އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަޑައިގެން ދެއްކެވި ވާހަކަތަކާ ގުޅިގެން ސަރުކާރުގެ މެމްބަރުންނާއި އިދިކޮޅު މެމްބަރުންނާ ދެމެދު ހޫނު ޒުވާބެއް ހިންގައިފި އެވެ.
13 ނޮވެމްބަރ 2022
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަޑައިގެން ދެއްކެވި ވާހަކަތަކާ ގުޅިގެން ސަރުކާރުގެ މެމްބަރުންނާއި އިދިކޮޅު މެމްބަރުންނާ ދެމެދު ހޫނު ޒުވާބެއް ހިންގައިފި އެވެ.
މެންދުރު ފަހު ބޭއްވި ބަޖެޓު ކޮމިޓީގައި މެންބަރުން ވަނީ 42.6 ބިލިއަން ރުފިޔާގެ ބަޖެޓާ ގުޅޭ ގޮތުން އަމީރަށް ގިނަ ސުވާލުތަކެއް ކުރިމަތި ކުރައްވައިފަ އެވެ. ބަޖެޓުގެ ޒުވާބު އެންމެ ފުރަތަމަ ފެށުނީ ކޮމިޓީ ފެށިތާ ގާތްގަނޑަކަށް 30 މިނިޓް ވި ފަހުން، މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) ސުވާލު ކުރައްވަން ފެއްޓެވި ހިސާބުންނެވެ.
އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ފެކްޝަން ކޯޅުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަޅީގައި ހުންނެވި ޝަރީފު، ބަޖެޓުގެ ގިނަ ކަންކަމާ ގުޅޭ ގޮތުން ސުވާލު ކުރައްވަމުން ގެންދަވަނިކޮށް، މާވަރު ދާއިރާގެ އިދިކޮޅު މެމްބަރު މުހައްމަދު ސައީދު، މެމްބަރުން ކުރައްވާ ސުވާލުތަކަށް ފުރިހަމަ އަށް ޖަވާބު ދެއްވަން ގޮވާލައްވައި ހިތްހަމަނުޖެހުން ފާޅުކުރެއްވި އެވެ. އޭނާ ވިދާޅުވީ، ބަޖެޓާ ގުޅިގެން މެންބަރުން ކުރައްވާ ސުވާލުތަކަށް ފުރިހަމައަށް ޖަވާބު ދެއްވަން ފުރުސަތު ދޭން ޖެހޭނެ ކަމަށެވެ.
އިދިކޮޅު މެމްބަރުން ހިތްހަމަނުޖެހުން ފާޅުކުރީ، އެ ކޮމިޓީގައި ކޮންމެ މެންބަރަކަށް ސުވާލާއި ޖަވާބު ދެއްވަން ފަސް މިނިޓްގެ ވަގުތެއް ދިން އިރު، ސުވާލުތަކަށް ޖަވާބު ނުދެއްވުނު ނަމަވެސް، އެ ހިސާބުން އަނެއް މެމްބަރަށް ސުވާލު ކުރުމުގެ ފުރުސަތު ދޭން ފެށުމުންނެވެ.
ކޮމިޓީގައި ހިނގި ޒުވާބާ ގުޅޭ ގޮތުން އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް ސައީދު ވިދާޅުވީ، ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުންގެ ބާރު ކޮމިޓީގައި އޮތުމުން، އެ ބޭފުޅުން މަސައްކަތް ކުރައްވަނީ އަވަސް އަރުވާލައިގެން ބަޖެޓު ފާސްކުރަން ކަމަށެވެ. އަދި ކޮމިޓީ ކުރިއަށް ގެންދާނެ ގޮތް ވެސް ނިންމަނީ އެ މެންބަރުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ދައުލަތުގެ ބަޖެޓަކީ ވަރަށް މުހިއްމު ތަސައްވަރެއް ހުށަހަޅާ އެއްޗެއް. ސުވާލެއް ކޮށްލާ ނިމޭނީ ވެސް ދެ ތިން މިނިޓުން. ސުވާލެއް ކޮށްލިއަސް މިނިސްޓަރު ޖަވާބު ކިހިނެތްތޯ 10 ސިކުންތަށް، 30 ސުކުންތައް ފައްތާނީ،" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ސައީދު ވިދާޅުވި އެވެ.
އެ ކަމާ ހިތްހަމަ ނުޖެހި، އިދިކޮޅު މެމްބަރުން ޒުވާބު ކުރައްވަން ފެއްޓެވުމާއެކު، ސަރުކާރުގެ މެމްބަރުން ވެސް ރައްދު ދެއްވަން ފެއްޓެވީ އެވެ. އަދި ބައެއް މެމްބަރުންގެ ރުޅި ކޮންޓްރޯލު ނުވެ، ހަޑިހުތުރު ބަސްތައް ވެސް ބޭނުން ކުރެއްވި އެވެ.
މާވަރު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ބަޖެޓު ކޮމިޓީގައި--ފޮޓޯ:ފަޔާޒް މޫސާ/މިހާރު
އެހާ ހިސާބުން ކޮމިޓީ ކުރިއަށް ނުގެންދެވި ފަސް ވަރަކަށް މިނިޓަށް ކޮމިޓީ މެދު ކަނޑާލި އެވެ. ދެން ކޮމިޓީ ކުރިއަށް ގެންދިޔައީ އިދިކޮޅު މެންބަރުންނާ ނުލަ އެވެ.
ބަޖެޓު ކޮމިޓީގައި ހިމެނެނީ ޖުމުލަ 26 މެންބަރުންނެވެ. އޭގެ ތެރޭގައި ހިމެނެނީ އިދިކޮޅު ހަތަރު މެންބަރުންނެވެ. ފިނޭންސް މިނިސްޓަރު މެންދުރުފަހު ބައިވެރިވެވަޑައިގެންނެވި ބަޖެޓު ކޮމިޓީ ދޮޅު ގަޑިއިރަށް ކުރިއަށް ގެންދިޔަ އެވެ.
ސަޕްލިމެންޓަރީ ބަޖެޓާގުޅޭ އިންކުއަރީއެއް ހަދަން އެދިއްޖެ
"ކޮވިޑް ނައި ނަމަ 20 ބިލިއަންގެ ދަރަނި ނުނަގާނެ"
ނަޝީދުގެ މައްސަލައިގެ ބަދަލުގައި ދެ ބަޖެޓް ހުށަހެޅުން
ދަރަނިތަކުގެ ހެޔޮ ނަތީޖާ ފެންނަން ފަށައިފި: އަމީރު
އިދިކޮޅުން ހުށަހެޅި އިސްލާހާ ނުލައި ބަޖެޓް ފާސްކޮށްފި
ދަރަނި އަދާކުރަން 4 އަހަރުން 30 ބިލިއަން ބޭނުންވޭ
ބަޖެޓުގައި ފޭކު އަދަދުތައް އެބަހުރި: ސައީދު
ޕްރޮޖެކްޓްތަކުން އިގްތިސާދު ތިން ގުނަ ވާނެ: އަމީރު
41 ބިލިއަން ރުފިޔާގެ ބަޖެޓް މާދަމާ ހުށަހަޅަނީ
އަންނަ އަހަރަށް 41 ބިލިއަން ރުފިޔާގެ ބަޖެޓެއް