ރާއްޖޭގެ އެއާޕޯޓުތަކުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި މަސައްކަތްކުރާ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އޮފިސަރުންގެ ރަސްމީ މަސައްކަތު ވަގުތު ހަ ގަޑިއިރަށް ކުޑަކޮށްފި އެވެ.
16 ޖުލައި 2025
ރާއްޖޭގެ އެއާޕޯޓުތަކުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި މަސައްކަތްކުރާ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އޮފިސަރުންގެ ރަސްމީ މަސައްކަތު ވަގުތު ހަ ގަޑިއިރަށް ކުޑަކޮށްފި އެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އިއްޔެ ވަނީ އެވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އޮފިސަރުންގެ މަސައްކަތު ގަޑި އާއި ޗުއްޓީ އަދި ބަންދު ދުވަސްތަކާއި ހިންގުމުގެ އިސްފަންތީގެ މުވައްޒަފުން އަމަލުކުރަން ޖެހޭ ގޮތުގެ ގަވާއިދަށް ފުރަތަމަ އިސްލާހު ގެނެސް އާންމުކޮށްފަ އެވެ.
އެ ގަވާއިދަށް ގެނައި އިސްލާހުގައިވާ ގޮތުން، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އޮފިސަރުންގެ ރަސްމީ މަސައްކަތު ވަގުތަކީ ދުވާލަކު ހަ ގަޑިއިރެވެ. އަދި ރޯދަ މަހު މުވައްޒަފުންނަށް ލުއިވާނެ ގޮތަށް މަސައްކަތު ވަގުތު ހަމަޖެއްސިދާނެ ކަމަށް އެ އިސްލާހުގައި ވެ އެވެ.
އެ ގަވާއިދުގައި ކުރިން އޮންނަ ގޮތުގައި، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އޮފިސަރުންގެ ރަސްމީ މަސައްކަތު ވަގުތަކީ ދުވާލަކު 8 ގަޑިއިރެވެ.
އެވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އޮފިސަރުން ގަވާއިދަށް ގެނައި އިސްލާހުގައި ދެން ބުނީ އޮފިސަރުންގެ އިތުރު ގަޑި ހިސާބުކުރާނީ ދުވާލަކު ހަ ގަޑިރިއަށް ވުރެ އިތުރަށް މަސައްކަތް ކުރަން ޖެހި، ހުއްދަ ލިބިގެން މަސައްކަތް ކުރި ވަގުތަށް ކަމަށެވެ.
މުވައްޒަފު މަސައްކަތު ގަޑިއަށް ހާޒިރުވެފައި ވަނީ މަސައްކަތު ގަޑީގެ ބޮޑުބައި ނުވަތަ ތިން ގަޑިއިރަށް ވުރެ ގިނައިރު ފާއިތުވާ ފަހުން ކަމަށް ވެއްޖެ ނަމަ، އެ ދުވަހަކީ މުވައްޒަފު އޮފީހަށް ހާޒިރު ނުވާ ދުވަހެއްގެ ގޮތުގައި ބަލައި، މަސައްކަތްކުރުމުގެ ހުއްދަ އެ މުވައްޒަފަށް ނުދެވޭނެ ކަމަށް ވެސް ގަވާއިދަށް ގެނައި އިސްލާހުގައި ބުނެފައިވެ އެވެ.
ގަޑިއަށް ހާޒިރު ނުވާ މުވައްޒަފުންނާ މެދު ގަވާއިދުގައިވާ ގޮތުގެ މަތިން އިސްލާހީ ފިޔަވަޅު އަޅަންވާނެ ކަމަށް ވެސް ގަވާއިދަށް ގެނައި އިސްލާހުގައި ބުންޏެވެ.
ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އޮފް މޯލްޑިވްސް (އެވްސެކޮމް)ގެ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އޮފިސަރުންނަކީ އެއާޕޯޓުގެ ޓާމިނަލްތަކަށް ވަންނަ މީހުންނާއި އެ މީހުންގެ ލަގެޖު ޗެކުކޮށް، ސެކިއުރިޓީގެ އެންމެހާ ކަންކަން ބަލަހައްޓާ މުވައްޒަފުންނެވެ.
މި މަހު 26 ގައި ހުޅުވަން ތައްޔާރުވަމުން އަންނަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުގައި ހިދުމަތް ދިނުމަށް އެވްސެކޮމް އިން ވަނީ 74 އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އޮފިސަރުން ހޯދަން ވެސް އިއުލާންކޮށްފަ އެވެ. އެ މަގާމުތަކަށް ހޮވުނު މީހުންގެ މާކް ޝީޓު ވެސް އިއްޔެ ވަނީ އާންމުކޮށްފަ އެވެ.
ހުއްދަ ނެތި އޭވިއޭޝަން ސެކިއުރިޓީ ތަމްރީނު ދެނީ
މަތިންދާބޯޓުތަކުގެ މައްސަލަ ރިޕޯޓްކުރެވޭނެ ޕްލެޓްފޯމެއް
ސެކިއުރިޓީ ވަރުގަދަ ކުރަން ބްރިޓިޝް އެއާވޭސް އެދުނު
އާ ޓާމިނަލާއެކު ތްރީ-ޑީ ސްކްރީނިން މެޝިން ބޭނުންކުރަނީ
އޭވިއޭޝަން ސެކިއުރިޓީއަށް އޮފިސަރުން ހޯދަނީ
އޭވިއޭޝަން ސެކިއުރިޓީން ބަދަލު ދޭން 13 މިލިއަން!
މުއްދަތު ހަމަވެފައިވާ އައިޑީ ބޭނުން ނުކުރެވޭނެ
ފްލައިޓެއް ޖައްސަނިކޮށް ލޭޒާ އެޅުވި މައްސަލައެއް ބަލަނީ
ފަސިންޖަރަކު ކޮކްޕިޓަށް ވެއްދުމުން އުމުރަށް ސަސްޕެންޑް
ގަދަކަމުން ފްލައިޓަކަށް އަރައި ކުޑަކުއްޖަކު އަތުލައިފި