25 އޮކްޓޯބަރ 2022
ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމުގެ މަގުސަދުގައި އެކުލަވައިލަމުން އަންނަ އިންޓަގްރޭޓެޑް ބޯޑާ މެނޭޖްމަންޓް ސްޓްރެޓެޖީގެ ފުރަތަމަ ޑްރާފްޓް ނިމިފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމުގެ މަގުސަދުގައި އެކުލަވައިލަމުން އަންނަ އިންޓަގްރޭޓެޑް ބޯޑާ މެނޭޖްމަންޓް ސްޓްރެޓެޖީގެ ފުރަތަމަ ޑްރާފްޓް ނިމިފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީން އެކަން އިއުލާންކުރީ، ރާއްޖޭގެ ބޯޑާ ސެކިއުރިޓީ ބެލެހެއްޓުމުގައި ދިމާވާ މައްސަލަތަކާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކުން މަޝްވަރާ ކުރުމަށް ބާއްވާ ފުރަތަމަ "މޯލްޑިވްސް ބޯޑާ ސެކިއުރިޓީ ސިމްޕޯޒިއަމް" ގައި އިއްވި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ ބަޔާނުގަ އެވެ. އޭނާގެ ފަރާތުން އެ ބަޔާން އިއްވެވީ ޑިފެންސްގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް އެވެ.
މާރިޔާ ވިދާޅުވީ އެ މަސައްކަތް ފެށީ ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލައި އެފަދަ ރަނގަޅު ސްޓްރެޓެޖީއެއް އޮތުން ވަރަށް މުހިންމު ކަމެއް ކަމަށް ފެންނާތީ ކަމަށެވެ.
ރާއްޖޭގެ ފުރަތަމަ ބޯޑާ ސެކިއުރިޓީ ސިމްޕޯޒިއަމް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް އާއި އިމިގްރޭޝަންގެ ކޮންޓްރޯލާ މުހައްމަދު އަހްމަދު ހުސެއިން (ހަނަފީ) -- ފޮޓޯ: ނިޝާން އަލީ | މިހާރު
އެ ސްޓްރެޓެޖީގެ އެހީގައި ކަމާގުޅޭ ގޮތުން ހެދިފައި ހުރި ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގައި ހުރި މައްސަލަތައް އިސްލާހުކުރެވޭނެ ކަމަށް ވިދާޅުވި އެވެ. ދަތުރުކުރާ މީހުންނާއި ބިދޭސީންނާ ގުޅޭ މައްސަލަތަކާއި އެމީހުންގެ ސިއްހަތާ ގުޅޭ ކަންކަމާއި އިދާރާތައް ގުޅިގެން މަސައްކަތްކުރުމުގައި ދިމާވާ ހުރަސްތަކާއި އަދި އެ ދާއިރާއިން މީހުން ތަމްރީނުކުރުމުގައި ދިމާވާ މައްސަލަތައް ކަހަލަ އެތައް ކަމެއް ހައްލުކުރަން އެ ސްޓްރެޓެޖީ އަކީ ބޮޑު އެހީއަކަށް ވާނެ ކަމަށް މާރިޔާ ވިދާޅުވި އެވެ.
ކަމާގުޅޭ ގޮތުން ހެދިފައިވާ ގާނޫނާއި ގަވައިދުތައް އިސްލާހުކުރުމަށް މަޝްވަރާކުރުމާއި ދަތުރުވެރިންގެ ކަންތައްތަކާއި އެމީހުންގެ ސިއްހީ ކަންކަމާއި ބޯޑަރާއި ގުޅުންހުރި އެހެނިހެން މައްސަލަތަކުގެ އިތުރުން އައިޓީ ހިދުމަތްތައް ބެހިފައިވާ ގޮތްގޮތުގެ ގާނޫނާއި ގަވައިދުތަކަށް މަޝްވަރާކޮށް އަދި އެފަދަ ކަންކަމަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް އެ ސްޓްރެޓެޖީ އަކީ ބޮޑު އެހީއަކަށް ވާނެ ކަމަށް މާރިޔާ ވިދާޅުވި އެވެ.
