Roadha Mihaaru
ޓެރަރިޒަމް އޮޕަރޭޝަނުގައި 13 މީހަކު ހައްޔަރުކޮށްފި

ޓެރަރިޒަމް އޮޕަރޭޝަނުގައި 13 މީހަކު ހައްޔަރުކޮށްފި

12 ނޮވެމްބަރ 2022

ފުލުހުންނާއި ސިފައިން ގުޅިގެން އިއްޔެ ފެށި ޓެރަރިޒަމްގެ އޮޕަރޭޝަންގައި 13 މީހަކު ހައްޔަރުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފުލުހުންނާއި ސިފައިން ގުޅިގެން އިއްޔެ ފެށި ޓެރަރިޒަމްގެ އޮޕަރޭޝަންގައި 13 މީހަކު ހައްޔަރުކޮށްފި އެވެ.

އައްޑު އާއި މާލޭގެ އިތުރުން އައްޑޫގެ ކަނޑުގެ ސަރަހައްދުގައި ހިންގާ އޮޕަރޭޝަނާ ބެހޭ ގޮތުން ފުލުހުން ބުނީ ކައުންޓަ ޓެރަރިޒަމް އޮޕަރޭޝަންގައި އައްޑޫ އިން ނުވަ މީހަކާއި މާލެއިން ދެ މީހަކާއި ކ. ގުރައިދޫއިން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި އެންމެންނަކީ ވެސް ދިވެހި ފިރިހެނުންނެވެ.

މި އޮޕަރޭޝަން އަދިވެސް ނުނިމޭ ކަމަށް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި މި އޮޕަރޭޝަންގައި ތަންތަން ފާސްކޮށް ތުހުމަތާ ގުޅުންހުރި ކަމަށް ބެލެވޭ ބައެއް ތަކެތި ހޯދާފައިވެ އެވެ.

މިހާރު ހިންގަނީ ސީދާ ކޮން ކަމަކާ ގުޅޭ އޮޕަރޭޝަނެއް ކަމެއް ވެސް ނޭނގެ އެވެ.

ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި، ރާއްޖޭގައި މީހުން މަރަން ފަސް ނުޖެހޭ، ހަރުކަށި ފިކުރުގެ 1،000 އަށް ވުރެ ގިނަ މީހުން ރާއްޖޭގައި އުޅެ އެވެ. މިފަދަ މީހުންނާ ދެކޮޅަށް ހިންގާފައިވާ އޮޕަރޭޝަންތަކުގައި ޓެރަރިސްޓް ޖަމާއަތްތަކާ ގުޅުން ހުރި އެކި ސާމާނާއި ލިޔެކިޔުން އަދި ގޮވާތަކެތި ހަދާ އެއްޗެހި ވެސް ފެނިފައިވެ އެވެ.