Roadha Mihaaru
އުރީދޫ ކްލަބް ޕްރިމިއާ: އައިކެއާއިން ސްކްރީނިން ހިލޭ

އުރީދޫ ކްލަބް ޕްރިމިއާ މެންބަރުންނަށް އައިކެއާ އިން ލޮލުގެ ސްކްރީނިން ހިލޭ

28 ސެޕްޓެމްބަރ 2022

އުރީދޫ ކްލަބް ޕްރިމިއާ މެންބަރުންނަށް އައިކެއާ އިން ލޮލުގެ ސްކްރީނިން ހިލޭ ހަދައިދޭ އޮފާއެއް ތައާރަފްކޮށްފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

އުރީދޫ ކްލަބް ޕްރިމިއާ މެންބަރުންނަށް އައިކެއާ އިން ލޮލުގެ ސްކްރީނިން ހިލޭ ހަދައިދޭ އޮފާއެއް ތައާރަފްކޮށްފި އެވެ.

އުރީދޫ އިން ބުނި ގޮތުގައި، މިދިޔަ ހޯމަ ދުވަހު ފެށި މި އޮފާ ކުރިއަށް ދާނީ އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

އުރީދޫން އަންނަނީ ކްލަބް ޕްރިމިއާ މެންބަރުންނަށް ތަފާތު އެކި އޮފާތަކާއި ޑިސްކައުންޓްތައް ދެމުންނެވެ. އޭގެ ތެރޭގައި، ހާލިދްސް ބިރިޔާނީ އާއި ދަ ގާޑެން ފަދަ ރެސްޓޯރެންޓްތައް ފާހަގަކޮށްލެވެ އެވެ.

ކްލަބް ޕްރިމިއާ މެންބަރަކަށް ވެވޭނީ އުރީދޫ ސުޕަނެޓް ޕެކޭޖުގެ 40އެމް އަށް ވުރެ މަތީގެ ޕެކޭޖެއް ނެގުމުން ނުވަތަ 1،000ރ. އަށްވުރެ މަތީގެ ޕޯސްޓް ޕެއިޑް ޕެކޭޖެއް ގެންގުޅޭ ކަސްޓަމަރުންނަށެވެ.