Roadha Mihaaru
ހުރަވީ ބިލްޑިންގް ބިމުގައި ސައިކަލް ޕާކިން ޒޯނެއް

ހުރަވީ ބިލްޑިންގް ބިމުގައި ހަދާ ޕާކުގައި 226 ސައިކަލުގެ ޕާކިން ޒޯނެއް

27 އޮކްޓޯބަރ 2022

ހުރަވީ ބިލްޑިންގް ހުރި ބިމުގައި ހަދަމުން އަންނަ ޕާކުގައި 226 ސައިކަލުގެ ޕާކިން ޒޯނެއް ހަދައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހުރަވީ ބިލްޑިންގް ހުރި ބިމުގައި ހަދަމުން އަންނަ ޕާކުގައި 226 ސައިކަލުގެ ޕާކިން ޒޯނެއް ހަދައިފި އެވެ.

ޕްލޭނިން މިނިސްޓްރީން ހަދަމުން އަންނަ އެ ޕާކުގެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފަ އެވެ. އެ ޕާކު ހަދަނީ ވެހިކަލް ޕާކް ކުރެވޭނެ ބޮޑު ގާޖައަކާ އެކު ފޫހިފިލުވައިލަން ގޮސް އިށީނދެލައިގެން ތިބެވޭނެ ތަންތަން ވެސް ހުންނާނެ ގޮތަށެވެ. ހުކުރު މިސްކިތާއި ހުރަވީ ބިލްޑިންގާ ދެމެދުގައި އޮންނަ މަގަށް ވަނީ ދޮންވެލި ލައިފަ އެވެ.

ހުރަވީ ބިލްޑިން ހުރި އިމާރާތުގައި ހަދާ ޕާކް: އެތަނުގައި ގަސް އިންދުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ހުރަވީ ބިލްޑިން ހުރި އިމާރާތުގައި ހަދާ ޕާކް: އެތަނުގައި ގަސް އިންދުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެނގިފައިވާ ގޮތުގައި އަންނަ މަހު އެ ޕާކު ހުޅުވާނެ އެވެ. އެކަމަކު ސީދާ ތާރީހެއް އަދި ނޭނގެ އެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހުރަވީ ބިލްޑިންގް ހުރި ބިމުގައި ސައިކަލް ޕާކިން ޒޯން ކުރަހައިދިނުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން މިއަދު ފަށާފައިވާ ކަމަށެވެ.

ހުރަވީ ބިލްޑިން ހުރި އިމާރާތުގައި ހަދާ ޕާކް: އެތަނުގައި 226 ސައިކަލު ޕާކް ކުރެވޭ ޕާކިން ޒޯނެއް ވަނީ ހަދައިފައި -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ހުރަވީ ބިލްޑިން ހުރި އިމާރާތުގައި ހަދާ ޕާކް: އެތަނުގައި 226 ސައިކަލު ޕާކް ކުރެވޭ ޕާކިން ޒޯނެއް ވަނީ ހަދައިފައި -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"ޖުމްލަ 226 ސައިކަލު ޕާކް ކުރެވޭނެ،" މޭޔަރު ވިދާޅުވި އެވެ.

އެ ޕާކު ހެދުމުގެ މަސައްކަތް ފެށީ މިދިޔަ އޮގަސްޓް މަހު އެވެ.

ހުރަވީ ބިލްޑިން ހުރި އިމާރާތުގައި ހަދާ ޕާކު ހެދުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ހުރަވީ ބިލްޑިން ހުރި އިމާރާތުގައި ހަދާ ޕާކު ހެދުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މީގެ 35 އަހަރު ކުރިން އިމާރާތްކުރި ހުރަވީ ބިލްޑިންގުގައި މި ފަހަކާ ޖެހެންދެން ވެސް ސަރުކާރުގެ ބައެއް އޮފީސްތައް ހިންގި އެވެ. އެކަމަކު އެ އިމާރާތް ވަރަށް ބޮޑަށް ބާވެފައި ވާތީ އެ ތަނުގައި މީގެ ކުރިން ހިންގި އޮފީސްތައް އެހެން ތަންތަނަށް ބަދަލުކުރުމަށް ފަހު އިމާރާތް ހުސްކުރީ އެވެ.

ހުރަވީ ބިލްޑިންގްގައި ހިންގި ސަރުކާރުގެ ބައެއް އޮފީސްތައް ހުޅުމާލޭގައި ހަދަފާއިވާ ސަރުކާރުގެ އޮފީސް އިމާރާތަށް އަންނަ ޑިސެމްބަރު މަހު ބަދަލުކުރަން ވެސް ނިންމާފައިވެ އެވެ.