13 އެޕްރީލް 2022
ދިރާގުު ޓީވީ އާއި ފައިބަ އިންޓަނެޓްގެ ހިދުމަތް ފ. ފީއަލީގައި މިއަދު ތައާރަފުކޮށްފި އެވެ.
ދިރާގުު ޓީވީ އާއި ފައިބަ އިންޓަނެޓްގެ ހިދުމަތް ފ. ފީއަލީގައި މިއަދު ތައާރަފުކޮށްފި އެވެ.
އެ ހިދުމަތްތައް ދިރާގުން ތައާރަފުކުރީ ހާއްސަ އޮފާތަކަކާއެކުގަ އެވެ. ދިރާގު ފައިބަ ބްރޯޑްބޭންޑް ޕެކޭޖުތަކަށް އެދޭ ކަސްޓަމަރުންނަށް ހިލޭ ފައިބަ ގުޅައިދީ ރައުޓާ ނުވަތަ އޯއެންޓީ ވެސް ހިލޭ ދޭނެ އެވެ. އެއީ ހަލުވި ސްޕީޑްގެ އެންމެ ބޮޑެތި ޑޭޓާ އެލަވެންސްތައް ހިމެނޭ ޕެކޭޖުތައް ނެގުމަށް ރަނުގެ ފުރުސަތެއް ކަމަށް ދިރާގުން ބުންޏެވެ.
ފައިބަ ބްރޯޑްބޭންޑުގެ ހިދުމަތް ދިރާގުން އަންނަނީ ރާއްޖޭގެ 81 ރަށެއްގެ 82 ޕަސެންޓް ގޭބިސީތަކަށް ދެމުންނެވެ.
ފީއަލިން ދިރާގު ޓީވީ އަށް އެދޭ ކަސްޓަމަރުންނަށް ވެސް ހިދުމަތް ހިލޭ ގުޅައިދޭނެ އެވެ. އަދި ޖޯއިބޮކްސް ވެސް ހިލޭ ލިބޭނެ އެވެ.
ދިރާގު ޓީވީ އަކީ ދިވެހިންގެ މެދުގައި މަގުބޫލު ޗެނަލްތައް ހިމެނޭހެން ގިނަ އަދަދެއްގެ ކޮންޓެންޓް ބަލައިލެވޭ ޕްލެޓްފޯމެކެވެ. އެ ޕްލެޓްފޯމް މެދުވެރިކޮށް 100 އަށް ވުރެ ގިނަ ޗެނަލް ބަލާލެވޭއިރު މިހާތަނަށް ރާއްޖޭގެ ގޭބިސީތަކުގެ 82 ޕަސެންޓަށް ވަނީ އެ ހިދުމަތް ފޯރުކޮށްދީފަ އެވެ.
ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރާނީ ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައި ދިނުމަށް ކަމަަށެވެ. އަދި އިނޮވޭޝަނާއި ފަހުގެ ޓެކްނޮލޮޖީތައް ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ދިރާގު އެޕަށް އާ ފީޗާތަކެއް ގެނެސްފި
ދެއްވަދު އަށް ދިރާގު ފައިބަ ނެޓުގެ ހިދުމަތް ފަށައިފި
ދިރާގު ހައި ސްޕީޑް ފައިބަ އިންޓަނެޓު ބ. ކުޑަރިކިލަށް
ދިރާގު ހައި ސްޕީޑް ފައިބާ އިންޓަނެޓު ބ. ހިތާދުއަށް
ދިރާގު ފައިބާ އިންޓަނެޓާއި ޓީވީ ޅ. އޮޅުވެލިފުއްޓަށް
ދިރާގު ޓީވީ އާއި އިންޓަނެޓް ހިލޭ ގުޅައިދޭ ޕްރޮމޯޝަނެއް
ދިރާގު ޓީވީ އާއި އިންޓަނެޓް ރަތްމަންދު އަށް
ދިރާގު "މަމެން" ގެ އިތުރު އެޑް-އޯން އެއް
ދިރާގު ޓީވީ އާއި ފައިބަ ހިދުމަތް ފަރެސްމާތޮޑާއަށް
ދިރާގުޓީވީ އާއި ފައިބަ އިންޓަނެޓް ހިދުމަތް ވޭމަންޑުއަށް