"މިކަމުގެ ސަބަބުން މުއާސަލާތީ ކަންކަމާއި ސްޓާފުން ތަމްރީނުކުރުމާއި ބޯޑަރު ބެލެހެއްޓުމާއި ބޯޑަރުގެ މަސައްކަތްތަކާއި އަދި އިންޓަ-އޭޖެންސީގެ ގަވައިދުތަކަށް ވެސް އިސްލާހުތައް ގެނެވޭނެ،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ފުރަތަމަ ބޯޑާ ސެކިއުރިޓީ ސިމްޕޯޒިއަމް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އިމިގްރޭޝަންގެ ބައެއް އިސްވެރިން -- ފޮޓޯ: ނިޝާން އަލީ | މިހާރު
"އަޅުގަނޑު ވަރަށް އުފަލާއެކު ފާހަގަކުރަން މި ސްޓްރެޓެޖީގެ ފުރަތަމަ ޑްރާފްޓް މިހާރު ވަނީ ނިމިފައި."
އެ ޑްރާފްޓްއާ ގުޅޭގޮތުން ބޯޑާ ސެކިއުރިޓީއާ ގުޅޭ އިދާރާތަކާ މަޝްވަރާކުރުމަށް ފަހު ކަމާބެހޭ އެހެން އިދާރާތަކަށް ހިއްސާކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އަމާޒަކީ އަންނަ މަހުގެ ފަހުކޮޅު ކަމާގުޅޭ ހުރިހާ އިދާރާއަކާ އެކު އެ ޑްރާފްޓްއާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބައްދަލުވުމެއް ބޭއްވުން ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.
އެ ސްޓްރެޓެޖީ އަކީ ރާއްޖޭގެ ނޭޝަނަލް ސެކިއުރިޓީ އާއި އިގުތިސާދީ ކުރިއެރުމާއި އާންމުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި މުހިންމު ރޯލެއް އަދާކުރާނެ އެއްޗެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރާއްޖޭގެ ބޯޑާ މެނޭޖްމަންޓްއާ ގުޅޭ ކަންކަން ހަރުދަނާކޮށް، ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް މަސައްކަތް ކުރުމަށް މަގުފަހިވެގެން ދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރާއްޖޭގެ ފުރަތަމަ ބޯޑާ ސެކިއުރިޓީ ސިމްޕޯޒިއަމް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ފުލުހުންނާއި ސިފައިންގެ ބައެއް އިސްވެރިން -- ފޮޓޯ: ނިޝާން އަލީ | މިހާރު
މާރިޔާ ވިދާޅުވީ މިއަދާއި މާދަމާ އޮންނަ "މޯލްޑިވްސް ބޯޑާ ސެކިއުރިޓީ ސިމްޕޯޒިއަމް"ގައި މަޝްވަރާ ކުރެވޭ ކަންކަމަކީ ވެސް އެ ސްޓްރެޓެޖީ ހަރުދަނާކުރުމަށް ވަރަށް ބޮޑު އެހީއަކަށް ވާނެ ކަމަށެވެ.
"މޯލްޑިވްސް ބޯޑާ ސެކިއުރިޓީ ސިމްޕޯޒިއަމް"ގައި އިމިގްރޭޝަނާއި އެމްއެންޑީއެފާއި ފުލުހުންނާއި ކަސްޓަމްސް އަދި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ. އަދި އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއޯއެމް) އާއި އދ. ގެ ޑްރަގް އެންޑް ކްރައިމް އޮފީސް (ޔޫއެންއޯޑީސީ)ގެ އޮފިޝަލުން ވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަ އެވެ.
"މަޖިލިސް މެމްބަރުން ފާރުމަތިން އުކުން މާޒީވެއްޖެ"
މާރިޔާގެ ތާއީދު ރައީސަށް، އެދުނީ ސިފައިން ސިޔާސީނުވާން
ބްރިގޭޑިއާ މަތީން ސިފައިންގެއިން ރިޓަޔާކުރައްވައިފި
"ޑްރަގް އެތެރެކޮށްގެން މިހާތަނަށް ޑީޕޯޓްކޮށްލީ އެކަކު"
ރާއްޖޭގެ ފުރަތަމަ ބޯޑާ ސެކިއުރިޓީ ސިމްޕޯޒިއަމް ފަށައިފި
ޔޫޓީއެފް މައްސަލާގައި ޑިފެންސުން ޔާމީނަށް ރައްދު ދީފި
އިންޑިއާގެ އެހީގެ ސާމާނު ސެނަހިޔާ ހޮސްޕިޓަލަށް
ނަޝީދު ފޮނުއްވި އިމްތިޔާޒާ ގުޅޭ މައްސަލަ ބޭރުކޮށްލައިފި
ދިފާއީ ބާރުގެ ވެރިންގެ އިތުބާރާ މެދު ސުވާލު އުފެދިދާނެ
ސިފައިން މިނިވަންކަން ދަމަހައްޓާނެ: މާރިޔާ