30 އޮކްޓޯބަރ 2022
ދިރާގުގެ ހައިސްޕީޑް ފައިބާ އިންޓަނެޓްގެ ހިދުމަތް ރަސްމީކޮށް ބ. ހިތާދޫގައި ފަށައިފި އެވެ.
ދިރާގުގެ ހައިސްޕީޑް ފައިބާ އިންޓަނެޓްގެ ހިދުމަތް ރަސްމީކޮށް ބ. ހިތާދޫގައި ފަށައިފި އެވެ.
ދިރާގުން ބުނީ އެ ހިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްފައި ވަނީ އެ ރަށުގެ ރައްޔިތުންނަށް ހާއްސަ އޮފާތަކަކާ އެކު ކަމަށެވެ. އެގޮތުން އެ ހިދުމަތަށް އެދޭ ކަސްޓަމަރުންނަށް ހިދުމަތް ގުޅައިދިނުމާއި، ރައުޓަރު ދޫކުރަނީ ހިލޭ ކަމަށް ބުންޏެވެ.
ފައިބާ އިންޓަނެޓުގެ ހިދުމަތާ ގުޅިގެން އެ ރަށުގައި ދިރާގު ޓީވީގެ ހިދުމަތަށް އެދި ހުށަހެޅުމަށް ވެސް ވަނީ ހުޅުވާލައިފަ އެވެ. އަދި އެ ހިދުމަތަށް އެދޭ ކަސްޓަމަރުންނަށް ވެސް ހިދުމަތް ގުޅާ ދިނުމާއި، ޑީކޯޑަރު ހިލޭ ދިނުމަށް ހަމަޖެހިފައިވާ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން ބުނީ، އެ ކުންފުނީގެ އެ ރަށުގެ ކަސްޓަމަރުންނަށް މިހާރު ހަލުވި ސްޕީޑުގައި، ބޮޑެތި ޑޭޓާ އެލަވަންސްތަކެއް ލިބޭ ޕެކޭޖުތައް އިހުތިޔާރު ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. ދިރާގުން އެ ކުންފުނީގެ ހިދުމަތްތައް ފުޅާކޮށް ތަރައްގީ ކުރުމުގެ ގޮތުން ރާއްޖޭގެ އެކި ހިސާބުތަކަށް ފައިބާ އިންޓަނެޓުގެ ހިދުމަތް ދަނީ ތައާރަފް ކުރަމުންނެވެ.
ދިރާގުން ބުނީ އެ ކުންފުނިން މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް އެ ކުންފުނީގެ ހިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް ކަމަށެވެ.
ދިރާގު އެޕަށް އާ ފީޗާތަކެއް ގެނެސްފި
ދެއްވަދު އަށް ދިރާގު ފައިބަ ނެޓުގެ ހިދުމަތް ފަށައިފި
ދިރާގު ހައި ސްޕީޑް ފައިބަ އިންޓަނެޓު ބ. ކުޑަރިކިލަށް
ދިރާގު ފައިބާ އިންޓަނެޓާއި ޓީވީ ޅ. އޮޅުވެލިފުއްޓަށް
ދިރާގު ޓީވީ އާއި އިންޓަނެޓް ހިލޭ ގުޅައިދޭ ޕްރޮމޯޝަނެއް
ދިރާގު ޓީވީ އާއި އިންޓަނެޓް ރަތްމަންދު އަށް
ދިރާގުޓީވީ އާއި ފައިބަ ހިދުމަތް ފީއައްޔަށް
ދިރާގު "މަމެން" ގެ އިތުރު އެޑް-އޯން އެއް
ދިރާގު ޓީވީ އާއި ފައިބަ ހިދުމަތް ފަރެސްމާތޮޑާއަށް
ދިރާގުޓީވީ އާއި ފައިބަ އިންޓަނެޓް ހިދުމަތް ވޭމަންޑުއަށް