Roadha Mihaaru
ކާނިވަލުގައި ހުންނަ ދޮންމަނިކު ސްކައިވިއު ހުސްކުރަނީ

ކާނިވަލުގައި ހުންނަ ދޮންމަނިކު ސްކައިވިއު ރެސްޓޯރަންޓް ހުސްކުރަނީ

11 ޖެނުއަރީ 2017

ކާނިވަލުގައި ކުރިން ސްލޭމް ފުޑްކޯޓު ހިންގިތަނުގައި ހުންނަ "ދޮންމަނިކު ސްކައިވިއު" ރެސްޓޯރަންޓް ހައުސިން މިނިސްޓްރީން މިރޭ ހުސްކުރަން ފަށައިފި އެވެ.

ކާނިވަލުގައި ކުރިން ސްލޭމް ފުޑްކޯޓު ހިންގިތަނުގައި ހުންނަ "ދޮންމަނިކު ސްކައިވިއު" ރެސްޓޯރަންޓް ހައުސިން މިނިސްޓްރީން މިރޭ ހުސްކުރަން ފަށައިފި އެވެ.

"މިހާރު"އަށް އެނގިފައިވާ ގޮތުގައި މި ރެސްޓޯރަންޓް ހުސްކުރަނީ އެތަން ހިންގުމަށް ސަރުކާރާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، ތަން ހުސްކުރަން އެންގުމުން ވެސް އެއަށް އަމަލު ނުކުރުމުންނެވެ. މިތަން ހުސްކުރުމުގައި ހަރަކާތްތެރިވަނީ ހައުސިން މިނިސްޓްރީގެ މުވައްޒަފުން ކަމަށްވެ އެވެ.

ދޮންމަނިކު ސްކައިވިއު ހުސްކުރުމާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

ފުލުހުންގެ އޮފިޝަލަކު މިރޭ ވިދާޅުވީ ހައުސިން މިނިސްޓްރީން އެދިގެން ފުލުހުން އެތަނުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ ތަފުސީލެއް އޭނާ ނުދެއްވަ އެވެ.

ދޮންމަނިކު ސްކައިވިއު ހުސްކުރާއިރު، ކާނިވަލުގައި ހުރި އެހެން ބައެއް ކެފޭތަކުގެ މުއްދަތު ހަމަވުމުން އެތަންތަން ހުސްކުރުމަށް އަލުން ބިޑަށް ލައިފައިވެ އެވެ.