Roadha Mihaaru
އީ ޓުކުރިން 1000 ޑޮލަރުގެ ފީފާ ގިފްޓް ޕެކެއް

އީ ޓުކުރިން 1000 ޑޮލަރުގެ ފީފާ ގިފްޓް ޕެކެއް ލިބޭ ޕްރޮމޯޝަނެއް

07 ޑިސެމްބަރ 2022

ވޯލްޑް ކަޕަށް ހާއްސަކޮށް 1000 ޑޮލަރުގެ ފީފާ ވޯލްޑް ކަޕުގެ ގިފްޓް ޕެކެއް ހުށަހަޅައި، އީ ޓުކުރިން ފެށި ޕްރޮމޯޝަން މި މަހުގެ 18ގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށް އެ ތަނުން ބުނެފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ވޯލްޑް ކަޕަށް ހާއްސަކޮށް 1000 ޑޮލަރުގެ ފީފާ ވޯލްޑް ކަޕުގެ ގިފްޓް ޕެކެއް ހުށަހަޅައި، އީ ޓުކުރިން ފެށި ޕްރޮމޯޝަން މި މަހުގެ 18ގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށް އެ ތަނުން ބުނެފި އެވެ.

އެ ޕްރޮމޯޝަނަކީ ވޯލްޑް ކަޕުގެ ފޯރީގައި ބައިވެރިވެ، ވޯލްޑް ކަޕް ދުވަސްވަރު އެ ތަނުން ވިޔަފާރި ކުރާ ފަރާތްތަކަށް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.

އީ ޓުކުރި ޕްރޮމޯޝަނުގެ އިންސްޓަގުރާމް ޕޯސްޓު.

އެ ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ޕްރޮމޯޝަން ކުރިއަށް ދާ މުއްދަތުގައި އީ ޓުކުރިން ލޯކަލް އާއި އީ ޓުކުރި އިންޓަނޭޝަނަލުން ވިޔަފާރި ކޮށްގެންނެވެ. އަދި އީ ޓުކުރީގެ އިންސްޓަގްރާމް އެކައުންޓް ފޮލޯކޮށް، ޕްރޮމޯޝަނަށް ހާއްސަ ޕޯސްޓު ލައިކްކޮށް، ސްޓޯރީ އަށް ޝެއާ ކޮށްގެންނެވެ. ޕްރައިވެޓް އެކައުންޓުތައް ގެންގުޅޭ ފަރާތްތަކުން ސްޓޯރީގެ ސްކްރީން ޝޮޓެއް ފޮނުވަން ޖެހޭނެ އެވެ.

eTukuri - Home

eTukuri - Home

އީ ޓުކުރި ލޯކަލްގެ ވެބްސައިޓު.

އީ ޓުކުރި ލޯކަލް އަކީ ރާއްޖޭގެ ފިހާރަތަކާއި އަމިއްލަ ވިޔފާރިތަކުން ވިއްކާ އެއްޗިހި އޮންލައިންކޮށް ގަނެވޭނެ އީ ޓުކުރި ލޯކަލުން ވިޔަފާރި ކުރެވޭނީ shop.etukuri.mv އަށް ވަދެ ރަސްޖިސްޓަރީ ވެގެންނެވެ. އެ އަށް ފަހު ގަންނަން ބޭނުންވާ ޕްރޮޑަކްޓު ސިލެކްޓު ކުރުމަށް ފަހު، ޑެލިވަރީ އެޑްރެސް ޖަހަން އަރާ ތަނުގައި އެ އެޑްރެސް ޖެހުމަށް ފަހު އޮންލައިން ގޭޓްވޭ މެދުވެރިކޮށް ފައިސާ ދެއްކުމުން ވިޔަފާރި ކުރެވުނީ އެވެ.

eTukuri | Shop and Ship Around the World

eTukuri | Shop and Ship Around the World

Buy & Ship from US - 20% Off. Sign Up Now!

އީ ޓުކުރި އިންޓަނޭޝަނަލުގެ ޕޯސްޓު

އީ ޓުކުރި އިންޓަނޭޝަނަލުން ވިޔަފާރި ކުރެވޭނީ https://int.etukuri.mv/ އަށް ވަދެ ރެޖިސްޓާ ކޮށްގެންނެވެ. އީ ޓުކުތި އިންޓަނޭޝަނަލުން ވިޔަފާރި ކުރާ ކަސްޓަމަރުން އިތުރު އިންސްޓަގްރާމުގެ ސްޓެޕްތައް ފުރިހަމަ ނުކުރިޔަސް ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.

އީ ޓުކުރިން ދޭ 1000 ޑޮލަރުގެ ގިފްޓު ޕެކު ލިބޭނީ ނަސީބުވެރި އެއް ފަރާތަކަށެވެ. އެ ގިފްޓު ޕެކުގައި ހިމެނޭނީ ވޯލްޑު ކަޕުގައި ވާދަކުރާ، ދިވެހިންގެ މެދުގައި މަގުބޫލު ގައުމުތަކުގެ އެޑިޑާސްގެ އޮތެންޓިކް ޖާޒީތަކެކެވެ. އޭގެ ތެރޭގައި ސްޕެއިން، އާޖެންޓީނާ، ޖާމަނީ އަދި ބެލްޖިއަމްގެ ޖާޒީ ހިމެނެ އެވެ. އަދި އެ ޕެކުގައި އެޑިޑާސްގެ އިތެންޓިކް ވޯލްޑް ކަޕް ބޯޅަ، އަލް ރިހްލާ ގެ ތިން ބޯޅަ ވެސް ހިމެނެ އެވެ.

އީ ޓުކުރި އަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި އޮންލައިން ވިޔަފާރިތައް ކުރުމަށް ފެސިލިޓޭޓު ކޮށްދިނުމަށް ތައްޔާރުކޮށް އޮޕަރޭޓު ކުރަމުން އަންނަ ޕްލެޓްފޯމެވެ.