22 ޑިސެމްބަރ 2022
އުމުރުން ދުވަސްވީ މީހުން ބައިތިއްބާ ހާއްސަ މަރުކަޒެއް (އެލްޑާލީ ހޯމް) އައްޑޫގައި ހަދަން ސަރުކާރުން ނިންމައިފި އެވެ.
އުމުރުން ދުވަސްވީ މީހުން ބައިތިއްބާ ހާއްސަ މަރުކަޒެއް (އެލްޑާލީ ހޯމް) އައްޑޫގައި ހަދަން ސަރުކާރުން ނިންމައިފި އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް އިމާރާތްކުރާ އެ މަރުކަޒުގެ މައިގަނޑު ބޭނުމަކީ ޖެންޑާ މިނިސްޓްރީން ބުނިގޮތުގައި އުމުރުން ދުވަސްވީ މީހުންގެ ހައްގުތައް ރައްކާތެރި ކުރުމެވެ.
އެފަދަ މީހުންނަށް މިނިވަން މާހައުލެއް ގާއިމު ކޮށްދިނުމާއި އެކިއެކި ސަބަބުތަކާ ގުޅިގެން ސަރުކާރުގެ ބެލުމުގެ ދަށަން ގެންދާ އެމުރުން ދުވަސްވީ މީހުން ބަލަހައްޓަން އެކަށީގެންވާ މާހައުލެއް ގާއިމު ކުރުމަކީ "އެލްޑާލީ ހޯމް" އެއް ހެދުމުގެ ބޭނުމެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެ ވިލެޖުގެ ހިދުމަތް ހޯދާ މީހުން ބަހާލާފައި ވަނީ ތިން ބަޔަކަށެވެ. އެއީ:
- އެ ތަނުގެ ހިދުމަތް ހޯދަން އަމިއްލަ އަށް ބޭނުންވާ މީހުން (ޕްރައިވެޓް ރެސިޓެންޓްސް)
- އެހީތެރިކަމާއި އަޅާލުން ބޭނުންވާ އުމުރުން ދުވަސްވީ މީހުންގެ ތެރެއިން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި އުމުރުން ދުވަސްވީ މީހުން.
- ގޭގައި ބަލަހައްޓަމުންދާ ދޮށީ އުމުރުގެ މީހުން، އެ މީހުން ބަލަހައްޓަމުންދާ މީހުން ވަޒީފާ އަދާކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ވަޒީފާ އަށް ދާ ވަގުތު ތަކުގައި "ޑޭ ކެއާ"ގެ ގޮތުގައި.
މި ވިލެޖް ގާއިމް ކުރުމަށް ހަމަޖެހިފައިވަނީ ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ އުސޫލުންނެވެ.
އުމުރުން ދުވަސްވީ މީހުންނަށް މަރުކަޒެއް އެޅުމަށް ނިންމާފައި ވާއިރު، އަޅާލާނެ މީހަކު ނެތި ތިބޭ އެ ފަދަ މީހުން މިހާރު ބަލަމުން ގެންދަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުންނަ ގުރައިދޫ މަރުކަޒުގަ އެވެ.
އައްޑޫގައި ރޭޕްގެ ތުހުމަތު ކުރެވޭ މީހާ އަލުން ހައްޔަރު
ވަޒީފާއިން ވަކިވާން މަޖުބޫރުކުރި ކަމުގެ ތުހުމަތު!
އާބާދީ އިތުރު ނުވެ، ރަތް ރޮނގު ހުރަސް ކުރަނީ!
ޑރ. އައިޝަތު ޝިހާމް އެންމެ ޒިންމާ ބޮޑު ގޮނޑީގައި
ގުރައިދޫ މަރުކަޒުން 19 މީހަކު އެނބުރި އާއިލާއަށް
އުމުރުން ދުވަސްވީ މީހުންގެ އެލަވަންސް ބޮޑުކުރަނީ
އުމުރުން 109 އަހަރު، އަދިވެސް މުރާލި ވިސްނުމުގައި
ޖަޕާނު އެހީގައި ގުރައިދޫ މަރުކަޒުގެ ވޯޑު މަރާމާތުކޮށްފި
ޖެންޑާގެ ސިޓީގެ މައްސަލަ ބަލައިދޭން އާއިލާއިން އެދިއްޖެ
ޖިންސީ އަނިޔާ ލިބުނު ކުއްޖާގެ ހައްގުގައި ޕެޓިޝަނެއް