Roadha Mihaaru
ހުޅުމާލޭގެ ގެސްޓްހައުސްތަކަށް ޕްރައިވެޓް ބީޗެއް

ހުޅުމާލޭގެ ގެސްޓްހައުސްތަކަށް ޕްރައިވެޓް ބީޗެއް ކަނޑައަޅަނީ

23 ނޮވެމްބަރ 2022

ހުޅުމާލޭގައި ހިންގާ ގެސްޓްހައުސްތަކަށް ހާއްސަކޮށްގެން ޕްރައިވެޓް ބީޗެއް ކަނޑައަޅަން އެޗްޑީސީން ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހުޅުމާލޭގައި ހިންގާ ގެސްޓްހައުސްތަކަށް ހާއްސަކޮށްގެން ޕްރައިވެޓް ބީޗެއް ކަނޑައަޅަން އެޗްޑީސީން ނިންމައިފި އެވެ.

އެޗްޑީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ހުޅުމާލޭގައި ހިންގާ ގެސްޓްހައުސްތަކަށް ހާއްސަކޮށްގެން ޕްރައިވެޓް ބީޗެއްގެ ގޮތުގައި ވަކި ސަރަހައްދެއް ކަނޑައެޅުމަށް އެ ކުންފުނިން ނިންމާފައިވާ ކަމަށެވެ.

ޕްރައިވެޓް ބީޗެއްގެ ގޮތުގައި ކަނޑައަޅަން ނިންމާފައި ވަނީ ހުޅުމާލޭގައި ހަދަމުން އަންނަ ވޯޓާ ތީމް ޕާކާއި ޖެހިގެން އޮތް ސަރަހައްދެވެ.

ގެސްޓްހައުސްތަކަށް ޕްރައިވެޓް ބީޗެއް ކަނޑައަޅަން ނިންމީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެކަމަށް އެދިވަޑައިގަތުމުން ކަމަށް އެޗްޑީސީން ބުންޏެވެ. މިނިސްޓަރުގެ އެދިވަޑައިގަތުމުގެ މަތިން އެގޮތަށް ނިންމީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެެވެ.

ހުޅުމާލޭގެ ބީޗަކީ މިހާރު މާލޭގައި ދިރިއުޅޭ މީހުން ވެސް އެންމެ ގިނައިން ގޮސް އުޅޭ ބީޗެވެ. އާންމުކޮށް ހަފުތާ ބަންދުތަކުގައި ގިނަ ބަޔަކު ހިތްފަސޭހަކޮށްލަން އެ ބީޗަށް ދެ އެވެ.