28 ޑިސެމްބަރ 2022
މާލެ އިން މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
މާލެ އިން މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ގެއްލިގެން ހޯދަނީ ލ. މާވަށް، ކުންނާރުމާގޭ މޫސާ އަނީސް، 32 އެވެ. އޭނާ ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުނީ އިއްޔެ އެވެ.
އަނީސްގެ އެއްބަނޑު އެއްބަފާ ބޭބެ މުހައްރިމް އަބޫބަކުރު މިއަދު "މިހާރު" އަށް ބުނީ އަނީސްގެ ޚަބަރެއް އެ އާއިލާ އަށް އެންމެ ފަހުން ވީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ. އޭގެ ފަހުން އޭނާގެ ޚަބަރެއް ނުވާ ކަމަށާއި ފޯނަށް ވެސް ނުގުޅޭ ކަމަށް އޭނާ ބުންޏެވެ.
އަނީސް ގެއްލިގެން ހޯދަމުން އަންނައިރު މިއަދަކީ އޭނާ ރިހެބަށް ދާން ފަށަންޖެހޭ ދުވަސް ކަމަށް ވެސް އަނީސްގެ ބޭބެ ބުންޏެވެ.
"އުޅެނީ މާލޭ މަގުމަތީގައި. އާއިލާއަކަށް ޚަބަރެއް ނުވޭ، ފޯނު ވެސް އޮންނަނީ ނިވާލާފައި،" މުހައްރިމް ބުންޏެވެ.
ލ. މާވަށް / ކުންނާރުމާގެ، މޫސާ އަނީސް (32އ) މާލެއިން ގެއްލިގެން ރިޕޯޓުކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުން. pic.twitter.com/bV57vsuokz
— Maldives Police (@PoliceMv) December 28, 2022
ފުލުހުންނަށް އެ މައްސަލަ ހުށަހަޅައި، އާއިލާ އިން މިހާރު ވަނީ އަނީސް ފެނޭތޯ މަސައްކަތް ކުރަމުންނެވެ.
"މަސް މާރުކޭޓު މަތީގައި ތިބި މީހުންނަށް އޭނާ ފޮޓޯ ދެއްކީމާ އެތާ ތިބި ބަޔަކު ބުނި [މިއަދު] ހެނދުނު ސައިބޯން އައިސް އިންދާ ފެނުނު ވާހަކަ. އެކަމަކު އަދިވެސް އަޅުގަނޑުމެންނަށް ވީ ތަނެއް ނޭނގޭ،" ބޭބެ ބުންޏެވެ.
ކެފޭ އުސޫލުން ޑްރަގުގެ ވިޔަފާރިކުރި ދެ މީހަކު ހައްޔަރު
ޑްރަގް އޮޕަރޭޝަނެއްގައި މާލެއިން ފަސް މީހުން ހައްޔަރު
21 އަހަރުގެ ޒުވާނަކު ގެއްލިގެން ހޯދާތާ ދެ ހަފްތާ!
ތައުފީގު ފެނުނީ ޑްރަގް ފަރުވާ ހޯދަން ގޮސް ހުއްޓާ!
ގެއްލިގެން އުޅުނު މީހާ ފެނިއްޖެ، ހާލު ރަނގަޅު
މާލެއިން ޒުވާނަކު ގެއްލިގެން ހޯދަން އިއުލާންކޮށްފި
ފިލައިގެން އުޅުނު މީހާ ފެނުނީ ފަޅުތެރޭގައި އޮއްވައި
ފުލުހުންގެ ބަންދުން ފިލި މީހާ ހޯދަން އިއުލާންކޮށްފި
ރަސްދޫ ފުލުހުންގެ ބަންދުގައި ހުރި މީހަކު ފިިލައިފި
މާލެ އައި މީހަކު ގެއްލިގެން ހޯދާތާ ދެ ހަފުތާ!