27 ސެޕްޓެމްބަރ 2022
ހަންގޭރީ އަތުން 2-0 އިން މޮޅުވެ އިޓަލީން ޔުއެފާ ނޭޝަންސް ލީގުގެ, ލީގު އޭ ގެ ގްރޫޕް ތިނެއްގެ އެއް ވަނަ ހޯދައި މުބާރާތުގެ ފައިނަލް ބުރަށް ދަތުރުކޮށްފި އެވެ.
ހަންގޭރީ އަތުން 2-0 އިން މޮޅުވެ އިޓަލީން ޔުއެފާ ނޭޝަންސް ލީގުގެ, ލީގު އޭ ގެ ގްރޫޕް ތިނެއްގެ އެއް ވަނަ ހޯދައި މުބާރާތުގެ ފައިނަލް ބުރަށް ދަތުރުކޮށްފި އެވެ.
އަންނަ އަހަރުގެ ޖޫން މަހު އޮންނަ ފައިނަލް ބުރު ކުރިއަށްދާނީ، އޭ ލީގުގެ ހަތަރު ގްރޫޕުން އެއް ވަނަ ހޯދާ ހަތަރު ޓީމުގެ މެދުގައި ދެ ސެމީ ފައިނަލުގެ އުސޫލުންނެވެ.
އަނެއް ތިން ގްރޫޕުގެ ތެރެއިން އެއް ވަނަ ގްރޫޕުން ކްރޮއޭޝިއާ އަދި ހަތަރު ވަނަ ގްރޫޕުން ނެދަލެންޑްސް ވަނީ ފައިނަލަށް ދަތުރުކޮށްފަ އެވެ. ދެ ވަނަ ގްރޫޕުން ދާނެ ޓީމެއް އެނގޭނީ މިރޭ ކުޅޭ މެޗުތަކަށް ފަހު އެވެ. އެ ގްރޫޕުން އެއް ވަނަ އަށް ވާދަކުރަނީ ޕޯޗުގަލް އާއި ސްޕެއިން އެވެ.
އިޓަލީ އެއް ވަނަ ހޯދީ 11 ޕޮއިންޓާ އެކު އެވެ. މި ގްރޫޕުން ދެ ވަނަ އަށް ދިޔައީ، ރޭގެ މެޗާ ހަމައަށް އެއް ވަނައިގައި އޮތް ހަންގޭރީ އެވެ. އެ ޓީމު ވަނީ 10 ޕޮއިންޓް ހޯދައިފަ އެވެ. ތިން ވަނަ އަކީ ރޭ އިންގްލެންޑާ 3-3 އިން އެއްވަރުކުރި ޖަރުމަނެވެ. އެ ޓީމަށް ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ތިން ޕޮއިންޓާ އެކު ފުލުގައި އޮތް އިންގްލެންޑް ވަނީ، ލީގު ބީ އަށް ރެލިގޭޓްވެފަ އެވެ.
ބުޑަޕެސްޓްގެ ޕުސްކަސް އެރީނާގައި ރޭ އިޓަލީން ވަނީ ހަންގޭރީގެ މައްޗަށް ޑޮމިނޭޓްކޮށްފަ އެވެ. އެ ޓީމުގެ ފުރަތަމަ ގޯލް ހަންގޭރީ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި 27 ވަނަ މިނެޓުގައި ޖެހީ ޖިއަކޯމޯ ރަސްޕަޑޯރީ އެވެ. އަދި ދެ ވަނަ ގޯލް ދެ ވަނަ ހާފުގެ ކުރީކޮޅު ޖެހީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ފުލްބެކް ފެޑެރިކޯ ޑިމާކޯ އެވެ.
ހަންގޭރީން ދެ ވަނަ ހާފުގައި އެޓޭކް ވަރުގަދަކުރި އެވެ. އެކަމަކު އެ ޓީމުން ފުލުފުލުގައި ފޮނުވާލި ހަމަލާތައް ހުއްޓުވީ އިޓަލީގެ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ އެވެ.
