Roadha Mihaaru
ހުކުމް އައި އޮފިސަރު ހުރީ މަގާމުން ވަކިކޮށްފައި

ހުކުމް އައި ކަސްޓަމްސް އޮފިސަރު ހުރީ މަގާމުން ވަކިކޮށްފައި

31 އޮކްޓޯބަރ 2022

ބަންގްލަދޭޝްގެ އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ޖަލަށް ލާން އިއްޔެ ހުކުމް ކުރި ޗީފް ކަސްޓަމްސް އޮފިސަރު މަހުމޫދު ރިޔާޒުގެ އިތުރުން އެ މައްސަލައިގެ ތުހުމަތު ފުލުހުން ކުރާ، އެ ރޭންކުގެ އެހެން އޮފިސަރަކު ވެސް މަގާމުން ވަކިކޮށްފައިވާ ކަމަށް ކަސްޓަމްސް އިން މިއަދު ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ބަންގްލަދޭޝްގެ އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ޖަލަށް ލާން އިއްޔެ ހުކުމް ކުރި ޗީފް ކަސްޓަމްސް އޮފިސަރު މަހުމޫދު ރިޔާޒުގެ އިތުރުން އެ މައްސަލައިގެ ތުހުމަތު ފުލުހުން ކުރާ، އެ ރޭންކުގެ އެހެން އޮފިސަރަކު ވެސް މަގާމުން ވަކިކޮށްފައިވާ ކަމަށް ކަސްޓަމްސް އިން މިއަދު ބުނެފި އެވެ.

އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގެ ތެރެއިން ހައްޔަރު ކުރި ކަސްޓަމްސްގެ ޗީފް ކަސްޓަމްސް އޮފިސަރު މަހުމޫދު ރިޔާޒު ހަ މަހާއި 20 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ހުކުމް ކޮށްފަ އެވެ.

މަހުމޫދު ރިޔާޒުގެ އިތުރުން ދެން މަގާމުން އިއްޔެ ވަކިކުރީ އެ އިދާރާގައި 26 އަހަރު މަސައްކަތް ކޮށްފައިވާ ޗީފް ކަސްޓަމްސް އޮފިސަރު އިބްރާހިމް ނާޒިމެވެ. ނާޒިމް، ކަސްޓަމްސް އިން ވަކިކުރީ "މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ އިދާރާއާ ފުލުހުން ހިއްސާކުރި މައުލޫމާތުތަކުގެ އަލީގަ އެވެ. މަގާމުން އިއްޔެ ވަކިކުރުމާ ހަމައަށް ނާޒިމް ހުރީ ސަސްޕެންޝަނުގަ އެވެ.

އަލަމްގީރު ކޭސް އާ ގުޅިގެން ހައްޔަރުކޮށް، އިއްޔެ ހުކުމް އައި ޗީފް ކަސްޓަމްސް އޮފިސަރު މަހުމޫދު ރިޔާޒު ކަސްޓަމްސް އިން ވަކިކުރީ މިދިޔަ އަންގާރަ ދުވަހު އެވެ. ކަސްޓަމްސްގައި 25 އަހަރު މަސައްކަތް ކޮށްފައިވާ ޗީފް ކަސްޓަމްސް އޮފިސަރު މަހުމޫދު ރިޔާޒު ވެސް އެ އިދާރާ އިން ވަކިކުރުމާ ހަމައަށް ހުރީ ސަސްޕެންޑް ކޮށްފަ އެވެ. އޭނާ މީގެ މަސް ތަކެއް ކުރިން ސަސްޕެންޑް ކުރީ އަލަމްގީރުގެ ކޭސްއާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަށް ސާބިތުވާ ވަރަށް ހެކި ލިބި، އެ ކަން ކަސްޓަމްސް އަށް އެންގި ހިސާބުން ކަމަށް އެނގިފައި ވެ އެވެ.

ކްރިމިނަލް ކޯޓުން ޗީފް ކަސްޓަމްސް އޮފިސަރު މަހުމޫދު ރިޔާޒުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމީ ކުށަށް އިއުތިރާފު ވުމުންނެވެ. އޭނާ ހަ މަހާއި 20 ދުވަހަށް ޖަލަށް ލާން ހުކުމް ކުރިޔަސް މައްސަލަ ބެއްލެވި ގާޒީ ނިންމެވީ އަދަބުގެ ބޮޑު ބައި ގޭބަންދަށް ބަދަލުކުރުމަށެވެ.

އަލަމްގީރްގެ މައްޗަށް މީގެ ކުރިން އެއްޖިންސުން ގުޅުން ހިންގުމުގެ ތިން ދައުވާއަކާއި އޮރިޔާންކާޑު ހެދުމުގެ 40 ދައުވާއެއް އުފުލި އެވެ. އޭނާއާ އެކު ޖިންސީ ގުޅުން ހިންގި ކަމަށް ބުނެ ދައުވާކޮށްފައިވާ މީހުންގެ ތެރޭގައި ގާނޫނީ ވަކީލު ނާޒިމް ސައްތާރާއި، ޑީއާރްޕީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) އަދި ފުލުހެއް ކަމަށްވާ އަބްދުއްރަހުމާާން ރަފީއު ވެސް ހިމެނެ އެވެ.