Roadha Mihaaru
"ދަރިން ބަނޑަށް މަރުވަނީ، މިކޮޅުގައި އަހަރެމެން"!

"ދަރިން އެކޮޅުގައި ބަނޑަށް މަރުވަނީ، މިކޮޅުގައި އަހަރެމެން"!

15 ޑިސެމްބަރ 2022

އާއިލާ އަށް ފައިސާ ނުފޮނުވި ހާލުގައި ޖެހުމުގެ ހިތްދަތި ކަމެވެ. އެންމެ ކުޑަމިނުން ހާލު ބަލާލަން ފޯނުކޮށްލެވޭނެ ގޮތެއް ނެތެވެ. ފޯނަށް ޑޭޓާ އަޅާނެ ގޮތެއް ވެސް ނެތީ އެވެ. ވާހަކަ ދައްކަން ބޭނުންވުމުން ޖެހެނީ އިމާރާތްކުރާ ބިދޭސީން އުޅޭ ކޮންމެވެސް ސައިޓަކަށް ގޮސް މީހެއްގެ ގާތުގައި އާދޭސްކުރާށެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އާއިލާ އަށް ފައިސާ ނުފޮނުވި ހާލުގައި ޖެހުމުގެ ހިތްދަތި ކަމެވެ. އެންމެ ކުޑަމިނުން ހާލު ބަލާލަން ފޯނުކޮށްލެވޭނެ ގޮތެއް ނެތެވެ. ފޯނަށް ޑޭޓާ އަޅާނެ ގޮތެއް ވެސް ނެތީ އެވެ. ވާހަކަ ދައްކަން ބޭނުންވުމުން ޖެހެނީ އިމާރާތްކުރާ ބިދޭސީން އުޅޭ ކޮންމެވެސް ސައިޓަކަށް ގޮސް މީހެއްގެ ގާތުގައި އާދޭސްކުރާށެވެ.

"އަހަރެމެންނާ މެދު ކަންތައް މި ކުރަނީ އިންސާނުންނަށް ވުރެން ވެސް ދަށު ދަރަޖައިގައި. މި އަށް ވުރެ ބޮޑު އަނިޔާއެއް ކޮބާ؟" ޖާހް ކުންފުނިން މުސާރަ ނުދީ 4-5 މަހު މަސައްކަތްކުރުވި ބިދޭސީންގެ ފަރާތުން ވާހަކަ ދެއްކި ރޯޒް މުހައްމަދު ބުންޏެވެ.

"ކާންދޭން ޖެހޭ ދަރިން، އަނބިން އާއިލާ އެބަތިބި. މި ތަނަށް އައިސް ތާށިވެފައި މި ތިބެނީ. އަތުގައި އެއްވެސް ލާރިއެއް ނެތް. ލިބޭނެ ގޮތެއް ވެސް ނެތް. މި ހާލުގައި އަހަރެމެން ތިބިއިރު އެ މީހުން ތިބޭނެ ހާލެއް ނޭނގޭ،"

ޖާހް ކުންފުނީގެ ބިދޭސީ މުވައްޒަފުން: މުސާރަ ނުދީގެން ކުރި ޝަކުވާތަކަށް އެއްވެސް ބަޔަކު އަޅައެއް ނުލި.

ޖާހް ކުންފުނީގެ ބިދޭސީ މުވައްޒަފުން: މުސާރަ ނުދީގެން ކުރި ޝަކުވާތަކަށް އެއްވެސް ބަޔަކު އަޅައެއް ނުލި.

އެ މީހުންގެ ޝަކުވާއަކީ ސަރުކާރުގެ އެއްވެސް އިދާރާއަކުން ވެސް އަޅާނުލުމެވެ. ޖާހް ކުންފުނިން، މުސާރަ ނުދީ އެ މީހުން ލައްވައި މަސައްކަތް ކުރުވައި ޕާސްޕޯޓް ހިފަހައްޓައިގެން ގެންގުޅޭ މައްސަލާގައި ގޮތެއް ނުފެނުމުން މުޒާހަރާ ވެސް ކޮށްފި އެވެ. ފުލުހުންނާއި ލޭބަ ރިލޭޝަންސް އޮތޯރިޓީ އާއި ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނަށް ވެސް ހުށަހަޅައިފި އެވެ.

