22 ނޮވެމްބަރ 2022
ސަރުކާރުން ހުށަހަޅާފައިވާ ސަޕްލިމެންޓަރީ ބަޖެޓާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުން އިންކުއަރީއެއް ހަދަން މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ހުށަހަޅުއްވައިފި އެވެ.
ސަރުކާރުން ހުށަހަޅާފައިވާ ސަޕްލިމެންޓަރީ ބަޖެޓާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުން އިންކުއަރީއެއް ހަދަން މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ހުށަހަޅުއްވައިފި އެވެ.
އަންނަ އަހަރަށް ލަފާކުރާ 42.6 ބިލިއަން ރުފިޔާގެ ބަޖެޓާއެކު މި އަހަރުގެ ބަޖެޓް ފޫބައްދަން 5.8 ބިލިއަން ރުފިޔާ އިތުރު ކުރަން ސަރުކާރުން ވަނީ ހުށަހަޅައިފަ އެވެ.
އެކަމާ ގުޅޭ ގޮތުން މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދިފައި ވަނިކޮށް، އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް ސައީދު ހުށަހަޅުއްވާފައިވާ ސިޓީއަކާ ގުޅޭ ގޮތުން، މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ސަޕްލިމެންޓަރީ ބަޖެޓާ ގުޅޭ ގޮތުން ކަންކަން ހިނގާ ގޮތް ބެލުމަށް އިންކުއަރީއެއް ހަދަން އެ މެމްބަރު އެދިވަޑައިގެންފައިވާ ކަމަށެވެ.
އެ މައްސަލާގައި ގޮތެއް ނިންމަން މާލިއްޔަތު ކޮމިޓީ އަށް ފޮނުވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"ހަގީގަތުގައި މަޖިލީހުގެ ރައީސަށް ވެސް އިހުތިޔާރު އެބައޮތް އިންކުއަރީއެއް ހަދަން ބުނަން. އެހެން ނަމަވެސް އަޅުގަނޑު ދެކޭ ގޮތުގައި ކޮމިޓީއެއްގައި މި ކަމާ ގުޅެ ގޮތުން މަޝްވަރާ ކުރުމަށް ފަހު ގޮތެއް ނިންމުން ބުއްދިވެރި،" ނަޝީދު ވިދާޅުވި އެވެ.
ބައެއް މެމްބަރުން ކުރައްވާ ޝަކުވާއަކީ އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގެ ތެރެއަށް ސަޕްލިމެންޓަރި ބަޖެޓު ހިމަނައިގެން ހުށަނޭޅޭނެ ކަމަށެވެ. އެއީ ސަރުކާރުން ހަރަދު ކުރުމުގެ އެއް މަސް ކުރިން ވަކިން ހުށަހަޅަން ޖެހޭ ބަޖެޓެއް ކަމަށް މެންބަރުން ވިދާޅުވެފައިވެ އެވެ.
ނަމަވެސް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައިވާ ގޮތުގައި ސަރުކާރުން މިދިޔަ އަހަރު ކަނޑައެޅި ބަޖެޓަށް ވުރެ އިތުރަށް އަދި އެއްވެސް ފައިސާއެއް ބޭނުމެއް ނުކުރެ އެވެ.
ގާނޫނުއަސާސީގެ 96 ވަނަ މާއްދާގެ ނ. ގައިވާ ގޮތުން މަޖިލީހުން ހުއްދަ ލިބިގެން މެނުވީ މަޖިލީހުން ފާސްކޮށްފައިވާ ވަރަށް ވުރެ އިތުރަށް ބަޖެޓުން ހަރަދު ކޮށްގެން ނުވާނެ އެވެ.
ބަޖެޓަށް އިތުރަށް ބޭނުންވާ ފައިސާއެއް މަޖިލީހުން ފާސް ކުރުމަށް ސަޕްލިމެންޓަރީ ބަޖެޓެއް ހަދައި އެ ފައިސާ ބޭނުންވާ ދުވަހުގެ އެއް މަސް ދުވަސް ކުރިން މަޖިލީހަށް ހުށަހަޅަން ޖެހޭނެ ކަމަށް ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ 32 ވަނަ މާއްދާގެ ބ. ގައި ވެސް ބުނެ އެވެ.
އަމީރާ އެކު ބަޖެޓު ކޮމިޓީގައި ބޮޑު ޒުވާބެއް!
ނަޝީދުގެ މައްސަލައިގެ ބަދަލުގައި ދެ ބަޖެޓް ހުށަހެޅުން
ބަޖެޓަށް 6.5 ބިލިއަން އިތުރުކުރަން މަޖިލީހަށް
އިދިކޮޅުން ހުށަހެޅި އިސްލާހާ ނުލައި ބަޖެޓް ފާސްކޮށްފި
ބަޖެޓު ފާސްކުރަނީ ބަދަލު ދީ ހުސްކުރަން: އިދިކޮޅު
އާ ސަރުކާރުން ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަނީ
ބަޖެޓު ބަހުސްގައި ބައިވެރިނުވުމުން ފާޑުކިޔައިފި
6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓު ފާސްކޮށްފި
އަމީރު ވިދާޅުވީ ބަޖެޓު ކޯޑު އަބަދުވެސް ބަދަލުކުރާކަމަށް
"ބޭރުން ފައިސާ ނުލިބިއްޖެ ނަމަ ރިޒާވަށް ދަތިވާނެ"