23 އޮކްޓޯބަރ 2022
އެތަނުން ދެ މީހެއްގެ ފައި އެއްކޮށް އޮތީ ޕެރެލައިޒްވެފަ އެވެ. ތިން މީހެއްގެ އެއް ފައި ނެތެވެ. އަދި އެކަކުގެ ދެ އަތާއި ދެ ފައި ވެސް ނެތެވެ. އެކަމަކު، އެއީ ކަނޑުއަޑިއަށް ފީނައި، އެ މަހާއުލުގެ ރީތިކަން ބަލާލައި އުފާވެރިކަން ހޯދުމަށް އެ މީހުންނަށް އޮތް ހުރަހަކަށް ނުހެދި އެވެ.
އެތަނުން ދެ މީހެއްގެ ފައި އެއްކޮށް އޮތީ ޕެރެލައިޒްވެފަ އެވެ. ތިން މީހެއްގެ އެއް ފައި ނެތެވެ. އަދި އެކަކުގެ ދެ އަތާއި ދެ ފައި ވެސް ނެތެވެ. އެކަމަކު، އެއީ ކަނޑުއަޑިއަށް ފީނައި، އެ މަހާއުލުގެ ރީތިކަން ބަލާލައި އުފާވެރިކަން ހޯދުމަށް އެ މީހުންނަށް އޮތް ހުރަހަކަށް ނުހެދި އެވެ.
ހާއްސަ އެހީ އަށް ބޭނުންވާ ރަޝިއާގެ ހަ ޑައިވަރުން ފުވައްމުލަކަށް ކުރި ހަފުތާއެއްގެ ދަތުރު ނިންމާލައި، އެނބުރި ގައުމަށް ދިއުމަށް ފުރީ މިއަދެވެ. އެ މީހުން އެ ރަށުގައި ހޭދަކުރި ދުވަސްތަކުގައި 15 ފަހަރު ފީނަން ދިޔަ އެވެ. އަދި ބައެއް ދުވަސްދުވަހު ތިން ފަހަރު ވެސް އެ މީހުން ފީނި އެވެ.
އެ ޑައިވްތައް އިންތިޒާމުކުރީ ފުވައްމުލަކުގެ ޑައިވިން ސެންޓަރު "ފުވައްމުލަކު ސްކޫބާ ކުލަބް" އިންނެވެ.
ހާއްސަ އެހީ އަށް ބޭނުންވާ ރަޝިއާގެ ޑައިވަރުން ފުވައްމުލަކަށް ކުރި ދަތުރުގައި ފީނާ ސަރަހައްދަށް ދިއުމަށް ދޯނީގައި -- ފޮޓޯ: ފުވައްމުލަކު ސްކޫބާ ކްލަބް
އެ ޑައިވް ކުލަބުގެ އިސްވެރިޔާ ހަސަން ސާމިރު ބުނިގޮތުގައި ހާއްސަ އެހީ އަށް ބޭނުންވާ މީހުން ފީނަން ގެންދިއުމުގެ ހިޔާލު ފުރަތަމަ ލިބުނީ އޭނާގެ ހަތަރު މުވައްޒަފަކު، މި އަހަރު މޮސްކޯގައި ބޭއްވި ރަޝިއާގެ ޑައިވް ޝޯ ބަލައިލުމަށް ކުރި ދަތުރުގައި އެތަނުން އެ މަންޒަރު ފެނިގެން ކަމަށެވެ.
"އަޅުގަނޑުމެންނަށް އެ ހިޔާލު ލިބިގެން އިންވިޓޭޝަން ހުޅުވާލީ ހާއްސަ އެހީ އަށް ބޭނުންވާ ޑައިވަރުންނަށް މިކޮޅަށް އަންނަން. އެ ފުރުސަތުގައި ރަޝިއާގެ ހަ މީހަކު މި އައީ،" އޭނާ ބުންޏެވެ.
ހާއްސަ އެހީއަށް ބޭނުންވާ ޑައިވަރުންނާ އެކު ކުރަން ޖެހުނު އެ ތަޖުރިބާވީ އެ ސެންޓަރަށް ވެސް ވަރަށް ތަފާތު ޗެލެންޖަކަށެވެ.
ހާއްސަ އެހީ އަށް ބޭނުންވާ ރަޝިއާގެ ޑައިވަރުން ފުވައްމުލަކަށް ކުރި ދަތުރުގައި ފީނާ ސަރަހައްދަށް ދިއުމަށް ދޯނީގައި -- ފޮޓޯ: ފުވައްމުލަކު ސްކޫބާ ކްލަބް
"ފުރުސަތު ހުޅުވާލަން އަޅުގަނޑުގެ ޓީމުން ފުރަތަމަ ޖެއްސީ ޑްރިލްއެއް. އެއީ ވީލްޗެއާއެއްގައި އިންނަ މީހަކަށް މިކޮޅަށް އައިސް ރޫމަށާއި އެހެން ތަންތަނަށް ފަސޭހައިން އެކްސެސްވެވޭނެ ކަން ޔަގީންކޮށްދިނުމަށް. އަޅުގަނޑުމެންގެ ސްޓާފަކު ވީލްޗެއާއެއްގައި ބައިންދައިގެން، ހަމަ ޑައިވިނަށް ވެސް ގެންގޮސްގެން ވީޑިއޯކޮށްފައި އެ މީހުންނަށް ފޮނުވީ،" ސާމިރު ބުންޏެވެ.
