ރާއްޖެ އާއި ޗާގޮސްގެ ރަށްތަކުގެ ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލައިގައި ރާއްޖެ އިން މިހާތަނަށް ގެންގުޅުނު ސިޔާސަތު ބަދަލު ކޮށްފައިވާ ކަމަށް ބެލެވޭ ކަންކަން ހިނގައިފި ކަމަށް ވިދާޅުވެ، އެކަމުގެ ހަގީގަތް ހޯދަން ގޮވައިލާ ގަރާރެއް ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
23 އޮކްޓޯބަރ 2022
ރާއްޖެ އާއި ޗާގޮސްގެ ރަށްތަކުގެ ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލައިގައި ރާއްޖެ އިން މިހާތަނަށް ގެންގުޅުނު ސިޔާސަތު ބަދަލު ކޮށްފައިވާ ކަމަށް ބެލެވޭ ކަންކަން ހިނގައިފި ކަމަށް ވިދާޅުވެ، އެކަމުގެ ހަގީގަތް ހޯދަން ގޮވައިލާ ގަރާރެއް ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
ބޯޑަރުގެ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް މޮރިޝަސް އިން ހުށަހެޅުމާ އެކު، ރާއްޖެ އިން ވަކާލާތު ކުރަމުން އައީ ޗާގޮސްއަކީ އިނގިރޭސި ވިލާތުގެ މިލްކުވެރިކަން އޮތް ސަރަހައްދެއް ކަމަށާއި އެހެންވެ އެ މައްސަލައިގައި މޮރިޝަސް އަށް ދައުވާ ނުކުރެވޭނެ ކަމަށެވެ.
ނަމަވެސް މިދިޔަ އަހަރު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ވަނީ އިނގިރޭސި ވިލާތުން ޗާގޮސް ހިފައިގެން ތިބުން ބައިނަލްއަގުވާމީ ގާނޫނާ ހިލާފު ކަމަށް ކަނޑައަޅައި އެއީ މޮރިޝަސްގެ ބައެއް ގޮތުގައި ނިންމައިފަ އެވެ.
ރާއްޖޭގެ ސްޓޭންޑާ ދެކޮޅަށް ބައިނަލްއަގުވާމީ ކޯޓުންނާއި އިޓްލޮސް އިން ނިންމާފައި ވަނިކޮށް، މިދިޔަ ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި ރާއްޖެ އިން ވަނީ، ޗާގޮސް އަކީ އިނގިރޭސި ވިލާތުގެ ތަނެއްގެ ގޮތުގައި ކުރިން ގެންގުޅުނު ވިސްނުން ބަދަލުކޮށް، އެ ކަމުގައި މޮރިޝަސް އަށް ތާއީދު ކުރަން ނިންމައިފަ އެވެ.
އެ މައްސަލަ ހޫނުވެފައި ވަނިކޮށް، ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް މަޖިލީހަށް ހުށަހެޅުއްވި ގަރާރުގައި ވިދާޅުވީ، ޗާގޮސް ރަށްތަކުގެ މައްސަލާގައި މޮރިޝަސްއާ އެއްކޮޅަށް ރާއްޖެ އިން ކުރިން ވޯޓު ނުދިނީ އެކަމުގައި މޮރިޝަސް އަށް ކާމިޔާބު ވެއްޖެ ނަމަ ރާއްޖޭގެ ސަރަހައްދުން ބޮޑު ބައެއް ގެއްލުމުގެ ފުރުސަތު އޮތުމުން ކަމަށެވެ.
ޗާގޮސްގެ މައްސަލައިގެ ސިޔާސަތު ބަދަލުވިކަން މަޖިލީހަށް ނާންގާ ކަމަށާއި އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާ ކަމާށް އެ ގަރާރުގައި ވެ އެވެ.
ދިވެހި ސަރުކާރުގެ ސިޔާސަތު ބަދަލުވި ކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑު ވަޒީރަށް އެންގެވިއިރު ދެ ފަރާތުން ބައިނަލްއަގުވާމީ މުއާހަދާއަކަށް އާދެވިފައިވާ ކަން ޔަގީން ކުރެވޭ ކަމަށާއި އެކަމަކު އެއީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ފާސްކޮށްގެން ނޫނީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
އޭނާގެ ގަރާރުގައި ވިދާޅުވިގޮތުގައި، ރާއްޖޭގެ ސަރަހައްދުން ގެއްލޭ ކުޑަ ތަންކޮޅަކީ ވެސް ކުރިއަށް އޮތް ޖީލުތަކަށް ލިބޭ ގެއްލުމެކެވެ. ހިލާފު އުފެދިފައިވާ ސަރަހައްދަކީ ކަނޑުމަސް ތިޔާގި ސަރަހައްދެއް ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
އޭނާ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ކޮމިޓީއަކުން ޗާގޮސް މައްސަލައިގައި ސަރުކާރުން ކުރިން ގެންގުޅުނު ސިޔާސަތު ބަދަލު ކުރުމުގެ ވަށައިގެންވާ ސަބަބުތައް ދެނެގަނެ ފައިސާގެ ނުފޫޒު ނުވަންނަ ކަން ކަށަވަރު ކުރުމުގެ އިތުރުން އެ ސިޔާސަތު ބަދަލުކުރީ ގާނޫނީ ތަރަހައިގެ ތެރެއިން ކަން ކަށަޥަރު ކުރުމަށެވެ.
އޭގެ ސަބަބުން ރާއްޖެ އަށް ވާނެ ފައިދާ އާއި ގެއްލުން ބަޔާންކޮށް، ދިވެހިންނަށް އެކަން އަންގައި ދިނުމަށް ވެސް އެ ގަރާރުގައި ނާޒިމް ގޮވައިލެއްވި އެވެ.
ޗާގޮސް މައްސަލަ: އެމްއެންޕީގެ ހުށަހެޅުމެއް ރައީސަށް
ޗާގޯސް މައްސަލާގައި ރައީސަށް ދައުވާ ކުރާނަން: ނާޒިމް
ރިފްއަތު ޖަވާބުދާރީވީ ލިޔުމުން، ސުވާލެއްގެ ތެރެއަށް!
މެމްބަރުން ގޮވާލީ ރައީސްގެ ސިޓީ މަޖިލީހަށް ފޮނުވަން!
ރާއްޖޭން އެދެނީ ސަރަހައްދު ބޮޑުކުރުމާ ދެކޮޅުނުހަދަން
އެމްއެންޕީގެ ވެރިކަމުގައި ޗާގޮސް މައްސަލަ ހައްލުކުރާނަން
ނުބައި ލަފާދޭތީ ބަންޑާރަ ނައިބު ވަކިކުރަންޖެހޭ: ޔާމީން
އޭޖީ އޮފީހުން އިސްކުރީ ރާއްޖޭގެ މަސްލަހަތު: މުއިއްޒު
ރާއްޖޭގެ ސަރަހައްދެއް ނުގެއްލޭނެ: ޕްރޮފެސަރު ޕަޔަމް
"ސަރުކާރުގެ ސްޓޭންޑުން ފައިދާ ވާނީ އިންޑިއާ އަށް"