ކޮވިޑުގެ މަސައްކަތްތައް ފުޅާކުރަން ހެލްތު މިނިސްޓްރީއަށް 13 ލޯންޗު ގަންނަން ގަލްފް ކްރާފްޓް ކުންފުންޏަށް 31 މިލިއަން ރުފިޔާއަށް އިއްޔެ ހަވާލުކޮށްފި އެވެ.
23 ނޮވެމްބަރ 2022
ކޮވިޑުގެ މަސައްކަތްތައް ފުޅާކުރަން ހެލްތު މިނިސްޓްރީއަށް 13 ލޯންޗު ގަންނަން ގަލްފް ކްރާފްޓް ކުންފުންޏަށް 31 މިލިއަން ރުފިޔާއަށް އިއްޔެ ހަވާލުކޮށްފި އެވެ.
ވޯލްޑް ބޭންކާއި އޭޝިއަން އިންފްރަސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ)ގެ އެހީގައި ގަންނަ ލޯންޗުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ހެލްތުގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް އަދި ގަލްފް ކްރާފްޓުގެ ޖެނެރަލް މެނޭޖަރު ކޮސްޓަސް އެލިއޯޕްލަސް އެވެ.
ހެލްތު މިނިސްޓްރީއަށް ލޯންޗު ގަތުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އެ މިނިސްޓްރީގެ އިސްވެރިންނާއި ގަލްފް ކްރާފްޓު ކުންފުނީގެ އިސްވެރިން ފޮޓޯއަކަށް ހުއްޓިލައިގެން.--- ފޮޓޯ: ހެލްތު މިނިސްޓްރީ
އެ ލޯންޗުތައް ބޭނުންކުރަން ހަމަޖައްސާފައިވަނީ ލެބޯޓްރީ ސާމްޕަލް ގެންދިއުމަށާއި އައުޓްރީޗް ޕްރޮގްރާމް ހިންގައި އަދި އިމަޖެންސީ ހާލަތުގައި ބަލި މީހުން އުފުލުމަށެވެ.
މިނިސްޓްރީން ބުނީ ލެބޯޓްރީ ނެތް ރަށްރަށާއި ބައެއް ޓެސްޓުތައް ނުހެދޭ ލެބޯޓްރީތަކުން ސާމްޕަލް އުފުލުމަށް އިތުރަށް ފަސޭހަވެގެންދާނެ ކަމަށެވެ. އޭގެ އިތުރުން، ރީޖަނަލް ހޮސްޕިޓަލް ނުވަތަ އަތޮޅު ހޮސްޕިޓަލް މެދުވެރިކޮށް ސްޕެޝަލިސްޓުންގެ ހިދުމަތާއި އެ ނޫން ވެސް ހިދުމަތްތަކާއެކު އައުޓް ރީޗް ޕްރޮގްރާމްތައް އެ އަތޮޅެއްގެ ރަށްތަކަށް ހިންގުމަށް ފަސޭހަވެގެންދާނެ ކަމަށް ބުންޏެވެ.
ގަލްފް ކްރާފްޓުން އެ ލޯންޗުތައް ފޯރުކޮށްދޭން އެއްބަސްވެފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގަ އެވެ.
ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ބަލަން އިންސްޕެކްޝަނެއް
އެގްރިމެންޓުގައި ސޮއިކުރިތާ އަހަރެއް، މަސައްކަތް ނުފެށޭ
ބ.އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތް އެޅުން އާރުޑީސީއަށް
ހުޅުމާލޭ ހޮސްޕިޓަލް އިންޓާންޝިޕް އާދިއްތަ ދުވަހު ފަށަނީ
ބޯންމެރޯ ހަދަން އިތުރު 7 ކުދިން މިމަހު ފޮނުވަނީ
ދުންފަތް ވިއްކަން 200 އަށް ވުރެ ގިނަ ލައިސެންސް
6ރަށެއްގެ ސިއްހީ މަރުކަޒު މަރާމާތުކުރަން 23 މިލިއަން
ހިލޭ އައިނު ހެދޭ ފިހާރަ އައިޖީއެމްއެޗުގައި ހުޅުވައިފި
ރޭޕް އެވިޑެންސް ކިޓް ހުރީ ދެ ހޮސްޕިޓަލްގައި: އެފްޕީއޭ
އިތުރު ގަޑީގެ ފައިސާ އުނި ނުކުރަން ގޮވާލައިފި