މީގެ ކުރިން ސާމިރާއި އޭނާގެ ޓީމުން ދުވަހަކު ވެސް ހާއްސަ އެހީ އަށް ބޭނުންވާ މީހުން ގޮވައިގެން ފީނަކަށް ނުދެ އެވެ. ފުރަތަމަ ފަހަރަށް ކުރެވުނު މި ތަޖުރިބާ ވަރަށް ކާމިޔާބު ކަމަށް އޭނާ ބުންޏެވެ.
"އަނެއްކާ ނޯމަލް ޑައިވްއަކަށް ތައްޔާރުވާން ނަގާ ވަރަށް ވުރެ ގިނަ ޓައިމް ވެސް ދިޔަ. އަޅުގަނޑުންނަށް ޖެހުނު 30-40 ވަރަކަށް މިނެޓް އެ މީހުން ޑައިވް އަށް ރެޑީކުރަން ހޭދަކުރަން،" އޭނާ ބުންޏެވެ.
ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވުމުން، ކޮންމެ މީހަކާ އެކު ޑައިވިން އިންސްޓްރަކްޓަރަކު ވެސް ހުންނަން ޖެހުނެވެ. އަދި ކޮންމެ ޑައިވްއެއްގައި ވެސް 45 މިނެޓް އެ މީހުން ކަނޑައަޑީގައި ހޭދަކުރި އެވެ. އެއީ ހަމަ އާންމުކޮށް މި ކުރާ ގިނަ ޑައިވްތަކުގެ ދިގުމިނެވެ.
ފުވައްމުލަކު ކައިރީގައި އޮންނަ މަޝްހޫރު ޓައިގާ ޝާކް ޕޮއިންޓަށް ވެސް އެ މީހުން ފަސް ފަހަރު ފީނި އެވެ.
ހާއްސަ އެހީ އަށް ބޭނުންވާ ރަޝިއާގެ ޑައިވަރުން ފުވައްމުލަކު ސްކޫބާ ކްލަބްގެ ގޯތިރޭގައި -- ފޮޓޯ: ފުވައްމުލަކު ސްކޫބާ ކްލަބް
"ހަގީގަތުގައި އަޅުގަނޑުމެން ބޭނުންވީ މެސެޖެއް ދޭން ނުކުޅެދުންތެރިކަމެއް ހުއްޓަސް މިއީ ކުރެވިދާނެ ކަމެއް ކަން. ފުވައްމުލަކު ސްކޫބާ ކްލަބް ޓީމުގެ އުއްމީދަކީ ވެސް އެއީ، ކުރިއަށް އޮތްތަނުގައި ހާއްސަ އެހީއަށް ބޭނުންވާ އިތުރު މީހުންނަށް މި ފުރުސަތު ދިނުން. ޑައިވިނަށް ދިއުމުގެ އުފާ އެ މީހުންނަށް ވެސް ލިބޭނެ ގޮތް ފަހިކޮށްދިނުން،" ސާމިރު ބުންޏެވެ.
"އެ މީހުން ތިބީ ވަރަށް ހިތްހަމަޖެހިފައި، ވަރަށް ޕޮޒިޓިވް ފީޑްބެކްތައް ލިބުނީ."
ބެސްޓް ޝާކް ޑައިވިން ޑެސްޓިނޭޝަން އެވޯޑު ފުވައްމުލަކަށް
ފުވައްމުލަކުގައި ޑައިވިންއަށް ދިޔަ ޓޫރިސްޓަކު މަރުވެއްޖެ
ޑައިވިނަށް ދިޔަ ޗައިނާ ޓޫރިސްޓަކު މަރުވެއްޖެ
ޑައިވިންއަށް ދިޔަ ޓޫރިސްޓަކު މަރުވެއްޖެ
ޑައިވިން ގަވާއިދަށް އިސްލާހު ގެންނާނަން: ފައިސަލް
ގެއްލުނު ޑައިވަރު ސައީދުގެ އަގުވަޒަންކޮށް އެވޯޑެއް
ރަޝިއާއިން އައި ޓޫރިސްޓުން ލައްކައިން މައްޗަށް
ޓޫރިސްޓުގެ އަތުން ފޭރުނު މައްސަލާގައި ދެމީހަކު ހައްޔަރު
ޓޫރިސްޓެއްގެ ދަބަހެއް ފޭރުނު މައްސަލަ ބަލަނީ
ދޯނީގެ ބުރަފަތިން ޖެހި ޓޫރިސްޓެއްގެ ފައި ބުރިވެއްޖެ