21 ސެޕްޓެމްބަރ 2022
ރާއްޖޭގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލާގައި، އޭނާއަށް ދީފައިވާ ފަރުވާތަކާބެހޭ ތަފްސީލީ ލިޔުންތައް ދިފާއުއަށް ދޭންޖެހޭނެ ކަމަށް ނިންމައި، އެ ލިޔުންތައް ހަތް ދުވަސް ތެރޭގައި ކްރިމިނަލް ކޯޓަށް ފޮނުވަން މިއަދު އަމުރުކޮށްފި އެވެ.
ރާއްޖޭގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލާގައި، އޭނާއަށް ދީފައިވާ ފަރުވާތަކާބެހޭ ތަފްސީލީ ލިޔުންތައް ދިފާއުއަށް ދޭންޖެހޭނެ ކަމަށް ނިންމައި، އެ ލިޔުންތައް ހަތް ދުވަސް ތެރޭގައި ކްރިމިނަލް ކޯޓަށް ފޮނުވަން މިއަދު އަމުރުކޮށްފި އެވެ.
އައިޖީއެމްއެޗްގައި މަސައްކަތްކުރި މޭރީ މިދިޔަ އަހަރުގެ ފަހުކޮޅު މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސް އާއި އެތަނުގައި މަސައްކަތްކުރި ދިވެހި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާގެ މައްޗަށެވެ. ލަމްހާގެ މައްޗަށް ކުރަނީ މަރާލުމުގައި ބައިވެރިވިކަމުގެ ދައުވާ އެވެ.
މޭރީއަށް އައިޖީއެމްއެޗުން ދީފައިވާ ފަރުވާގެ ތަފްސީލީ ލިޔުންތައް ހާމަކުރަން ކޯޓުން މިއަދު ނިންމީ ލަމްހާގެ ފަރާތުން ޝަރީއަތުގެ ކުރީގެ ހުށަހެޅުމެއް އެކަމަށް ހުށަހެޅުމުންނެވެ. އެ ލިޔުންތައް ދޭން ދައުލަތުން ދެކޮޅެވެ.
މިއަދު ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ވިދާޅުވީ މޭރީއަށް ދިން ފަރުވާގެ ތަފްސީލުތައް އެނގޭނެ މެޑިކަލް ޗާޓްތަކާއި ލިޔުންތައް ހުރި ނަމަ، އެ ލިޔުންތައް ހަތް ދުވަސް ތެރޭގައި ކޯޓާ ހިއްސާކުރަން ޖެހޭނެ ކަމަށެވެ. އަދި އެފަދަ ލިޔުމެއް ނެތް ނަމަ، އެކަން ވެސް ހަތް ދުވަސް ތެރޭގައި ކޯޓަށް އަންގަން ގާޒީ އެންގެވި އެވެ.
ލަމްހާ
މޭރީއަށް ފަރުވާ ދިނުމުގައި ހަރަކާތްތެރިވި ނަރުހުންގެ މައުލޫމާތު ހޯދަން ވެސް ލަމްހާގެ ފަރާތުން ހުށަހަޅާފައިވެ އެވެ. އެކަމަކު ގާޒީ ވިދާޅުވީ ނަރުހުންގެ މައުލޫމާތު ދޭން ނުޖެހޭނެ ކަމަށެވެ.
މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާގެ އިތުރުން ހޮސްޕިޓަލްތަކުން ނޫނީ ގެންގުޅުން މަނާ ބޭސްތަކެއް ލަމްހާގެ ގެއިން ފެނުނު ކަމަށް ބުނެ އިތުރު ދެ ދައުވާއެއް ވެސް ލަމްހާގެ މައްޗަށް ކުރެ އެވެ.
ލަމްހާގެ ފަރާތުން ދެން ހުށަހެޅީ އިންޑިއާ ސަރުކާރާއި ރާއްޖެއާ ދެމެދު ގާނޫނީ ކަންކަމުގައި އެހީތެރިކަން ދިނުމުގެ އެއްބަސްވުންތަކާއި އެ މައްސަލާގައި ވީޑިއޯ ފުޓޭޖް ނަގަން ދިން ކޯޓު އަމުރުތަކާއި އޭނާ ގެއިން ފެނުނު ކަމަށް ބުނާ މަނާ ބޭސްތައް ރާއްޖެއަށް އެތެރެކުރި ގޮތާ ބެހޭ ކަސްޓަމްސްގެ ލިޔުންތައް ހޯދުމަށެވެ.
