01 ނޮވެމްބަރ 2022
މިދިޔަ އަހަރު މަރާލި ފިލިޕީންސްގެ މޭރީ ގްރޭސްގެ މެޑިކަލް ޗާޓެއް އައިޖީއެމްއެޗްގައި ހަދާފައި ނެތް ކަމަށް ދައުލަތުން ބުނުމުން، އެ މައްސަލާގައި ދައުވާ ލިބޭ ހަލީމަތު ލަމްހާ މިއަދު އެކަން ދޮގުކޮށްފި އެވެ.
މިދިޔަ އަހަރު މަރާލި ފިލިޕީންސްގެ މޭރީ ގްރޭސްގެ މެޑިކަލް ޗާޓެއް އައިޖީއެމްއެޗްގައި ހަދާފައި ނެތް ކަމަށް ދައުލަތުން ބުނުމުން، އެ މައްސަލާގައި ދައުވާ ލިބޭ ހަލީމަތު ލަމްހާ މިއަދު އެކަން ދޮގުކޮށްފި އެވެ.
އައިޖީއެމްއެޗްގައި މަސައްކަތްކުރި މޭރީ ގްރޭސް މިދިޔަ އަހަރުގެ ފަހުކޮޅު މަރާލި ކަމަށް ބުނެ އޭނާގެ ފިރިމީހާ މާވިން އާއި ލަމްހާ އެކަމުގައި ބައިވެރިވި ކަމަށް ބުނެ ލަމްހާގެ މައްޗަށް ދައުލަތުން ކުރާ ދައުވާގައި، މޭރީގެ މެޑިކަލް ޗާޓުތައް ހޯދަން ކޯޓުން އޮތީ އަމުރެއް ނެރެފަ އެވެ. އެ ރިޕޯޓުތައް މިހާތަނަށް ލިބިފައެއް ނުވެ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ، މަރުވެގެން ހޮސްޕިޓަލަށް ގެންދާ މީހުންގެ މެޑިކަލް ޗާޓެއް ނޯންނާނެ ކަމަށާއި އޮންނާނީ ޑެތު ސަމަރީއެއް ކަމަށް އައިޖީއެމްއެޗުން އަންގާފައިވާ ކަމަށެވެ. އެކަމަކު އެ ލިޔުން ނެތީ ކީއްވެގެންތޯ ސާފުކުރަން އެދިފައިވާނެ ކަމަށް ދައުލަތުން ބުންޏެވެ.
އެގޮތަށް ދައުލަތުން ބުނުމުން ލަމްހާ ބުނީ، ހޮސްޕިޓަލަށް ގެންދާ ކޮންމެ މީހެއްގެ މެޑިކަލް ލިޔުންތައް ހިމެނޭ ބޮޑު ފައިލެއް އޮންނާނެ ކަމަށާއި ދިން ފަރުވާގެ ތަފްސީލުތައް ވެސް އޭގައި ހުންނާނެ ކަމަށެވެ. ދައުލަތުން ހަދަނީ ދޮގު ކަމަށް އޭނާ ތުހުމަތުކުރި އެވެ.
"ކަނޑައެޅިގެން ބޮޑު ދޮގެއް އެ ހަދަނީ،" މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ކޯޓަށް ހާޒިރުކޮށްފައި އިން ލަމްހާ ބުންޏެވެ.
ލަމްހާ
މާވިން ވެސް ބުނީ ފަރުވާއާ ގުޅޭ ލިޔުންތައް އައިޖީއެމްއެޗްގައި ހުންނާނެ ކަމަށެވެ.
ލަމްހާގެ ވަކީލުން ވިދާޅުވީ ހޮސްޕިޓަލަށް ގެންދިޔަ ފަހުންނާއި އެމްބިއުލާންސްގެ ތެރޭގައި ވެސް މޭރީއަށް ފަރުވާ ދިންކަން ލިޔުންތަކުން އެނގޭ ކަމަށެވެ. އެހެންވެ، މެޑިކަލް ޗާޓުތައް ނެތް ކަމަށް ބުނާތީ ކޮންމެވެސް ކަމެއް ފޮރުވަން އުޅޭ ކަމަށް ބެލެވޭ ކަމަށް ވަކީލުން ވިދާޅުވި އެވެ.
