20 ސެޕްޓެމްބަރ 2022
ގޭންގުތަކުން ބިރެއް، ޖެހިލުމެއް ނެތި ފުލުސް އޮފީހަށް ވަދެ ފުލުހުންނަށް މަރުގެ އިންޒާރު ދީފައި ނުކުމެގެން ދަނީ އެވެ. އެފަދަ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވިޔަސް، އެއަށް ވުރެން ނުރައްކާތެރި ކުށަކަށް އަރައިގަތުމުގެ ފުރުސަތެއް ނުލިބޭނެ ކަމަށް އޮތީ ކޮން ޔަގީންކަމެއް ހެއްޔެވެ؟
ގޭންގުތަކުން ބިރެއް، ޖެހިލުމެއް ނެތި ފުލުސް އޮފީހަށް ވަދެ ފުލުހުންނަށް މަރުގެ އިންޒާރު ދީފައި ނުކުމެގެން ދަނީ އެވެ. އެފަދަ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވިޔަސް، އެއަށް ވުރެން ނުރައްކާތެރި ކުށަކަށް އަރައިގަތުމުގެ ފުރުސަތެއް ނުލިބޭނެ ކަމަށް އޮތީ ކޮން ޔަގީންކަމެއް ހެއްޔެވެ؟
މާލެ އާއި އަތޮޅުތަކުގައި ހަރަކާތްތެރިވާ ގޭންގްތަކާއި ކުށްތަކަށް އަރައިގަތުމާއި އެ މީހުންގެ ހަރަކާތްތައް އެނގޭ ކަމަށް ހަފުތާއެއްހާ ދުވަސްކުރިން ފުލުހުން ބުނެފައި ވަނިކޮށް، މާފަންނު ޕޮލިސް ސްޓޭޝަނަށް ވަން ގޭންގުން އެ ދިނީ ވެސް ވަރުގަދަ މެސެޖެކެވެ. އެ ދައްކާލީ މި ގައުމުގައި އެ މީހުންގެ ބާރު އޮތް މިންވަރުގެ ކުޑަ މަންޒަރެކެވެ. ވައްކަމުގެ މައްސަލައަކާ ގުޅިގެން ހައްޔަރުކުރި އެ ގޭންގަށް ނިސްބަތްވާ މީހާ ބަންދުކޮށްފައި ނުބެހެއްޓޭނެ ކަމުގެ އިންޒާރެކެވެ. މި ބާރުވެރިކަން އެ މީހުން ހޯދަނީ ނުފޫޒުގަދަ މަގާމްތަކުގެ ނިވަލުގައި ހަދާ ޑީލްތަކުން ކަން ވެސް އެއީ ފެންނަން އޮތް ހަގީގަތެކެވެ.
އާއްމުންގެ ފުރާނައަށް ނުރައްކާތެރި އަމަލެއް ކޮންމެ ފަދަ ވަގުތެއްގައި ހިންގަފާނެ ބޮޑެތި ކުށްވެރިން ތިބީ ނިޒާމުގެ ތެރެއިން އަތްލާން ނުކުޅެދި ދޫވެފަ އެވެ. ކުށްކުރުމުގެ ޓްރެންޑް ގޭންގްތަކުން ބަދަލުކޮށްފައިވާ އިރު، މާރާމާރީ މަދުވެފައި ވުމަކީ މުޖުތަަމައަށް އޮތް ނުރައްކާ ކުޑަވުމެއް ނޫނެވެ. އެކި ކުށްތަކުގައި ޖަލުގައި ހުކުމް ތަންފީޒުކުރަން ޖެހޭ، ޑްރަގް ޑީލަރުންނާއި މަރުތަކުގައި ތުހުމަތުކުރެވޭ މީހުންނާއި ބޮން ހަދަން ތިއްބައި ހައްޔަރުކުރާ މީހުންނާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ފަދަ އަމަލުތަކުގައި ތުހުމަތުވާ މީހުން ވެސް ދޫވެފައި ތިބި ކަން ފުލުހުންގެ މައުލޫމާތުތަކުން އެނގެ އެވެ.
ނުރައްކާތެރި ކުށްވެރިން ހުކުމް ތަންފީޒު ކުރުމެއް ނެތް! https://t.co/4Pkmoqfg1q
— Mihaaru (@Mihaarunews) September 26, 2021
ހޯމް މިނިސްޓްރީން މިދިޔަ އަހަރުގެ ފަހުކޮޅު ބުނެފައި ވަނީ ނުރައްކާތެރި 100 އެއްހާ ކުށްވެރިން އާއްމުންގެ ތެރެއަށް ދޫވެފައި އެބަތިބި ކަމަށެވެ. އެ މީހުންނަކީ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން މޮނިކޮން އަމުރު ނެރެ، ޓެގު އަޅުވައިގެން ވެސް ބަލަހައްޓަން ޖެހޭ ވަރަށް މުޖުތަމައަށް ނުރައްކާ އޮތް ބައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުالله ވިދާޅުވެފައިވެ އެވެ.
