29 ނޮވެމްބަރ 2022
ދުނިޔޭގެ އެންމެ ބޮޑު ކޭކް މުބާރާތުގައި ބޮލީވުޑް ފިލްމް "އޯމް ޝާންތީ އޯމް" ތީމްގައި އެ ފިލްމުގެ މަންޒަރެއް ފެންނަ ކޭކެއްގައި ހިމަނައިފި އެވެ.
ދުނިޔޭގެ އެންމެ ބޮޑު ކޭކް މުބާރާތުގައި ބޮލީވުޑް ފިލްމް "އޯމް ޝާންތީ އޯމް" ތީމްގައި އެ ފިލްމުގެ މަންޒަރެއް ފެންނަ ކޭކެއްގައި ހިމަނައިފި އެވެ.
އިނގިރޭސި ވިލާތުގެ ބާމިންގްހަމްގައި ކޮންމެ އަހަރަކު ބާއްވަމުން އަންނަ މި މުބާރާތުގައި ލައިފް ސައިޒުގެ މި ކޭކު ތައްޔާރުކުރީ އިންޑިއާގެ މަޝްހޫރު ކޭކް އާޓިސްޓް ޓީނާ ސްކޮޓް ޕަރާޝަރެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ލިބުނު ދައުވަތުގައި އޭނާ ބޭނުންވީ ބޮލީވުޑް ތީމަށް ކޭކެއް އަޅާށެވެ. އަދި މިއީ އެއް މަސް ދުވަހުގެ ބުރަ މަސައްކަތެއް ކަމަށް އޭނާ ބުންޏެވެ.
ކޭކުގެ ހުރިހާ މަސައްކަތެއް ވެސް އޭނާ ކުރީ އަމިއްލަ އަށެވެ. ޓީނާ ބުނީ ދީޕިކާގެ ބޮލުގެ އިސްތަށިގަނޑު ވެސް ތައްޔާރު ކުރީ އޭނާގެ އަމިއްލަ އަތުން ކަމަށެވެ.
ބޮލީވުޑްގެ ސުޕަ ސްޓާރުން ހިމެނޭ ފިލްމް "އޯމް ޝާންތީ އޯމް" އަކީ ދީޕިކާ ޕަޑުކޯން އެންމެ ފުރަތަމަ ބޮލީވުޑަށް ތައާރަފްވި ފިލްމެވެ.
މީގެ ތިން އަހަރު ކުރިން ވެސް ޓީނާ ވަނީ މި މުބާރާތުގައި ބައިވެރިވެ، ލައިފް ސައިޒް ކޭކެއް އަޅައިފަ އެވެ. އެ ކޭކުގައި އޭނާ ދެއްކީ ރަތް ކުލައިގެ ސާޅީއެއް އަޅައިގެން ހުރި އަންހެނަކު މީހުންނަށް މަރުހަބާ ކިޔުމަށް ދެ އަތް ނަގައިގެން ހުންނަ މަންޒަރެކެވެ.
ޓީނާ ޕަރާޝަރު ވަނީ 2016 ވަނަ އަހަރު މި މުބާރާތުގައި ބައިވެރިވެ، ގޯލްޑް ހާސިލް ކޮށްފަ އެވެ. އަދި މީގެ އިތުރުން ބައިނަލްއަގުވާމީ އެތައް އެވޯޑެއް ވެސް އޭނާ ވަނީ ހޯދައިފަ އެވެ.
ޓީނާ އަކީ ގްލޯބަލް ޝުގަ އާޓިސްޓް ނެޓްވޯކުގެ ޕްރޮޖެކް މެނޭޖަރެއްގެ އިތުރުން އެ ނެޓްވޯކުގެ އޮފިޝަލް ޖަޖެކެވެ. އަދި 2017 އަދި 2018 ވަނަ އަހަރުގެ އެންމެ މޮޅު 10 ކޭކު އާޓިސްޓުން ތެރޭގައި ވެސް އޭނާ ހިމެނެ އެވެ.
އޭނާގެ ކޭކުތަކުގައި ގިނައިން ދައްކަނީ އިންޑިއާގެ ސަގާފީ ކަންކަމެވެ.
"ޕަތާން"ގެ ޑިޖިޓަލް ރިލީޒް އިތުރު މަންޒަރުތަކާ އެކު
ޝާހްރުކްގެ ފިލްމެއް ބަލައިލަން ލިބޭނެ ދުވަހެއް ނޭނގޭ
ޝާހްރުކް ފިލްމީ މަސައްކަތަށް ނުކުންނާނީ 15 ގައި
ޝާހްރުކްގެ ހާއްސަ އެދުމެއް ޑައިރެކްޓަރުންނަށް
މިމަހު ޝާހްރުކް އަލުން ފިލްމީ މަސައްކަތަށް ނިކުންނާނެ
ކައިވެނިހަފުލާތަކުން ވެސް ބޮލީވުޑްގެ ތަރިންނަށް އާމްދަނީ
ރަންވީރުގެ "ސާކަސް" ގައި ދީޕިކާގެ މީނައްމާ ކެރެކްޓާ
ބަންސާލީގެ ކާމިޔާބު ކެރިއަރަށް 25 އަހަރު
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
"ޕަތާން" ގައި ދީޕިކާ ތަޅާފޮޅާ ރޯލެއް