މިދިޔަ އަހަރުގެ ޔޫރޯ ކާމިޔާބުކުރި އިޓަލީ، ޔޫރަޕުގެ އިތުރު މުބާރާތެއްގެ ފައިނަލް ބުރަށް ދަތުރުކޮށް ހިތްހަމަޖެހުން ހޯދި ނަމަވެސް އެ ގައުމުގެ މީޑިއާ އިން ސިފަކުރި ގޮތުގައި މިއީ ހިތި ފޮނި ކާމިޔާބެކެވެ. ސަބަބަކީ މި އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިނުވުމެވެ. އިޓަލީގެ ކޯޗު ރޮބާޓޯ މަންޗިނީ ވެސް ވަނީ ވޯލްޑް ކަޕް ދުވަސްވަރު މާޔޫސްވާނެ ކަމަށް ބުނެފަ އެވެ.
ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމުގައި އިންގްލެންޑާއި ޖަރުމަން ކުޅުނު މެޗުގައި ފުރަތަމަ ދެ ގޯލް ޖެހީ ޖަރުމަނުންނެވެ. ފުރަތަމަ ގޯލް 52 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ވައްދާލީ އިލްކޭ ގުންޑޮގާން އެވެ. މިއީ އިންގްލެންޑް ޑިފެންޑަރު ހެރީ މެގުއާ ކުރި ޓެކުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. ޖަރުމަނުގެ ދެ ވަނަ ގޯލް 67 ވަނަ މިނެޓުގައި ޖެހީ ކައި ހަވާޓްޒް އެވެ.
އޭގެ ފަހުން އިންގްލެންޑް ކުޅުން ރަނގަޅުކޮށް ފަހަތުން އަރައި ތިން ގޯލް ޖަހައި ލީޑު ނެގި އެވެ. ގޯލްތައް ޖަހައިދިނީ ލޫކް ޝޯ އާއި މޭސަން މައުންޓް އަދި ޕެނަލްޓީއަކުން ހެރީ ކޭން އެވެ.
މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ޖަރުމަނަށް އެއްވަރުކޮށްދިނީ ހަވާޓްޒް އެވެ.
އިންގްލެންޑުން މި މެޗުގައި ތިން ޖެހީ، އެންމެ ފަހުން ކުޅުނު ފަސް މެޗުގައި އޯޕަން ޕްލޭގައި ލަނޑު ނުޖެހޭތީ ފާޑުކިއުން އަމާޒުވެފައިވަނިކޮށެވެ.
އިޓަލީ އެއް ވަނައިގައި، ފްރާންސަށް ފުރަތަމަ މޮޅު
އިޓަލީ އަށް ނުވި، ސްޕެއިން އަނެއްކާ ވެސް ފައިނަލަށް
ނޭޝަންސް ލީގު ސެމީގައި އިޓަލީ އާއި ސްޕެއިން
އިންގްލެންޑް ރެލިގޭޓްވެއްޖެ، އެއް ވަނައިގައި ހަންގޭރީ
ފައިނަލް ބުރުގެ ފަހު ދެ ޖާގަ އިޓަލީ އާއި ބެލްޖިއަމަށް
އިޓަލީ އާއި ބެލްޖިއަމް ފައިނަލް ބުރާ ގާތަށް
އިޓަލީ-ނެދަލެންޑްސް އެއްވަރު، އިންގްލެންޑަށް ނާކާމިޔާބު
ނެދަލެންޑްސް އަތުން އިޓަލީ އަށް މުހިއްމު މޮޅެއް
ބޮސްނިއާ އިން އިޓަލީގެ ރެކޯޑަށް ނިމުން ގެނެސްފި
އިޓަލީއާ އެއްވަރުކޮށް ޕޯޗުގަލް ސެމީ އަށް