މީހެއްގެ ފައިގައި ޓެގް އަޅުވާފައި: ނުރައްކާތެރި ކުށްވެރިން މޮނިޓަކުރުމަށް 100 ޓެގު ވަނީ ގެނެސްފައި. -- ފޮޓޯ: ސްޓަފް
މިހާ ބިރުވެރި ހާލަތެއްގެ ވާހަކަ ހޯމް މިނިސްޓްރީން އާއްމުކުރުމާ އެކު ހިތްހަމަނުޖެހުންތަކާއި ކުށްވެރިންގެ ގައިގައި އަތްލެވޭނެ ގޮތެއް ނެތި "ގޮތް ހުސްވެފައިވާ" ސަބަބާ މެދު ސުވާލު އުފެއްދުމުން، މައްސަލައެއްގެ ގޮތުގައި އޭރު ދެއްކީ އެ މީހުން މޮނިޓާކުރާނެ ޓެގެއް ނެތުމެވެ.
ޖަލުގައި ނުބޭއްތިއްބޭ ނަމަ ކުށްވެރިން މޮނިޓާކުރަން ގާނޫނުގައި ކަނޑައަޅާފައި އޮތް ގޮތް ކަމަށް ވިޔަސް އަހަރެއް ވި އިރު ވެސް ޓެގު މައްސަލައަށް ވެސް ހައްލެއް ހޯދުނު ކަމަކަށް ނުވެ އެވެ. އެއްވެސް މީހަކު މޮނިޓާކުރާކަށް އަދި ނުފަށަ އެވެ.
ކުށްވެރިން ދޫވެފައި ތިބޭ މައްސަލައިގެ އެއް ހައްލަކަށް މިދިޔަ އަހަރުގެ ފަހުކޮޅު ކަމާބެހޭ އިދާރާތަކުން ދެއްކީ ޓެގު ހޯދުމެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ނެރޭ މޮނިކޮން އަމުރަކީ ބޮޑެތި ކުށުގެ ތުހުމަތު ކުރެވޭ މީހުން އުޅޭނޫޅޭ ގޮތް ބަލައި، ފާރަލުމަށް ހޯމް މިނިސްޓަރު ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް، ހައި ކޯޓުން ނެރޭ އަމުރެކެވެ. އެ އަމުރު ނެރުމާ އެކު ތުހުމަތު ކުރެވޭ މީހުންގެ ފައިގައި "މޮނިކޮން ޓެގު" އަޅުވަ އެވެ.
އެއް އަހަރުގެ މުއްދަތަށް ނެރޭ މޮނިކޮން އަމުރަކާ ހިލާފުވުމުގެ އަދަބަކީ 18 މަސް ދުވަހަށް ޖަލަށް ލުމެވެ.
ޓެގު އަޅުވައިގެން ބަލަހައްޓަން ޖެހޭ މީހުން ތިއްބަސް އެކަން ނުކުރެވި ވަނީ ބަޖެޓެއް ނެތިގެން ކަމަށް ހޯމް މިނިސްޓްރީން ބުނުމާ އެކު ސަރުކާރުން ވަނީ އެކަމަށް ހައްލެއް ހޯދައިދޭން ހާއްސަ ބަޖެޓެއް ދޫކޮށްފަ އެވެ. ބަޖެޓުގައި ހިމަނާފައި ނުވިޔަސް މި އަަހަރަށް ފާސްކުރި ބަޖެޓުގެ ތެރޭގައި ހިމަނައިގެން އެކަން ކުރަން ވެސް ލަސްކުރެވެން ނެތުމުންނެވެ.
ޓެގު ހޯދުމަށް ދޫކުރި ބަޖެޓުގެ ތެރެއިން، އިއުލާންކޮށްގެން މިދިޔަ އެޕްރީލް މަހުގެ ތެރޭގައި 100 ޓެގު ވަނީ ކުންފުންޏަކާ ހަވާލުކޮށްގެން ރާއްޖެ ގެނެސްފަ އެވެ. އެކަމަކު، ޚާއްސަ ބަޖެޓެއް ކަނޑައަޅައި އަވަސް އަރުވާލައިގެން ހޯދި ޓެގެއް މިއަދާ ހަމައަށް އެއްވެސް ކުށްވެރިއެއްގެ ފައިގައި ނާޅުވަ އެވެ.
