24 ނޮވެމްބަރ 2022
އެންސްޕާ އާއި އާސަންދައިން ދޭ ބޭސްފަރުވާގެ އެހީ އެއް އޮފީހަކުން ލިބޭ ގޮތަށް ހަދައިފި އެވެ.
އެންސްޕާ އާއި އާސަންދައިން ދޭ ބޭސްފަރުވާގެ އެހީ އެއް އޮފީހަކުން ލިބޭ ގޮތަށް ހަދައިފި އެވެ.
އެ ދެ އޮފީހުން ދެމުން އަންނަ ހިދުމަތްތައް ލިބޭ ކަސްޓަމަ އެކްސްޕީރިއަންސް ސެންޓަރެއް "ވިރަ" ގެ ނަމުގައި މިއަދު ހެނދުނު ހުޅުވީ އަމީނީމަގުގައި ހުންނަ ފެން ބިލްޑިންގާ ޖެހިގެން ހުޅަނގަށް އޮންނަ ގޯޅީގަ އެވެ.
އާސަންދަ އާއި އެންސްޕާގެ ހިދުމަތްތައް ލިބޭ "ވިރަ" ކަސްޓަމާ އެކްސްޕީރިއެންސް ސެންޓަރު -- ފޮޓޯ: އާސަންދަ
އެ ސެންޓަރު ހުޅުއްވައިދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އެވެ. އެ ރަސްމިއްޔާތުގައި އެންސްޕާގެ ސީއީއޯ މަރިޔަމް ޝަފީގާއި އާސަންދަގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް އައްޒާމް ވަޖީހު ވެސް ބައިވެރިވެވަޑައިގަތެވެ.
އާސަންދައިން ބުނީ އެ ސެންޓަރު ހުޅުވީ ބޭސްފަރުވާގެ ކަންކަމުގައި ދައުލަތުގެ އެހީއަށް ބޭނުންވާ މީހުންނަށް އެކަމާ ގުޅޭ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ދިނުމަށް ކަމަށެވެ. އެ ސެންޓަރުގެ ކައުންޓަރުތައް އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލުގައި ވެސް ހުންނާނެ ކަމަށް ބުންޏެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ، އާސަންދަ އާއި އެންސްޕާގެ ހިދުމަތްތައް ލިބޭ "ވިރަ" ކަސްޓަމާ އެކްސްޕީރިއެންސް ސެންޓަރު ހުޅުއްވައިދެއްވަނީ - ފޮޓޯ: އާސަންދަ
އެ ސެންޓަރުން ހިދުމަތް ލިބޭނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 8 އިން ރޭގަނޑު 10 އަށް ކަމަށް ވެސް އާސަންދަ އިން ބުންޏެވެ.
އާސަންދަ އާއި އެންސްޕާގެ ހިދުމަތްތައް އެއް ސިސްޓަމެއްގެ ތެރެއިން ދެވޭނެ އިންތިޒާމު ހަމަޖައްސަމުން އަންނަ ކަމަށް، މި ހަފުތާގައި ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމެޓީން ބޭއްވި ބައްދަލުވުންތަކުގައި އެ ދެ އޮފީހުގެ އިސްވެރިން ވިދާޅުވެފައިވެ އެވެ.
އެއްހަމައަކުން އާސަންދަ ދިނުން ބަދަލުކުރަން ގާނޫނެއް
ޔޫއޭއީ އާއި ތައިލެންޑުން އާސަންދަ ލިބުމާ ގާތަށް!
"ފަރުވާއަށް ސަލާން ޖެހުން ނިމުމަކަށް ގެނެވޭނެ"
ދެން އާސަންދަ ލިބޭނީ އެހެން އިންޝުއަރެންސަށް ކަނޑާފައި
ފުދުންތެރިކަމަށް ބަލައި އާސަންދަ ދޭން ދިރާސާކުރަން ލަފާ
އަމިއްލަ އިންޝުއަރެންސުން ފުރަތަމަ ކެނޑުން މިއަހަރު
އެންސްޕާއިން އެހީ ދޭ ގޮތް ހަރުދަނާ ކުރަންޖެހޭ: އޭސީސީ
އާސަންދައިގެ ދަށުން އައިވީއެފް ހެދޭނީ 3 ބުރު
ފީސީއޯއެސްގެ ފަރުވާތައް އާސަންދައިން ހަމަޖައްސަނީ
ޑިސެބިލިޓީ އެލަވަންސް: 222 މީހަކަށް 7،000ރ.