Roadha Mihaaru
ބޭނުންވީ އިމްރާން ހާން އަވަހާރަކޮށްލަން

ބޭނުންވީ އިމްރާން ހާން އަވަހާރަކޮށްލަން: ހަމަލަދިން މީހާ

03 ނޮވެމްބަރ 2022

ބޭނުންވީ އިމްރާން ހާން އެކަނި އަވަހާރަކޮށްލަން ކަމަށާއި ހަމަލާގައި އިތުރު ބަޔަކު ބައިވެރި ނުވާ ކަމަށް، ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާނަށް ހަމަލާދީ ޒަހަމްކޮށްލި ދިން މީހާ ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ބޭނުންވީ އިމްރާން ހާން އެކަނި އަވަހާރަކޮށްލަން ކަމަށާއި ހަމަލާގައި އިތުރު ބަޔަކު ބައިވެރި ނުވާ ކަމަށް، ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާނަށް ހަމަލާދީ ޒަހަމްކޮށްލި ދިން މީހާ ބުނެފި އެވެ.

ވަޒީރުއާބާދުގައި އިމްރާން ޚާން އިސްވެ ބޭއްވި އެއްވުމެއްގެ ތެރޭގައި ހުންނަވަނިކޮށް، ބަޑިން ދިން ހަމަލާގައި އޭނާގެ ފައި ޒަހަމް ވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ލާހޯރުގެ ހޮސްޕިޓަލެއްގައި އިމްރާން ޚާން އަށް މިހާރު އަންނަނީ ފަރުވާ ދެމުންނެވެ. މި ހަމަލާގައި އެކަކު މަރުވި އެވެ.

ހަމަލަ ދިންތާ ކުޑައިރުކޮޅެއްގެ ތެރޭގައި، ހަަލަ ދިން މީހާ ވަނީ ހައްޔަރުކޮށްފަ އެވެ.

ހަމާލާ ދިން މީހާގެ ވީޑިއޯއެއް ވެސް ވަނީ، އާންމުވެފަ އެވެ. އެ ވީޑިއޯގައި އެ މީހާ ބުނީ އޭނާ ދިޔައީ އިމްރާން ހާން އަވަހާރަކޮށްލަން ކަމަށެވެ. ސަބަބަކީ އިމްރާން މިހާރު ކުރިއަށް ގެންދާ އެއްވުންތަކުން މީހުންނަށް އޮޅުވާލަމުން ދާތީ ކަމަށެވެ.

"އަހަރެން ދިޔައީ އޭނާ މަރާލަން. އަހަރެން މިކަން ކުރީ އޭނާ މީހުންނަށް އޮޅުވާލަމުން ދާތީ. އެކަން އަހަންނަށް ބަލައެއް ނުގަނެވުނު. މި އެއްވުންތައް އޭނާ ފެށި ދުވަހުން ފެށިގެން އަހަރެން ހުރީ މިކަން ކުރަން ނިންމައިގެން. މިކަމުގައި އަހަންނާ އެކު އިތުރު ބަޔަކު ބައިވެރިއެއް ނުވޭ. މިއީ އަހަރެން އަމިއްލަ އަށް ކުރި ކަމެއް،" އޭނާ ހައްޔަރު ކުރުމަށްފަހު ޕާކިސްތާންގެ ފުލުހުން ރެކޯޑް ކުރި ވީޑިއޯ ކްލިޕްގައި ބުނެފައި ވެއެވެ.

އިމްރާން އަށް އަމާޒުކޮށް ތިން ފަހަރަށް ހަމަލާ ދިނެވެ. ފަޔަށް އަމާޒުވި ހަމަލާގައި ލިބުނު ޒަހަމްތަކަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.

މި ހާދިސާގައި ޕީޓީއައިގެ މަޖިލިސް މެންބަރަކު ވެސް ޒަހަމްވި އެވެ. އިމްރާން ހާންގެ ޕާކިސްތާނީ ތަހްރީކޭ އިންސާފް (ޕިީޓިއައި) ގެ އޮފިޝަލް، އޭއެފްޕިީ އަށް ދިން އިންޓަވިއުގައި ބުނެފައި ވަނީ، އެ ހަމަލާ އަކީ، އިމްރާން ހާން އަވަހާރަކޮށްލަން ރޭވިގެން ދީފައިވާ ހަމަލާއެއް ކަމަށެވެ.