Roadha Mihaaru
ކަލާފާނު ސްކޫލުގެ ފޭސްބުކް ޕޭޖު ހެކްކޮށްފި

ކަލާފާނު ސްކޫލުގެ ފޭސްބުކް ޕޭޖު ހެކްކޮށްފި

30 ޑިސެމްބަރ 2022

ކަލާފާނު ސްކޫލުގެ ފޭސްބުކް އެކައުންޓު ބަޔަކު ހެކްކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކަލާފާނު ސްކޫލުގެ ފޭސްބުކް އެކައުންޓު ބަޔަކު ހެކްކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ، އެ ސްކޫލުގެ ފޭސްބުކް އެކައުންޓް ހެކްކޮށް، އޭގެ ކޮންޓްރޯލް ގޮތް ނޭނގޭ ފަރާތަކުން ނަގާފައިވާ ކަމުގެ މައުލޫމާތު އެ މިނިސްޓްރީ އަށް ލިބިފައިވާ ކަމަށެވެ. އެހެންވެ، އެ މައްސަލަ މިހާރު ފުލުސް އޮފީހަށް ރިޕޯޓްކޮށް، އެކަން ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކަލާފާނު ސްކޫލުގެ ނަމުގައި ހިންގާ އެ އެކައުންޓް މެދުވެރިކޮށް މިހާރު ލިޔާ ޕޯސްޓްތަކާއި ކުރާ ކޮމެންޓްތަކަކީ އެ ސްކޫލުން ކުރާ ކަމެއް ނޫން ކަމަށް ބުނެ، އެކަން ސަމާލުކަމަށް ގެނެސްފަ އެވެ.

މިހާތަނަށް އެ ސްކޫލުގެ ޕޭޖުގައި ސްކޫލާ ނުގުޅޭ ޕޯސްޓެއް އާންމުކޮށްފައެއް ނެތެވެ.