ހޯމް މިނިސްޓްރީން މައުލޫމާތު ހޯދިއިރު, އެކަން ލަސްވެފައި އޮތީ އިދާރީ ކަންކަމުގައި ތާށިވެގެންނެވެ. ފުލުހުންނަށް ހިންގަން ޖެހޭ ތަމްރީންތަކެއް ނުހިންގިގެންނެވެ.
ކުށަށް ތުހުމަތު ކުރެވޭ ބަޔަކު ހައްޔަރުކުރަން ފުލުހުން ހަރަކާތްތެރިވަނީ: ގޭންގުތަކުގެ ބާރު ފުލުހުންނަށް ދައްކައި މި ހަފުތާގައި ވެސް ފުލުހަކަށް ވަނީ މަރުގެ އިންޒާރުދީފައި. ---ފޮޓޯ | މިހާރު
އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެއީ ޓެގު އެޅުވުމަށް ބޭނުންވާ ސޮފްޓްވެއާ އާއި ބްރޭސްލެޓް ބޭނުންކުރުމުގެ ކުރިން ހިންގަންޖެހޭ ތަމްރީންތަކެކެވެ.
"ފުލުހުންނަށް ހިންގަން ޖެހޭ ޓްރޭނިން ދިނުމަށް ވާންޖެހޭ ތައްޔާރީތައް މިދަނީ ވަމުން," އޮފިޝަލް ވިދާޅުވި އެވެ.
ޓެގު ހުސްވެފައިވާ މައްސަލައިގައި ހައްލެއް ލިބުނުތާ މިހާ ދުވަސްވި އިރު ވެސް އެއީ އެކަން ތަންފީޒުކުރެވޭ ސްޕީޑެވެ.
ކުށްވެރިން ދޫވެ, ކުށްކުރުން ނުހުއްޓުވުމަށް އެކި ފަހަރު ދައްކަނީ އެކި ބަހަނާ އެވެ. ކުރިން ދެއްކީ ގާނޫނީ ބާގަނޑުތަކުން ދޫވުމެވެ. ތަހުގީގީ އިދާރާތަކަށް ބާރުވެރިކަމެއް ނެތުމެވެ. މި ޝަކުވާއަށް ވެސް އޮތީ ހައްލެއް ހޯދައިދީ ގާނޫނުތައް ހަރުކަށިކޮށްފަ އެވެ.
މައްސަަލައަކީ އަހަރެއް ވި އިރު ވެސް ކުޑަކުޑަ ކަމެއް ހައްލު ނުވެ ކުށްވެރިން އެ މީހުންގެ ބާރުވެރިކަމުގައި ތިބުމެވެ. ހަރުކަށިކޮށްފައި ހުރި ގާނޫނުތަކުން ކަނޑައަޅާފައިވާ އިޖުރާއަތުތަކާއި އަދަބުތަކެއް އެ މީހުންގެ މައްޗަކަށް ނުހިންގެ އެވެ. ގޭންގްތަކާ ޖެހުމުން، މުއައްސަސާތަކުގެ ގާނޫނީ ބާރުވެރިކަމުގައި ޓެގު އެޅުވިފައި ވުމެވެ.
ކުށްވެރިން ބާރުވެރިކަމާއި ނުރައްކާތެރި ހާލަތު ބަދަލުނުވާ ކަން ފުލުހުންނަށް ދިން އިންޒާރާއި ހަފުތާއެއްހާ ދުވަސްކުރިން ފުލުހުންގެ އިދާރާ އިން ހާމަކުރި ގޭންގްތަކާ ބެހޭ ތަފާސްހިސާބުން ސާފެވެ.
މާރާމާރީ ހިންގަން އުޅެނިކޮށް ހުއްޓުވައި،އެކަކު ހައްޔަރު
ގޭންގުތަކުގެ ކުރިމަތީގައި މިފަހަރު ކުޑަކަޑޫ ނުޖަހާނެ!
ޕޮލިސް އިންޓެލިޖެންްސުން ކަމަށް ބުނެ ތަނަކުން ފޭރިއްޖެ
ފަހަތުގައި އެ އިނީ ގާތިލެއް؟!
ހުޅުމާލޭގައި ފުލުހުންގެ އަދަދު އިތުރުކޮށްފި
އަނަސް މަރާލަން ހަމަލާދިނީ އޮޅުމަކުން: ޕޮލިސް
ރޭގެ މާރާމާރީގައި ހައްޔަރުކުރި 4 ކުދިން ދޫކޮށްލައިފި
"މާރާމާރީ ހިންގާ މީހުން ފިލުވުމަށް އެހީތެރި އެބަވޭ"
އަނަސްގެ މަރާ ގުޅިގެން ހޯދި އެކަކު ހައްޔަރުކޮށްފި
މާރާމާރީ ހުއްޓުވަން މިދަނީ މަސައްކަތް ކުރަމުން:އަޒްލީން