މެޑިކަލް ޗާޓުތައް ނެތް ނަމަ، އެކަން ކޯޓާ ހިއްސާކުރަން ކޯޓުން ދިން ހަތް ދުވަހުގެ މުއްދަތު ހަމަވެފައިވާކަން ވެސް ވަކީލުން ފާހަގަކުރި އެވެ.
އެ މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ވެސް ވިދާޅުވީ އެކަމުގައި އަމަލުކުރީ ކޯޓުގެ އެންގުމާ އެއްގޮތަށް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ދައުލަތުން ޒިންމާދާރުކަމާ އެކު، އެކަންކަން ބެލުމަށް ގާޒީ އެންގެވި އެވެ.
މިއަދުގެ އަޑުއެހުމުގައި ހަތަރު މީހެއްގެ ހެކިބަސް ނެގި އެވެ. އެއީ މޭރީ އާއި މާވިން ދިރިއުޅުނު އިމާރާތުގެ އެހެން އެޕާޓްމެންޓްތަކުގައި އުޅުނު މީހުންނެވެ. ހުރިހާ ހެކިވެރިން ވެސް ބުނިގޮތުގައި މޭރީ މަރުވި ދުވަހު އެ ގޭގެ ސިޑިމަތިން އެހެން މީހަކު ފެނިފައެއް ނުވެ އެވެ.
އެ މީހުންގެ ހެކިބަސް ނެގީ އެދުވަހު އެ ގޭ ސިޑިން އަރައި، ފައިބާފައިވާތީ އެވެ.
އެ މައްސަލާގައި ދެން ވެސް އޮންނާނީ ހެކިންގެ ހެކިބަސް ނެގުމެވެ. އަންނަ ހަފުތާގައި ވެސް އިތުރު އަޑުއެހުމެއް އޮންނާނެ އެވެ.
މޭރީ މަރާލުމުގައި ބައިވެރިވުމުގެ ދައުވާގެ އިތުރުން އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ ލަމްހާގެ މައްޗަށް ކުރެ އެވެ. އެއީ ހޮސްޕިޓަލްތަކުގައި އެކަނި ބޭނުންކުރެވޭ އިންޖެކްޝަންތަކެއް ލަމްހާގެ ގެއިން ފެނުނު ކަމަށް ބުނެ އެވެ.
މޭރީގެ މަރު: ލަމްހާގެ ދައްތަ ހެކިބަސް ދީފި
މާވިން ސަލާމަތް ކުރާނެ ކަމަށް ލަމްހާ ބުނި: ހެއްކެއް
މޭރީގެ މަރު:ޑޮކްޓަރުން ހެކިބަސް، ބަންދަށް ލުޔެއް ނެތް
މޭރީގެ މަރު: މޭރީގެ ދިރިއުޅުން ރަހުމަތްތެރިޔާގެ ދުލުން
ލަމްހާ އަނެއްކާވެސް ދޫކޮށްލުމުން ޕީޖީން ހައި ކޯޓަށް
ޝަރުތުތަކާ އެކު ލަމްހާ އަނެއްކާވެސް ދޫކޮށްލައިފި
މޭރީ މަރު:ހެކިބަސް ލަސްވުމުން ވަކީލުންގެ ކަންބޮޑުވުން
ލަމްހާ ދޫކޮށްލުން:ގިނަ ސުވާލުތަކަށްފަހު ހުކުމާ ހަމައަށް
ލަމްހާ ދޫކޮށްލި މައްސަލަ: ވަކީލަކު ހޯދަން އެއް ދުވަސް
މާވިންގެ ބަންދަށް ލުޔެއް ނުދެވޭނެ ކަމަށް ނިންމައިފި