Roadha Mihaaru
ޓެރަރިޒަމް އޮޕަރޭޝަނެއް މާލެ އާއި އައްޑޫގައި ފަށައިފި

ޓެރަރިޒަމް އޮޕަރޭޝަނެއްގައި މާލެ އާއި އައްޑޫގައި ބަލައިފާސްކުރަނީ

11 ނޮވެމްބަރ 2022

ސަލާމަތީ ބާރުތަކުން މާލެ އާއި އައްޑޫގައި ޓެރަރިޒަމްގެ މައްސަލައަކާ ގުޅޭ އޮޕަރޭޝަނެއް ފަށައިފި އެވެ.

ސަލާމަތީ ބާރުތަކުން މާލެ އާއި އައްޑޫގައި ޓެރަރިޒަމްގެ މައްސަލައަކާ ގުޅޭ އޮޕަރޭޝަނެއް ފަށައިފި އެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވާ ގޮތުގައި، އޮޕަރޭޝަން ކުރިއަށް ގެންދަނީ މާލެ އާއި އައްޑޫގެ އިތުރުން އައްޑޫގެ ކަނޑުގެ ސަރަހައްދުގަ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ބައެއް ފޮޓޯތަކުން އެނގޭ ގޮތުގައި އައްޑޫގައި ކުރިޔަށް ދާ އޮޕަރޭޝަންގެ ތެރެއިން ބައެއް ގެއެއް ވެސް ބަލާ ފާސް ކުރަމުން އެބަދެ އެވެ.

އޮޕަރޭޝަންގައި ބަލާ ފާސް ކުރުމަށް ގެއަކަށް ވަދެފައި ވަނީ ސިފައިންގެ ބޮން ސްކުއާޑުން ކަމަށް އައްޑޫގެ މީޑިއާއަކުން ރިޕޯޓު ކޮށްފައި ވެ އެވެ.

ނަމަވެސް އެކަމާ ބެހޭ އެއްވެސް ތަފްސީލެއް ފުލުހުން ނުދެ އެވެ.

ރާއްޖޭގައި މީހުން މަރަން ފަސް ނުޖެހޭ ނުރައްކާތެރި 1000 އަކަށް ވުރެ ގިނަ މީހުން އުޅެމުން އަންނަ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފަ އެވެ.