22 ނޮވެމްބަރ 2022
މުއްދަތު ހަމަވެފައިވާ ޓްރެވެލް ޑޮކިއުމަންޓްތައް ނުވަތަ އައިޑީކާޑު އަންނަ އަހަރުގެ ފެބްރުއަރީ 22 އިން ފެށިގެން އެތެރޭގެ އުދުހުންތަކުގައި ބޭނުންނުކުރެވޭ ގޮތް ސަރުކާރުން ހަދަން އަންގައިފި އެވެ.
މުއްދަތު ހަމަވެފައިވާ ޓްރެވެލް ޑޮކިއުމަންޓްތައް ނުވަތަ އައިޑީކާޑު އަންނަ އަހަރުގެ ފެބްރުއަރީ 22 އިން ފެށިގެން އެތެރޭގެ އުދުހުންތަކުގައި ބޭނުންނުކުރެވޭ ގޮތް ސަރުކާރުން ހަދަން އަންގައިފި އެވެ.
މުއްދަތު ހަމަވެފައިވާ އައިޑީކާޑު ބޭނުން ނުކުރެވޭ ގޮތް ހަދަން އެންގީ ޑިފެންސް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އޮފް އޭވިއޭޝަން ސެކިއުރިޓީ ހުސެއިން ނަޒީފް ސޮއިކުރައްވައި، ރާއްޖޭގެ އެއާޕޯޓް އޮޕަރޭޓަރުންނާއި ލޯކަލް އެއާލައިން އޮޕަރޭޓަރުންނާއި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަށް އިއްޔެ ފޮނުއްވި ސާކިއުލާއެއްގަ އެވެ.
މުއްދަތު ހަމަވެފައިވާ އައިޑީކާޑު އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރުމުގެ ލުއި ދިނީ ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު ގޯސްވުމާ ގުޅިގެން އެ ދުވަސްވަރެވެ. ކޮވިޑްގެ ދިގު ލޮކްޑައުނަށް ފަހު މިދިޔަ އަހަރު އަލުން އާންމު ދަތުރުތައް ފެށީއްސުރެ އަދިވެސް އެ ލުއި އޮތީ ދީފަ އެވެ.
އައިޑީކާޑުގެ އިތުރުން މުއްދަތު ހަމަވެފައިވާ ނަމަ ފެބްރުއަރީ 22 އިން ފެށިގެން ބަލައިނުގަންނާނެ އެހެން ރަސްމީ ލިޔުންތަކުގެ ތެރޭގައި ހިމެނެނީ؛
• ޕާސްޕޯޓް
• ވޯކް ވިސާ ކާޑު.
• ލައިސަންސް ކާޑު.
• އެއާޕޯޓް ސެކިއުރިޓީ ފާސް.
• ސަރުކާރުގެ އިދާރާއަކުން ދޫކޮށްފައިވާ ފޮޓޯ އަދި އައިޑީ ކާޑު ނަންބަރު ޖެހި ރަސްމީ ލިޔުން.
ކޮވިޑް-19އާ ގުޅިގެން ސަރުކާރުން ދިން ގިނަ ލުއިތައް މިހާރު ވަނީ އުވާލައިފަ އެވެ.
މުއްދަތު ހަމަވެފައިވާ އައިޑީކާޑު އާކުރަން ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) އިން ވެސް ވަރަށް ފަހުން އަންގާފައިވެ އެވެ.
ޓިކެޓް ގަތުމުން، އަގު ހެޔޮކަން ގަބޫލުކުރެވޭނެ: ރިޒްވީ
އެއާޕޯޓްގެ ޑޮމެސްޓިކް ޓާމިނަލްގެ ޖާގަ ބޮޑުކޮށްފި
އީދާ ދިމާކޮށް މޯލްޑިވިއަން އިން ދަތުރުތައް އިތުރުކުރަނީ
މަތިންދާބޯޓުތަކުގެ މައްސަލަ ރިޕޯޓްކުރެވޭނެ ޕްލެޓްފޯމެއް
ވީއައިއޭގެ ޓްރެފިކް މޫވްމަންޓްގެ އާ ރެކޯޑެއް
މޯލްޑިވިއަން އާއި އެމިރޭޓްސްގެ އެއްބަސްވުން އާކޮށްފި
ޗުއްޓީގައި މޯލްޑިވިއަނުން ރެކޯޑު އަދަދެއްގެ ފްލައިޓު
ކުރިން ޓިކެޓް ނެގުމުން މޯލްޑިވިއަނުން ބޮޑު ޑިސްކައުންޓް
ވީއައިއޭގެ ޗެކިން ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެ
ޑޮމެސްޓިކް ފްލައިޓުތައް ނޯތު އޭޕްރަނަށް ބަދަލުކޮށްފި