13 އޮކްޓޯބަރ 2022
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓެއްގެ ގޮތުގައި 41 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓެއްގެ ގޮތުގައި 41 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީރު ވިދާޅުވީ އަންނަ އަހަރު 41.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާނެ ކަމަށް މި ވަގުތު ފިސްކަލް ސްޓްރެޓަޖީތައް ހުރިގޮތުން ލަފާކުރެވޭ ކަމަށެވެ. އަދި ބަޖެޓް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ފިސްކަލް ސްޓްރެޓަޖީއާ އެއްގޮތަށް ބަޖެޓް ހުށަހެޅުން. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ 41.5 ބިލިއަން ރުފިޔާގެ ބަޖެޓަކަށް. ދެން ޕޮލިސީ ލެވަލްގެ ޑިސްކަޝަންސްތަކާ އެކީގައި އެ އަށް ވުރެ ކުޑަވުމަކީ ނުވަތަ އެއަށް ވުރެ މަތިވުމަކީ ވެސް އެކަށީގެންވާ ކަމެއް،" އަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދައުލަތަށް އާމްދަނީގެ ގޮތުގައި 30 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބޭނެ ކަމަށް ލަފާކުރާ ކަމަށާއި އަދި މިއަހަރު ނިމުމުގެ ކުރިން އާމްދަނީގެ ގޮތުގައި 24.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ ލަފާކުރި ވަރަށް ވުރެ ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކަމަށާއި އެކަމަކު މަސައްކަތް ކުރަން ޖެހިފައި އޮތީ ބަދަލުވަމުންދާ ހާލަތެއްގައި ކަމަށެވެ. އަދި ޓޫރިސްޓުން ރާއްޖެ އަންނަ އަދަދު ވެސް ކޮވިޑް-19 ގެ ހާލަތު ކުރިއާ އެއްވަރަކަށް ކަމަށާއި މި އަހަރަށް ލަފާކުރާ 1.6 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ބެލެވޭ އޭނާ ވިދާޅުވި އެވެ.
ދަރަނިތަކުގެ ހެޔޮ ނަތީޖާ ފެންނަން ފަށައިފި: އަމީރު
އަމީރާ އެކު ބަޖެޓު ކޮމިޓީގައި ބޮޑު ޒުވާބެއް!
"ކޮވިޑް ނައި ނަމަ 20 ބިލިއަންގެ ދަރަނި ނުނަގާނެ"
ޕްރޮޖެކްޓްތަކުން އިގްތިސާދު ތިން ގުނަ ވާނެ: އަމީރު
41 ބިލިއަން ރުފިޔާގެ ބަޖެޓް މާދަމާ ހުށަހަޅަނީ
އަންނަ އަހަރަށް 56.6 ބިލިއަންގެ ބަޖެޓް ފާސްކޮށްފި
ދެ ދުވަހުން ސަޕްލިމަންޓްރީ ބަޖެޓު ނިންމަނީ
ބިން ވިއްކައިގެން އެޗްޑީސީން ލަފާކުރި އާމްދަނީ ނުލިބޭ
ޑިމޮކްރެޓުންގެ ހަޅޭކުގެ ތެރޭ ދެ ބަޖެޓު ހުށަހަޅައިފި
އަމީރު ބަލިވެ، މަޖިލީހަށް ނުދެވޭނެ ކަން އަންގައިފި