Roadha Mihaaru
ރޮނާލްޑޯ ކުޅެން ނުނެރުނީ އިހުތިރާމް ކުރާތީ: ޓެން ހަގް

ރޮނާލްޑޯ ކުޅެން ނުނެރުނީ އިހުތިރާމް ކުރާތީ: ޓެން ހަގް

03 އޮކްޓޯބަރ 2022

މެންޗެސްޓާ (އޮކްޓޫބަރު 3) - މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅެ 6-3 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިވި މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެން ނުނެރުނީ އޭނާގެ ކެރިއަރުގައި ހޯދާފައިވާ ކާމިޔާބީތަކަށް އިހުތިރާމް ކުރުމުގެ ގޮތުން ކަމަށް، ޔުނައިތެޑްގެ ކޯޗު އެރިކް ޓެން ހަގް ބުނެފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މެންޗެސްޓާ (އޮކްޓޫބަރު 3) - މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅެ 6-3 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިވި މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެން ނުނެރުނީ އޭނާގެ ކެރިއަރުގައި ހޯދާފައިވާ ކާމިޔާބީތަކަށް އިހުތިރާމް ކުރުމުގެ ގޮތުން ކަމަށް، ޔުނައިތެޑްގެ ކޯޗު އެރިކް ޓެން ހަގް ބުނެފި އެވެ.

އާލިން ބްރައުޓް ހާލަންޑާއި ފިލް ފޮޑެން ހެޓްރިކް ހަދައި، ޔުނައިތެޑް ބަލި ކުރި މެޗުގައި ކޯޗު ޓެން ހަގް ފަސް ބަދަލު ގެނައި ނަމަވެސް ރޮނާލްޑޯ އިނީ ބެންޗުގަ އެވެ. ދެވަނަ ހާފުގައި ކުޅެން ނުކުމެ އެންޓޮނީ މާޝިއަލް ދެ ލަނޑު ޖެހި އިރު، ވިކްޓާ ލިންޑެލޯފް އާއި ފްރެޑް އަދި ކަސެމީރޯ އާއި ލޫކް ޝޯ ވެސް ވަނީ ފުރަތަމަ ހާފުގައި ކުޅެން ނެރެފަ އެވެ.

ސީޒަން ފެށުމުގެ ކުރިން ޗެމްޕިއަންސް ލީގު ނުކުޅޭތީ ޔުނައިޓެޑް ދޫކޮށްލަން ރޮނާލްޑޯ މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބެއް ނުވި އެވެ. އަދި ލީގުގައި މިހާތަނަށް މި ސީޒަނުގައި އާ ކޯޗުގެ އިރުޝާދުގެ ދަށުން ފެށީ އެންމެ މެޗަކު އެވެ. އެއީ ބްރެންޓްފޯޑް އަތުން 4-0 އިން ބަލިވި މެޗުގަ އެވެ. އަދި ސިޓީ އަތުން ބަލިވި މެޗަކީ އޭނާ ލީގުގައި މިހާތަނަށް ނުކުޅޭ ހަމައެކަނި މެޗެވެ.

"އަހަރެން އޭނާ ކުޅެން ނުނެރުނީ އޭނާގެ ކާމިޔާބު ކެރިއަރަށް އިހުތިރާމް ކުރުމުގެ ގޮތުން،" އުމުރުން 37 އަހަރުގެ ރޮނާލްޑޯ އަށް މެޗުން ފުރުސަތު ނުދިނުމާ ގުޅޭ ގޮތުން ކުރި ސުވާލަކަށް ޖަވާބު ދެމުން ޓެން ހަގް ބުންޏެވެ.

"ދެން އޮތް އެޑްވާންޓޭޖަކީ އަހަރެންނަށް އެރުވެއް އޮތީ އެންޓޮނީ މާޝިއަލް. އޭނާ އަށް މިނިޓު ބޭނުންވޭ، ނަމަވެސް އެހެން އެކަން ފާހަގަ ކުރަން އަހަރެން ބޭނުމެއް ނޫން."

