މާލޭގައި ރޭ ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރު ކުރި 13 މީހުންގެ ތެރޭގައި ހިމެނޭ ހަތަރު ކުދިން ޖުވެނައިލް ކޯޓުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
30 ސެޕްޓެމްބަރ 2017
މާލޭގައި ރޭ ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރު ކުރި 13 މީހުންގެ ތެރޭގައި ހިމެނޭ ހަތަރު ކުދިން ޖުވެނައިލް ކޯޓުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކައިރީ ހުންނަ "ޖީސިކްސް" ކެފޭ ކައިރީގައި ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި ހަތަރު ކުދިންގެ ބަންދުގެ މުއްދަތު ޖަހަން ޖުވެނައިލް ކޯޓަށް ގެންދިއުމުން ދޫކޮށްލާފައިވާއިރު، އެ ކޯޓުން އެކަން އެގޮތަށް ނިންމި ސަބަބެއް ފުލުހުން ނުބުނެ އެވެ.
މި މާރާމާރީއާ ގުޅިގެން މިހާރު ފުލުހުން ހައްޔަރުކޮށްފައި ނުވަ މީހެއް ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު 15 ދުވަސް ދީފައި ކަމަށް ވެސް ފުލުހުން ބުނެ އެވެ. އެކަމަކު އެ މީހުންނާ ގުޅޭ އެއްވެސް ތަފުސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
ފުލުހުން ބުނީ ނުވަ މީހުންނާ ދެކޮޅަށް ކްރިމިނަލް ކޯޓަށް ހެކި ހުށަހެޅި ގޮތަށް ހަތަރު ކުދިން ބަންދުގައި ބައިތިއްބަން ވެސް އެކަށީގެންވާ ހެކި ޖުވެނައިލް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށެވެ.
މާލޭގެ އިތުރުން ހުޅުމާލޭގައި ވެސް ރޭ މާރާމާރީއެއް ހިންގައި އެ މާރާމާރީގައި އަނިޔާވި މީހާ ވަނީ މަރުވެފަ އެވެ. ހުޅުމާލޭ "ހާފްވޭ ހައުސް" ކައިރިން ހިންގި މާރާމާރީގައި ގއ. ދާންދޫ ގޯލްޑް ލީފް، ހާރިސް އަބްދުލް ޣަފޫރު 24، މަރާލި މައްސަލާގައި އަދި މީހަކު ހައްޔަރު ކުރި ކަމެއް ފުލުހުން ނުބުނެ އެވެ. އެކަމަކު އެ ހަމަލަދިން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.
ރޭ 11:30 ހާއިރު މާލޭގައި ހިންގި މާރާމާރީގައި ޒަހަމްވި މީހާ އަށް އޭޑީކޭ ހޮސްޕިޓަލްގައި އަދިވެސް އަންނަނީ ފަރުވާދެމުންނެވެ. ނަމަވެސް އެ މީހާއާ ގުޅޭ އިތުރު ތަފްސީލެއް ނުލިބެ އެވެ.
ރޭ މާލޭގައި ހިންގި މަރާމާރީއާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ތެރޭގައި އަމަލީ ގޮތުން ބައިވެރިވި މީހުންނާއި މާރާމާރީ ހިންގުމަށް ބޭނުން ކުރި ތަކެތި ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރަހުމު ކުޑަ އަމަލުތައް ހިންގާ މީހުން ހޯދައި އެ މީހުންގެ މައްޗަށް ހިންގަން ޖެހޭ ތަހުގީގުތައް ހިންގައި ޝަރީއަތަށް ހުށަހަޅާނެ ކަމަށެވެ. މާރާމާރީ އާއި ރާވައިގެން ހިންގާ ކުށްތައް ކުރާ މީހުން ފިލުވައި، އެމީހުންނަށް އެހީތެރިވެދީ ފުލުހުންނަށް އޮޅުވައިލުމަށް ބައެއް މީހުން މަަސައްކަތް ކުރަމުންދާތީ އެ މައްސަލަތައް ވެސް ބަލާނެ ކަމަށް ފުލުހުން ބުންޏެވެ.
"މާރާމާރީ ހިންގާ މީހުން ފިލުވުމަށް އެހީތެރި އެބަވޭ"
މާލޭގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލަދީފި
މާރާމާރީތަކާ ގުޅިގެން މީހުން ފާސްކުރަން ފަށައިފި
ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަހަމްކޮށްލައިފި
ހުޅުމާލޭގައި ފުލުހުންގެ އަދަދު އިތުރުކޮށްފި
މާރާމާރީއާ ގުޅިގެން ހައްޔަރުކުރި 8 މީހަކު ދޫކޮށްލައިފި
މާރާމާރީތައް ހިންގަނީ ހަތަރު ގޭންގަކުން: ސީޕީ
ވަޅި ހަރައި ޒަހަމްކޮށްލި ޒުވާނާ އަދިވެސް ހޭނާރާ
ގްރޫޕު މާރާމާރީއަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި
ޕޮލިސް އިންޓެލިޖެންްސުން ކަމަށް ބުނެ ތަނަކުން ފޭރިއްޖެ