގެ ނަފްސާނީ ހާލަތާމެދު ކަންބޮޑުވޭ: އާޓެޓާ
"އާސެނަލަށް ސިޓީ ބަލިކުރެވޭނެކަން ގަބޫލުކުރަންޖެހޭ"
އާޓެޓާގެ އާސެނަލް އެންމެ ފަހުން ޕެޕްގެ ސިޓީ ބަލިކޮށްފި
ފަހުވަގުތު ލީގު އަތުލި ސީޓީއާ ދެކޮޅަށް އާސެނަލް މިރޭ
އެންމެ ވާދަވެރިވާނީ އަންނަ ސީޒަނުގެ ލީގު: އާޓެޓާ
އާޓެޓާ ބުނީ އަދިވެސް ލީގު ތައްޓަށް ވާދަކުރާ ކަމަށް
އާސެނަލަށް ފަހު ޗެމްޕިއަން ލިވަޕޫލް ވެސް ކަޓައިފި
އާސެނަލް 100 ޕޮއިންޓް ހަމަކޮށްފާނެ: ގާޑިއޯލާ
އާސެނަލް ކެޓިއިރު، ފަހު ވަގުތު ސިޓީ މޮޅުވެއްޖެ
ލަމްޕާޑާއި އާޓެޓާ: ޓީމާ އެކު މުހިއްމު ފައިނަލަކަށް!