02 ޑިސެމްބަރ 2022
އުރީދޫން ޕާޕަލްލޭން އެޕް، ލޯޔަލްޓީ ރިވޯޑް ޕްލެޓްފޯމާ އެކު ޕާޓްނާޝިޕް ހަދައިފި އެވެ.
އުރީދޫން ޕާޕަލްލޭން އެޕް، ލޯޔަލްޓީ ރިވޯޑް ޕްލެޓްފޯމާ އެކު ޕާޓްނާޝިޕް ހަދައިފި އެވެ.
އުރީދޫއިން މިކަން އިއުލާނުކޮށް އެޕްގައި އުރީދޫގެ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ލިބޭ ހިދުމަތްތައް ލޯންޗުކުރީ ސީ ހައުސްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ހިދުމަތްތައް ތައާރަފު ކުރެއްވީ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒާއި ޕާޕަލްލޭން އެޕްގެ ކޯ ފައުންޑާ އެވެ.
އެ އެޕަކީ ދިވެހި އުފެއްދުމެކެވެ. އުރީދޫ އާއި އެ އެޕުން ހެދި އެއްބަސްވުމުގެ ދަށުން އެޕް މެދުވެރިކޮށް ކްލަބް ޕްރިމިއާ ޑިޖިޓަލް ކާޑާއި އެކި ޑިސްކައުންޓާއި އޮފާތައް ކަސްޓަމަރުންނަށް ލިބޭނެ އެވެ.
ޕާޕަލް ލޭން އެޕަކީ އަކީ ކެފޭ ރެސްޓޯރަންޓް އަދި ފިހާރަތަކުން ވިޔަފާރި ކުރުމުން ކަސްޓަމަރުންނަށް ރިވާޑް ލިބޭ ގޮތަށް ފަރުމާކޮށްފައިވާ ފުރަތަމަ ދިވެހި އެޕެވެ.
ޕާޕަލްލޭން އެޕްލިކޭޝަނަކީ ކަސްޓަމަރުން ކުރާ ވިޔަފާރިއަށް ރިވާޑް އަދި ވިޔަފާރިތަކުގެ ލޯޔަލްޓީ ޕްރޮގްރާމާ ކާޑުތައް ފަސޭހަކަމާ އެކު އެއްތަނަކުން ފެންނަން ހުންނަ ޕްލެޓްފޯމެކެވެ. ޕާޕަލްލޭން މެދުވެރިކޮށް ވިޔަފާރިތަކަށް ޑިޖިޓަލްކޮށް ގިފްޓް ކާޑު ދޫކުރުމާއި ކަސްޓަމަރުންގެ މެދުގައި ޕޮއިންޓް ޓްރާންސްފާ ކުރުމާއި ކޫޕަން ދިނުމުގެ އިތުރުން އެޕް ބޭނުންކުރާ ހުރިހާ ފަރާތްތަކަށް ހާއްސަ އޮފާތައް އިޝްތިހާރު ވެސް ކުރެވޭނެ އެވެ.
އެޕާ އެކު ޕާޓްނާވެފައިވާ ވިޔަފާރިތަކުން ކަސްޓަމައިޒްޑް ރިވޯޑްސް ޕްރޮގްރާމް ފަސޭހަކަމާ އެކު އެޕުގައި ކުރިއަށް ގެންދެވޭނެ އެވެ. އަދި ވިޔަފާރިތަކާއި ކޯޕަރޭޓްތަކަށް މިހާރު ހިންގަމުން އަންނަ ޕްރޮގްރާމްތައް ވަގުތުން އެޕަށް އިންޓަގްރޭޓް ކުރެވޭނެ އެވެ. ވިޔަފާރިތަކުން ތައާރަފް ކުރާ އެކި ޕްރޮގްރާމްތަކުގެ ޝަރުތުތަކަށް ބެލުމަށްފަހު ޕޮއިންޓްތައް ކަސްޓަމަރުންނަށް ރިޑީމް ކުރެވޭނެ އެވެ.
އުރީދޫން ބުނި ގޮތުގައި އެ އެޕު މެދުވެރިކޮށް ކްލަބް ޕްރިމިއާގެ ހިދުމަތްތައް އިތުރަށް ފުޅާ ކުރެވޭނެ އެވެ.
ސްޕާ ސިލޯންގެ އޮފާތައް ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް
އުރީދޫ ކަސްޓަމަރުންނަށް "ދަ ޕޭރަންޓްލީ"ގެ ޑިސްކައުންޓް
ކްލަބް ޕްރިމިއާ މެމްބަރުންނަށް 4 ތަނަކުން ޑިސްކައުންޓް
އުރީދޫ ކްލަބް ޕްރިމިއާ: އައިކެއާއިން ސްކްރީނިން ހިލޭ
މިއަދުގެ ތާރީހާ ގުޅުވައިގެން އުރީދޫން ޕްރޮމޯޝަނެއް
އެމް-ފައިސާ އިން ޕޭމެންޓްގެ 5 ޕަސެންޓް ހިލޭ
އުރީދޫގެ ކަސްޓަމަރުންނަށް ލައިފް އިންޝުއަރެންސް ދެނީ
އެމްފައިސާގެ ޓާމްސް އެންޑް ކޮންޑިޝަނަށް ބަދަލުތަކެއް
އުރީދޫ ސުޕަނެޓުން އަންލިމިޓެޑްކޮށް އިންޓަނެޓް
އުރީދޫގެ ދޯހާ މެރަތަންއަށް ދާ ދެ ދިވެހިން ހޮވައިފި