02 ޑިސެމްބަރ 2022
އިންޑިއާގެ މިއޮޓް ހޮސްޕިޓަލުން ކަށީގެ ސީނިއާޑޮކްޓަރުންނާއި، މައިބަދައިގެ އޮޕަރޭޝަން ކުރާ ޑޮކްޓަރުން ދަ ކްލިނިކުގައި މި މަހުގެ 6 ވަނަ ދުވަހާއި 7 ވަނަ ދުވަހު ބެލުމަށް ހަމަޖެހިއްޖެ އެވެ.
އިންޑިއާގެ މިއޮޓް ހޮސްޕިޓަލުން ކަށީގެ ސީނިއާޑޮކްޓަރުންނާއި، މައިބަދައިގެ އޮޕަރޭޝަން ކުރާ ޑޮކްޓަރުން ދަ ކްލިނިކުގައި މި މަހުގެ 6 ވަނަ ދުވަހާއި 7 ވަނަ ދުވަހު ބެލުމަށް ހަމަޖެހިއްޖެ އެވެ.
ދަ ކުލިނިކުން މިހާރު އެޕޮއިންޓުމަންޓަށް އެދި ނަން ނޯޓު ކުރެވޭނެ އެވެ. ޑޮކްޓަރަށް ދެއްކޭނީ 6 ވަނަ ދުވަހުގެ ކުރިން އެޕޮއިންޓްމަންޓު ހަދައިގެންނެވެ.
މިއޮޓުން ދި ކުލިނިކަށް ޒިޔާރަތްކުރާ ދެ ޑޮކްޓަރުންނަކީ އެ ހޮސްޕިޓަލުގައި މައިބަދައިގެ އޮޕަރޭޝަންތައް ކުރާ ޑިޕާޓުމަންޓުގެ ޑައިރެކްޓަރު، ޑރ. ޗަރަންޖީތު ސިންގް ދިލިއަން އާއި އެ ހޮސްޕިޓަލުގެ މައިބަދައިގެ އޮޕަރޭޝަން ކުރުމުގެ ސީނިއާ ސާޖަން ޑރ. އުމޭޝް ކުމާރު ސިންގެވެ.
މިއޮޓުން ދި ކުލިނިކަށް އަންނަ ޑޮކްޓަރުން. އެ ޑޮކްޓަރުންނަކީ ކަށީގެ ބަލިތަކާއި ކަށީގެ އޮޕަރޭޝަނަށް ހާއްސަ ޑޮކްޓަރުން.
ޑރ. ޗަރަންޖީތު ސިންގް ދިލިއަން އަކީ ކަށީގެ ބަލިތަކަށް ފަރުވާ ކުރުމުގައި އިންޑިއާ، ޔޫރަޕް އަދި އެމެރިކާގެ އެކި ސެންޓަރުތަކުގައި 17 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ތަޖުރިބާކާރު ޑޮކްޓަރެކެވެ.
ޑރ. އުމޭޝް ކުމަރު ސިންގަކީ 13 އަހަރުގެ ތަޖުރިބާ ހުރި ޑޮކްޓަރެކެވެ. އޭނާ ވަނީ މިހާތަނަށް 3000 އަށް ވުރެ ގިނަ ސާޖަރީ އާއި 400 އަށް ވުރެ ގިނަ ކޮމްޕްލެކްސް އަދި ޕޮލިޓްރޯމާ ސާޖަރީ ކުރައްވައިފަ އެވެ. އެ ސާޖަން ހާއްސަވެފައިވާ ދާއިރާތަކުގެ ތެރޭގައި ކޮމްޕްލެކްސް ޓްރޯމާ ސާޖަރީ އާއި ހުޅު ބަދަލު ކުރުމުގެ ސާޖަރީ އާއި ޑީފޯމިޓީ ރަނގަޅު ކުރުމާއި، ކުޑަކުދިންގެ ކަށީގެ ބަލިތަކާއި، ކުޅިވަރުގެ އަނިޔާތަކާއި، މައިބަދައިގެ މައްސަލަތަކާއި، ކަށީގެ އެކި ބަލިތަކާއި އޮޕަރޭޝަނަށް ފަހު ދޭ ރިހެބިލިޓޭޝަން ހިމެނެ އެވެ.
މިއޮޓް ހޮސްޕިޓަލުގެ "އޭ ޓު ޒީ ބޯން" ކްލިނިކަކީ އުފެދުމުގަ އާއި އެކްސިޑެންޓުތަކުގެ ސަބަބުން އަންނަ ޑީފޮމޭޝަން އާއި ކޮނޑު، އުޅަނބޮށި އަދި ކަކުލުގެ ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަނަށް ހާއްސަ ތަނެކެވެ. އަދި އެ ތަނަކީ ސްޕޯޓްސް މެޑިސިން އާއި ޑިޖެނެރެޓިވް ކަށިގަނޑާއި، ކަށިގަނޑާއި ގުޅުން ހުރި ޓިއުމަރުގެ މައްސަލަތަކަށް ވެސް ހާއްސަ ތަނެކެވެ.
މިއޮޓް ހޮސްޕިޓަލުން މިހާތަނަށް، ހުޅު ބަދަލު ކުރުމުގެ 40،000 އަށް ވުރެ ގިނަ ސާޖަރީ ވަނީ ކާމިޔާބު ކަމާ އެކު ކޮށްފަ އެވެ. އަދި މައިބަދައިގެ 800 އަށް ވުރެ ގިނަ އޮޕަރޭޝަން ކޮންމެ އަހަރަކު ވެސް އެ ތަނުން ކުރެ އެވެ.
އެ ހޮސްޕިޓަލަކީ އައުޓްލުކް ހެލްތު މެގަޒިންގައި ކަށީގެ އެއް ވަނަ ހޮސްޕިޓަލުުގެ ގޮތުގައި ފާހަގަކޮށްފައިވާ ހޮސްޕިޓަލެކެވެ.
ދި ކުލިނިކުގެ ނަމްބަރު 333488 ނުވަތަ 9326772 އަށް ގުޅައިގެން އެޕޮއިންޓުމަންޓު ހެއްދޭނެ އެވެ. އަދި 9477294 ވައިބަ ކޮށްގެން ވެސް އެޕޮއިންޓްމަންޓު ހެއްދޭނެ އެވެ.
މިއޮޓް ހޮސްޕިޓަލުގެ ކަށީގެ ޑޮކްޓަރުން ދި ކްލިނިކަށް
ޗުއްޓީއަށް އުރީދޫގެ ބޮޑެތި ޑޭޓާ ޕެކްތައް
މިއޮޓްގެ އެތެރެހަށީގެ ގުނަވަންތަކުގެ ހާއްސަ ޑޮކްޓަރެއް
އިލާލާގެ "ކައުރީ" ފުޅިތަކުން ޑިސްކައުންޓެއް
ވިލާ ކޮލެޖްގެ "އޯޕެން ޑޭ" ހުކުރު ދުވަހު
ޗެމްޕިއަން ޓީމު ދިމާކޮށްގެން އެއް އަހަރުގެ ހިލޭ ޕިއްޒާ
އެމެކްސް ކާޑުން ވިޔަފާރިކޮށްގެން ލަންޑަނަށް!
ލޮލުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއް ސިޓީ އޮޕްޓިކަލަށް
ވިލާ ކޮލެޖުގެ ޖެނުއަރީ އިންޓޭކަށް ހުޅުވާލައިފި
އެމްއެންޔޫގެ 117 ކޯހަކަށް ކުރިމަތިލާން ހުޅުވާލައިފި