ލަމްހާގެ ގެއިން ފެނުނު ކަމަށް ބުނާ ރާއްޖެ އެތެރެކުރި ގޮތުގެ ލިޔުންތަކާ ބެހޭގޮތުން ގާޒީ ވިދާޅުވީ އެ ބޭސްތަކަކީ ރާއްޖޭގައި އާންމުކޮށް ލިބެން ހުންނަ އެއްޗަކަށް ނުވާތީ އެކަން ނަފީ ކުރެވޭނެ ކަމަށް ނުފެންނަ ކަމަށެވެ. އަދި ލަމްހާގެ ގެއިން ފެނުނު ކަމަށް ބުނާ ބޭސްތަކަކީ އެސްޓީއޯއިން ރާއްޖެ އެތެރެކޮށް، އައިޖީއެމްއެޗަށް ދީފައިވާ އެއްޗެއްކަން ލިޔުންތަކުން އެނގެން އޮންނާތީ އެ ލިޔުންތައް ދޭން އަމުރު ނުކުރެވޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
ވީޑިއޯ ފުޓޭޖް ހޯދަން ކޯޓު އަމުރެއް ހޯދާފައިނުވާ ކަމަށް ދައުލަތުން ކުރިން އެއްބަސްވި އެވެ. އެހެންވެ، އެ ހުށަހެޅުން ވަނީ އަނބުރާ ގެންގޮސްފަ އެވެ.
ދައުލަތުން ހުށަހެޅުމެއް ހުށަހެޅީ ލަމްހާގެ ފަރާތުން ދިފާއުގައި ހުށަހެޅި 12 ހެކިން ބަލައިނުގަތުމަށެވެ. ދިފާއީ ހެކިންގެ ތެރޭގައި ލަމްހާގެ އާއިލާ ބަޔަކާއި، ތަހުގީގުކުރި ފުލުސް މީހާ އާއި އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް ސަލީމާއި ޑޮކްޓަރު ޔޫސުފް ޝާނާއި ނޫސްވެރިޔާ އަހުމަދު ސާއިލް އާއި އިތުރު ޑޮކްޓަރުންތަކެއް ވެސް ހިމެނެ އެވެ.
ގާޒީ ފާއިޒް ނިންމެވީ އޭގެ ތެރެއިން ޑޮކްޓަރު ޔޫސުފް ޝާނާއި ސާއިލްގެ ނަން ބަލައިނުގަތުމަށެވެ.
ގާޒީ ވިދާޅުވީ ޔޫސުފް ޝާން ހުށަހެޅީ މޭރީ ބެއްލެވި ޑޮކްޓަރު ކަމަށްވާތީ ކަމަށް ބުނެ ކަމަށްވާއިރު، އޭނާއަކީ މޭރީގެ ހަށިގަނޑު ބެލި ޑޮކްޓަރަކަށް ނުވުމާއި އޭނާ ސޮއިކުރި ލިޔުންތަކުން ކަންކަން ސާފުވާން އެބައޮތް ކަމަށެވެ.
ގާޒީ ވިދާޅުވީ ސާއިލްގެ ނަން ހުށަހެޅީ ސަން އޮންލައިނަށް ލަމްހާ ދިން އިންޓަވިއުގެ ރެކޯޑްތައް ފުލުހުން ހޯދިގޮތާ ބެހޭގޮތުން ސުވާލު ކުރަން ކަމަށް ބުނެ ކަމަށް ވިޔަސް، އެ އިންޓަވިއުގެ ސައްހަކަމާ މެދު ސުވާލު އުފެއްދުމެއް ނެތި އެ އިންޓަވިއުގެ ރެކޯޑިން ހޯދި ގޮތާ މެދު ސުވާލުކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
އެކަމަކު ބާކީ ތިބި 10 ހެކިން ބަލައިނުގަނެވޭނެ ސަބަބެއް ދައުލަތަށް ނުދެއްކޭތީ އެ ހެކިތައް ބަލައިގަތުމަށް ގާޒީ ނިންމެވި އެވެ.
ދެން އޮންނާނީ ޝަރީއަތުގެ އަޑުއެހުންތައް ފެށުމެވެ. އެކަމަށްޓަކައި އަންނަ މަހުގެ ކުރީކޮޅު އަޑުއެހުން ބޭއްވޭތޯ ބައްލަވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
އެ މައްސަލާގައި މޭރީގެ ފިރިމީހާގެ މައްޗަށް ކުރާ ދައުވާ ކުރިއަށް ގެންދަނީ ވަކިންނެވެ.
މޭރީގެ މަރު: ލަމްހާގެ ދައްތަ ހެކިބަސް ދީފި
މާވިން ސަލާމަތް ކުރާނެ ކަމަށް ލަމްހާ ބުނި: ހެއްކެއް
ލަމްހާ ދޫކޮށްލުން:ގިނަ ސުވާލުތަކަށްފަހު ހުކުމާ ހަމައަށް
މޭރީގެ މަރު:ޑޮކްޓަރުން ހެކިބަސް، ބަންދަށް ލުޔެއް ނެތް
މޭރީގެ މަރު: މޭރީގެ ދިރިއުޅުން ރަހުމަތްތެރިޔާގެ ދުލުން
މޭރީގެ މެޑިކަލް ޗާޓެއް ނެތް: "އެއީ ބޮޑު ދޮގެއް"!
މޭރީގެ މަރު: މާވިންއާ ދެކޮޅަށް 110 ހެއްކެއް
މޭރީގެ މަރު: ހަމަލާދޭނެ ގޮތެއް ހޯދަން މާވިން ސާޗްކުރި
ނަރުހުގެ މަރު: މާވިން އާއި ލަމްހާގެ މައްސަލަ ޕީޖީއަށް
ލަމްހާ ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފި