24 ސެޕްޓެމްބަރ 2022
ދުނިޔޭގެ ވޮލީބޯޅައިގެ މައި ޖަމިއްޔާ "އެފްއައިވިބީ" ގެ ކޮންގްރެސްގައި އެ ފެޑެރޭޝަންގެ ވޮލީބޯޅަ ޕްރޮގްރާމަކާ ބެހޭގޮތުން ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) ޕްރެޒެންތޭޝަނެއް ހުށަހަޅައި ދެއްވައި ރާއްޖެ އަށް ހާއްސަ ޝަރަފެއް ހޯއްދަވައި ދެއްވައިފި އެވެ.
ދުނިޔޭގެ ވޮލީބޯޅައިގެ މައި ޖަމިއްޔާ "އެފްއައިވިބީ" ގެ ކޮންގްރެސްގައި އެ ފެޑެރޭޝަންގެ ވޮލީބޯޅަ ޕްރޮގްރާމަކާ ބެހޭގޮތުން ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) ޕްރެޒެންތޭޝަނެއް ހުށަހަޅައި ދެއްވައި ރާއްޖެ އަށް ހާއްސަ ޝަރަފެއް ހޯއްދަވައި ދެއްވައިފި އެވެ.
އެފްއައިވީބީގެ 220 އަށް ވުރެ ގިނަ މެންބަރު ގައުމުތަކުގެ މަންދޫބުންގެ ކުރިމަތީ ރަނޭ ޕްރެޒެންޓޭޝަން ހުށަހަޅައިދިނީ އެފްއައިވީބީ ވޯލީބޯލް އެމްޕަވަމެންޓާ ޕްރޮޖެކްޓާ ބެހޭގޮތުންނެވެ. ނެދަލެންޑްސްގެ އާނެމްގައި މިދިޔަ ބުރާސްފަތި ދުވަހު ފެށި ކޮންގްރެސްގައި ރަނޭ އިއްޔެ ވަނީ ވޮލީބޯލް އެމްޕަވަމެންޓް ޕްރޮޖެކްޓާ ބެހޭގޮތުން މެންބަރު އެހެން ގައުމުތަކުގެ މެންބަރުންނަށް މައުލޫމާތު ދެއްވާފަ އެވެ.
"އެފްއައިވީބީ މި ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ ބިޗު ވޮލީބޯޅަ އަށް ހާއްސަކޮށް އެފްއައިވީބިން ފޯރުކޮށްދީފައި ހުރި ކަންކަން ފާހަގަ ކުރިން. އެގޮތުން ރާއްޖޭގެ ބިޗުވޯލީ ބޯޅަ ޓީމަށް ބްރެޒިލްގެ ކޯޗެއް ހަމަޖައްސައިފައިވޭ. އަދި ރާއްޖެ އަކީ ގުދުރަތީ ގޮތުން ދޮންވެލި ގޮނޑުދޮށް ގިނަ ގައުމަކަށް ވާތީ ބީޗު ވޮލީގެ ހަބެއްގެ ގޮތުގައި އެފްއައިވީބީ ދެކޭތީ ރާއްޖެ އަށް ހާއްސަ ފުރުސަތުތަކެއް ދެއްވާކަން ފާހަގަ ކޮށްފައިވާނެ،" އެފްއައިވީބީ ކޮންގްރެސްގައި ހުށަހެޅި ޕްރެޒެންޓޭޝަނާ ބެހޭގޮތުން ރަނޭ ވިދާޅުވި އެވެ.
ރަނޭ އެފްއައިވީބީގެ ޕޯޑިއަމްގައި ހުއްޓި ވަޑައިގެން ޕްރެޒެންޓޭޝަން ހުށަހަޅުއްވައި ދެއްވަނީ: އޭނާ ވަނީ އެފްއައިވީބީގެ ވޮލީބޯލް އެމްޕަވަމެންޓާ ބެހޭގޮތުން ޕްރެޒެންޓޭޝަން ހުށަހަޅައި ދީފަ
މި އަހަރުގެ ކޮމަންވެލްތު ގޭމްސް އަށް ވައިލްޑް ކާޑުގެ ދަށުން ރާއްޖޭގެ ބިޗު ވޮލީ ޓީމަށް ފުރުސަތު ހޯދައިދީފައިވާކަން ރަނޭ ފާހަގަ ކުރެއްވި އެވެ.
ދުނިޔޭގެ ކުޅިވަރުގެ ބޮޑެތި ސްޓޭޖުތަކުގައި ރާއްޖެ ތަމްސީލު ކުރުމުގެ ފުރުސަތު ލިބެނީ ވަރަށް މަދުންނެވެ. ދުނިޔޭގެ ވޮލީބޯޅައިގެ އެންމެ ބޮޑު ކޮންގްރެސްގައި ރާއްޖެ ތަމްސީލު ކުރި ފުރަތަމަ ދިވެއްސަކީ ކުރީގެ ސެޓަރު ރަނޭ އެވެ.
އެފްއައިވީބީ އާއި ރާއްޖެ އާ ދެމެދު މިހާރު ރަނގަޅު ގުޅުމެއް އޮތްކަން ރަނޭ ވަނީ ފާހަގަ ކުރައްވައިފަ އެވެ. އެފްއައިވީބީގެ ރައީސް އަރީ ގްރާސާ މިދިޔަ އަހަރު ރާއްޖެ ވަޑައިގެން ބިޗުވޮލީގެ ހަރަކާތްތައް ރާއްޖޭގައި ފުޅާ ކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވި އެވެ.
ގްރާސާ އަކީ އޮލިމްޕިކް ކުޅިވަރުތަކުގެ ދުނިޔޭގެ މައި ފެޑެރޭޝަންތަކުގެ ތެރެއިން ރާއްޖެ ވަޑައިގެންނެވި ދެވަނަ ރައީސް އެވެ. އޭގެ ކުރި ޓޭބަލްޓެނިހުގެ މައި ޖަމިއްޔާ އައިޓީޓީއެފްގެ ކުރީގެ ރައީސް ތޯމަސް ވައިކާޓް ރާއްޖެ ވަޑައިގެންނެވި އެވެ.
ވީއޭއެމްގެ ރައީސްކަމުން ރަނޭ އިސްތިއުފާ ދީފި
މައްސަލަގަނޑެއްގެ ތެރެއަށް ވައްޓާލުމަށްފަހު ރަނޭ ހަނު
ވީއޭއެމްގެ އޮޑިޓް ރިޕޯޓްތައް ދޭން ކޯޓުން އަމުރުކޮށްފި
ދެން ޓާގެޓަކީ އިންޑޯ ވޮލީން ރަން މެޑައްޔެއް: ރަނޭ
އިންޓަނޭޝަނަލް މުބާރާތަށް މެލޭ، ސިންގަޕޫރު، އަފްޣާން
ރަން މެޑައްޔަކުން ނޫނީ މިހާރު ފުއްދާލެވޭކަށް ނެތް
ދީމާގެ ކުޅުން ފެނިފައި ހީބިހި ނަގާ: ރަނޭ
ކްލަބްތަކަށް ބިދޭސީ ކުޅުންތެރިން ވީއޭއެމުން ހަމަޖައްސަނީ
ރާއްޖެއާ ދެކޮޅަށް ކުޅެން ލަންކާގެ ވޮލީ ޓީމު މާލެއަށް
ދިވެހި ކޯޗުން ކުރިއަރާނީ ބިދޭސީ ކޯޗުންގެ އެހީ ލިބިގެން