"އަހަރެމެން 48 މީހުންނަށް އެއްވެސް ބަޔަކު އަޅައެއް ނުލި. އެއްވެސް ކަމެއް ނުކުރި. އަހަރެމެން ދެން ކީއްކުރާނީ. ގައުމަށް ފޮނުވައިދޭން މިއަދު ވެސް އާދޭސްކުރަން ކުންފުނީގެ އޮފީހަށް މާލެ ދާން އުޅުމުން ފުލުހުން ހުއްޓުވީ. އެއްވެސް މީހެއްގެ އަތުގައި ފައިސާއެއް ނެތީމާ ފެރީގައި ނުދެވުނު. ހިނގާފައި މާލެ ދާން އުޅުމުން އެކަން ވެސް ހުއްދައެއް ނުކުރި،" މުހައްމަދު ބުންޏެވެ.

"ޖަލެއްގެ ގޮތަށް ބަންދުކޮށްފައި ތިބެނީ. ޖަލުގައި ދޭ ގޮތަށް ކޮއްތު ދެނީ."

ޙހހ

ޙހހ

ހާލުގައި ޖެހިފައި ތިބި ބިދޭސީންގެ ފަރާތުން ވާހަކަ ދައްކަމުން މުހައްމަދު ބުނި ގޮތުގައި ރާއްޖެ އައީ ޖާހް ކުންފުންޏަކީ މުވައްޒަފުންނަށް ރަނގަޅު، ބަރާބަރަށް މުސާރަ ދޭނެ ބައެއް ކަމަށް ބުނެގެންނެވެ. ރައްކާކޮށްފައި ހުރި ފައިސާކޮޅު ދީފައި ބުރަ މަސައްކަތް ކުރަން އައީ މަހަކު 350 ޑޮލަރު (5،397ރ.) ދޭނެ ކަމަށް ބުނެގެންނެވެ.

އެކަމަކު ރާއްޖެ އައުމުން އެ އަދަދު މަދުވެ، މީހަކަށް ދެނީ ދިވެހި ރުފިޔާ އިން 4،000 ކަމަށް އެ މީހުން ޝަކުވާކުރި އެވެ.

ކުންފުނިން އެ މީހުންނަށް މުސާރަ ނުދެނީ ފައިސާ ތާށިވެގެން ކަމަށާއި ހަމަޖެހުނުހާ އަވަހަކަށް ދޭން ކަމަށް ބުނެފައިވާ ކަމަށް އެ މީހުން ބުންޏެވެ. އެކަމަކު އެގޮތަށް ހަދާނެ ކަމުގެ ޔަގީންކަން އެ މީހުންނަށް ގެއްލިއްޖެ އެވެ.

"އެ މީހުންނަށް [ކުންފުންޏަށް] ފައިސާ ދެވޭނެ ދުވަހެއް ނޭނގޭ. ފަސް މަސް މި ގޮތަށް ހޭދަވެއްޖެ. ދަރިން އެކޮޅުގައި ބަނޑަށް މަރުވަނީ. އަހަރެމެން މިކޮޅުގައި މި މަރުވަނީ،" މުހައްމަދު ބުންޏެވެ.

ފައިސާ ނުދިނަސް އެ މީހުން މިހާރު އެދެނީ ޓިކެޓާއި ޕާސްޕޯޓް ހަވާލުކޮށްދޭށެވެ. އެ ނޫންގޮތެއް ނުފެނުނު ކަމަށް ބިދޭސީންގެ ފަރާތުން ވާހަކަ ދައްކަމުން މުހައްމަދު ބުންޏެވެ.