05 ސެޕްޓެމްބަރ 2022
ދިރާގުގެ ޕޯސްޓްޕެއިޑް އަދި އަމިއްލަ މަންތުލީ ޕްލޭންތަކަށް މި މަހުން ފެށިގެން ޑޭޓާ ރޯލްއޯވާ ތައާރަފުކޮށްފި އެވެ.
ދިރާގުގެ ޕޯސްޓްޕެއިޑް އަދި އަމިއްލަ މަންތުލީ ޕްލޭންތަކަށް މި މަހުން ފެށިގެން ޑޭޓާ ރޯލްއޯވާ ތައާރަފުކޮށްފި އެވެ.
އެ ބަދަލާއެކު، މިދިޔަ އޮގަސްޓް މަސް ނިމުނުއިރު ޕޯސްޓްޕެއިޑް އަދި އަމިއްލަ މަންތުލީ ޕްލޭންތަކަށް ސަބްސްކްރައިބް ކޮށްފައިވާ މީހުންގެ ޕެކޭޖުގައި ބޭނުންނުކޮށް ހުރި ކޯ-ޑޭޓާ އެލަވަންސެއް މަހުގެ އެލަވަންސާއެކު ހިމެނޭނެ ކަމަށް ދިރާގުން ބުންޏެވެ.
އެ ކުންފުނިން ބުނީ، އެ މަހެއްގައި ބޭނުން ނުކުރެވި ހުންނަ އިތުރު އެލަވަންސް ޖެހިގެން އަންނަ މަހުގެ އެލަވެންސްގެ ތެރޭގައި ކުރިމަގުގައި ހިމެނޭނެ ކަމަށެވެ.
ރޯލްއޯވާ ކުރެވޭ ޑޭޓާ ބޭނުން ކުރެވޭނީ އެއް މަސް ދުވަހުގެ މުއްދަތަކަށެވެ. އެއީ ޕޯސްޓްޕެއިޑް އަދި އަމިއްލަ މަންތުލީ ޕްލޭންތަކަށް ސަބްސްކްރައިބް ކޮށްފައިވާ މީހުންނަށް އިތުރު ހަރަދަކާ ނުލައި އިތުރު ޑޭޓާ ބޭނުން ކުރުމަށް ލިބޭ ފުރުސަތެއް ކަމަށް ދިރާގުން ބުނެ އެވެ.
ދިރާގުގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އިތުރު ޕްރޮމޯޝަނެއް ވެސް މިހާރު ވަނީ ފަށައިފަ އެވެ. އެ ޕްރޮމޯޝަންގެ ދަށުން ޕޯސްޓްޕެއިޑް ނުވަތަ އަމިއްލަ ޕޯސްޓްޕެއިޑް ހިދުމަތަށް އެދުމުން ހިލޭ ދަތުރެއް ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
ޕްރޮމޯޝަންގެ ނަސީބުވެރިޔާގެ އިނާމަކީ އަބޫދާބީ އާއި ދުބާއީ އަދި އިސްތަންބޫލަށް ދެ މީހެއްގެ ދަތުރެކެވެ. އެ ދަތުރުގެ ހިލޭ ދެކޮޅު ޓިކެޓާއި އެކޮމޮޑޭޝަންގެ އިތުރުން ދުބާއި އާއި އިސްތަންބޫލްގެ ދެ ޓުއާއެއް ވެސް ޕެކޭޖްގައި ހިމެނެ އެވެ. މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަންގައި 1،000 ޑޮލަރުގެ ޝޮޕިން އެލަވަންސެއް ވެސް ދޭނެ އެވެ.
ދިރާގުން "ސަޅި ޑެއިލީ ޑޭޓާ" ތައާރަފްކޮށްފި
ދިރާގުން ކޮންމެ ހަފްތާއަކު ސްމާޓް ޓީވީއެއް ދެނީ
ދިރާގުން ދޭ ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު މިރޭ ހަމަވާނެ
މުސްތަފާ: ޓެސްލާގެ ނަސީބާ އެކު އުފަލުން!
ދިރާގުގެ ބްރޭންޑް އެމްބެސެޑަރަކަށް ދީމާ
ދިރާގުން "މަމްސް އެއިޑް" އަށް އެހީއެއް
ދިރާގުން "ބެކް ޓު ސްކޫލް" އޮފާތަކެއް
ދިރާގުން ދުނިޔޭގެ ޓެލެކޮމިއުކޭޝަން ދުވަސް ކުލަ ގަދަކޮށް ފާހަގަކޮށްފި
އާ އަހަރަށް ދިރާގު ޕޯސްޓްޕެއިޑަށް ޑަބަލް ޑޭޓާ
ތިން ދުވަހަށް ދިރާގުން 100ރ. އަށް 100ޖީބީ ޑޭޓާ