14 ނޮވެމްބަރ 2022
ހުޅުމާލޭގައި މިހާރު ހަދަމުން އަންނަ އޮޓޯ ސެންޓަރާ އެކު، މާލެ އަށް ދިމާވެފައިވާ ގަރާޖުގެ މައްސަލައަށް ބޮޑު ހައްލެއް ލިބޭނެ ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.
ހުޅުމާލޭގައި މިހާރު ހަދަމުން އަންނަ އޮޓޯ ސެންޓަރާ އެކު، މާލެ އަށް ދިމާވެފައިވާ ގަރާޖުގެ މައްސަލައަށް ބޮޑު ހައްލެއް ލިބޭނެ ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.
އެ ކުންފުނިން ބުނީ އެ ތަނުން އިސްނަގައިގެން ހުޅުމާލޭގައި އޮޓޯ ސެންޓަރެއް ހެދުމުގެ މަސައްކަތް ފެށީ، މާލޭގައި މިހާރު ގިނަ ގަރާޖުތައް ހިންގަނީ ކުދި ތަންތަނުގަ އާއި އާންމުންގެ ގެތަކުގައި ކަމަށް ވާތީ ކަމަށެވެ. އެ ތަންތަނުގައި ވެލްޑިން ކުރުމާއި ޓިންކަރިން ފަދަ މަސައްކަތްތައް ކުރާތީ އެއީ އާންމުން ދިރިއުޅޭ ތަންތަނުގައި ކުރުން ރައްކާތެރި ކަންކަން ނޫން ކަމަށް ވާތީ އޮޓޯ ސެންޓަރެއް ހުޅުމާލޭގައި ހުޅުވަން ނިންމީ ކަމަށް އެޗްޑީސީން ބުންޏެވެ.
ހުޅުމާލެ އިންޑަސްޓްރިއަލް ވިލެޖުގައި އޮޓޯ ސެންޓަރު ހަދަން ހަވާލުކޮށްފައި ވަނީ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިންގް ކޯޕަރޭޝަންއާ އެވެ. މިދިޔަ މަހު އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ.
ހުޅުމާލެ އިންޑަސްޓްރިއަލް ވިލެޖުގައި ހަދާ އޮޓޯ ސެންޓަރުގެ ކުރެހުމެއް -- ފޮޓޯ: އެޗްޑީސީ
އެޗްޑީސީން ބުނި ގޮތުގައި ބޭސްމަންޓާ އެކު ފަސް ފްލޯ ހުންނާނެ އެ އޮޓޯ ސެންޓަރަކީ 35،400 އަކަފޫޓުގެ ޖާގައިގެ އިމާރާތެކެވެ. އެ އިމާރާތުގައި ހަތް ސާވިސް ލިފްޓު ބަހައްޓާނެ އެވެ. އެ ސެންޓަރުން ގަރާޖުތަކަށް ވަރަށް ތަނަވަސް ޖާގައެއް ލިބޭނެ ކަމަށް ވެސް ބުންޏެވެ.
އެ އިމާރާތުގައި ކަރަންޓް އުޅަނދުތަކަށް ހާއްސަ ޗާޖިން ސްޓޭޝަނެއް ހަދަން ވެސް ނިންމާފައިވެ އެވެ.
އެ ތަނުގެ މަސައްކަތް އެއްކޮށް ނިމޭއިރު، ވާރޭފެން ހާވެސްޓް ކުރެވޭނެ ކަމަށާއި އިޔާދަކުރަނިވި ހަކަތަ އުފައްދާ ނިޒާމެއް ވެސް ހުންނާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
ހުޅުމާލެ އިންޑަސްޓްރިއަލް ވިލެޖުގައި ހަދާ އޮޓޯ ސެންޓަރުގެ ކުރެހުމެއް -- ފޮޓޯ: އެޗްޑީސީ
"ދުވާލުގެ އަލިކަން ލިބޭނޭހެން ބިލްޑިން ފަރުމާ ކުރެވިފައި ހުރުމުން ހަކަތަ ބޭނުންވާ ވަރު މި ބިލްޑިންގްގައި ދަށްވާނެ އެވެ،" އެޗްޑީސީން ބުންޏެވެ.
އެ އިމާރާތުގައި ބޭނުންކުރާ ފެން ރިސައިކަލް ކުރެވޭނެ ނިޒާމެއް ވެސް ހުންނާނެ ކަމަށް ބުންޏެވެ. އަދި ކުނި ރިސައިކަލް ކުރެވޭނެ ނިޒާމެއް ވެސް ހަދާނެ އެވެ.
އެ މަޝްރޫއަށް ހިނގާނެ ހަރަދެއް އެޗްޑީސީން އަދި ނުބުނެ އެވެ.
ގަރާޖު ހަދަން ހުޅުމާލެއިން ދޭ ބިންތަކުގެ ގުރު ނަގައިފި
ގަރާޖު ހަދަން ހުޅުމާލެ އިން 23 ބިމެއް ކުއްޔަށް
ހުޅުމާލެއަށް ގަރާޖުތައް ބަދަލުކުރަން ބިން ދެނީ
ފްލެޓަށް ވެހިކަލް ރަޖިސްޓްރީކުރުން އަދިވެސް ހުއްޓާލާފައި
އެފްއޭއެމުން އަތުން އަތުލި ބިމާގުޅޭ ޝަކުވާ ބަލަނީ
ހުޅުމާލޭގެ ފިތުރޯނުގަސްތައް ހުރި ބިން ވިޔަފާރިތަކަށް
އެޗްޑީސީ އަށް 14 ބިލިއަން ރުފިޔާ ލިބެންޖެހޭ: ފަޒުލް
އެސްޖޭގެ ބިމާ ގުޅޭ ސުވާލުތައް ހޫނުވެއްޖެ
ހުޅުމާލެއިން ހިލޭދޫކުރި ގޯތިތަކުގެ އަގަށް 5.4ބިލިއަން
މުނިސިޕަލްހިދުމަތް ފަށަން، ވިޔަފާރި ބިންތައް ދޭން ދަތި