މި ސީޒަނުގައި ރޮނާލްޑޯ ލީގުގެ ފަސް މެޗެއްގައި ބަދަލު ކުޅުންތެރިއެއް ގޮތުގައި ކުޅެން ނުކުމެފައި ވާއިރު، އަދި ލަނޑެއް ޖެހޭގޮތެއް ނުވެ އެވެ. ފަސް ފަހަރު ބެލޮންޑިއޯ އެވޯޑް ހާސިލް ކޮށްފައިވާ ރޮނާލްޑޯ އަށް މި ސީޒަނުގައި މިހާތަނަށް ޖެހުނީ އެންމެ ގޯލެކެވެ. އެއީ ޔޫރޮޕާ ލީގުގައި މޮލްޑޯވާގެ ޝެރިފް ޓްރާންސިޕޯލާ ދެކޮޅަށް ކުޅުނު މެޗުގައި ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ.

ރޮނާލްޑޯ ވަނީ މިހާތަނަށް އޭނާގެ ކްލަބް ކެރިއަރުގައި 699 ލަނޑު ޖަހައިފަ އެވެ.

މެޗަށް ފަހު ޓެން ހަގް އާއި ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ސަލާމް ކުރަނީ.-- ފޮޓޯ: އޭއެފްޕީ

މެޗަށް ފަހު ޓެން ހަގް އާއި ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ސަލާމް ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ސިޓީއާ ދެކޮޅަށް ފުރަތަމަ ހާފުގައި ޔުނައިޓެޑް ކޮޅަށް ހަތަރު ލަނޑު ވަދެފައި ވެއެވެ. މިއީ 2020/2021 ސީޒަން ފެށުނު ފަހުން ފުރަތަމަ ހާފުގައި ޔުނައިޓެޑް ކޮޅަށް ހަތަރު ލަނޑު ވަން ހަތަރުވަނަ މެޗެވެ. އޮކްޓޫބަރު 2020 ގައި ޓޮޓެންހަމުން ޔުނައިޓެޑް ކޮޅަށް ފުރަތަމަ ހާފުގައި ހަތަރު ލަނޑު ޖެހި އިރު، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ލިވަޕޫލުން ވެސް ޖެހި އެވެ. އަދި މިއަހަރު އޮގަސްޓް މަހު ބްރެންޓްފޯޑުން ޔުނައިޓެޑް ބަލިކުރީ ވެސް ފުރަތަމަ ހާފުގައި ކާމިޔާބުކުރި ހަތަރު ލަނޑުންނެވެ.

ޔުނައިޓެޑާ ހަވާލުވެ، ކުރިމަތިލި އެންމެ ފުރަތަމަ މެންޗެސްޓާ ޑާބީ ކާމިޔާބު ކުރި ޔުނައިޓެޑްގެ އެންމެ ފަހުގެ ކޯޗަކީ ސާ އެލެކްސް ފާގަސަން އެވެ. އޭނާއަށް ފަހު މިހާތަނަށް ހަވާލުވި ހުރިހާ ކޯޗުން ވެސް ވަނީ ޔުނައިޓެޑާ އެކު ފުރަތަމަ މެންޗެސްޓާ ޑާބީ އިން ބަލި ވެފަ އެވެ.

ޔުނައިޓެޑް ވަނީ ޔޫރޮޕާ ލީގު ގުރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި ސްޕެއިންގެ ރެއާލް ސޮސިއެޑާޑް އަތުން ބަލިވެފަ އެވެ. ގުރޫޕް ސްޓޭޖުގެ ތިންވަނަ މެޗުގައި ބުރާސްފަތި ދުވަހުގެ ރޭ ސައިޕްރަސްގެ އޮމޯނިއާ އާ ދެކޮޅަށް ނުކުންނާނެ އެވެ.