ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސީނިއާ ވައިސް ޕްރެޒިޑެންޓުގެ މަގާމަށް އިންތިހާބުވުމާ އެކު އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް، ވައުދުވި ގޮތަށް އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
05 ޖެނުއަރީ 2017
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސީނިއާ ވައިސް ޕްރެޒިޑެންޓުގެ މަގާމަށް އިންތިހާބުވުމާ އެކު އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް، ވައުދުވި ގޮތަށް އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ހުސެއިން މިއަދު ވިދާޅުވީ އޭނާ އެފްއޭއެމްގެ އެ މަގާމަށް ވަޑައިގަތީ ވެސް މިކަމުގައި އަމަލީ ގޮތުން އުޅުމުގެ ޝައުގެެއް ހުރެގެން ނޫން ކަމަށާއި ބޭނުންވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލަށް އިންތިހާބު ކާމިޔާބުކޮށްދޭން އެހީވުން ކަމަށެވެ.
"އަނެއްކޮޅުގައި މަޖިލިސް މެމްބަރުންތަކެއް ތިބީމާ، ބައްސާމް އަށް ސަޕޯޓް ދިނުމުގެ ގޮތުން އަޅުގަނޑު މަޖިލިސް މެމްބަރެއްގެ ހައިސިއްޔަތުން އޭރު ބައްސާމް ޓީމާ ގުޅުނީ. އަޅުގަނޑު އޭރު ވެސް ދަންނަވާފައި އޮންނާނެ ހޮވުމާ އެކު އެއްކައިރިވާނަމޭ. އެހެންވެ އެގޮތުން މަތިން އިސްތިއުފާ ދިނީ،" ހުސެއިން ވިދާޅުވި އެވެ.
ބައްސާމްގެ އެކްސްކޯގައި މަޖިލީހުގެ އިތުރު ފަސް މެމްބަރަކު ހިމެނެ އެވެ. އެއީ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) މަޑަވެލި ދާއިރާގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދާއި ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީ އާއި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަލީ ޝާހު އާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ އެވެ.
އެފްއޭއެމްގެ އަސާސީ ގަވާއިދު ބުނާ ގޮތުގައި އެކްސްކޯގެ ވަކި އަދަދަކަށް ވުރެ މަދު މެމްބަރުންތަކެއް އިސްތިއުފާ ދީފި ނަމަ އެ މަގާމަށް މެމްބަރަކު އައްޔަންކުރާނީ އެކްސްކޯ އިންނެވެ. އެނގިފައިވާ ގޮތުގައި ސީނިއާ ވައިސް ޕްރެޒިޑެންޓުގެ މަގާމަށް ގެންނާނީ ނޯމަލައިޒޭޝަން ކޮމިޓީގެ ކުރީގެ މެމްބަރު އަދި ކުރީގެ ފޯވާޑް އަލީ އުމަރެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް ވިދާޅުވެފައިވާ ގޮތުގައި އެންމެ އަވަހަށް އޮންނަ އެފްއޭއެމް ކޮންގްރެސްގެ ކުރިން އެ އެސޯސިއޭޝަނުގެ އެކްސްކޯގައި ތިއްބެވި ހުރިހާ ސިޔާސީ ބޭފުޅުން، ވައުދުވެފައިވާ ގޮތަށް އެއްކައިރިވެ ވަޑައިގަންނަވާނެ އެވެ.
ފީފާއިން ކޮންގްރެސް ބަލައިނުގަންނާނެކަމުގެ އިޝާރާތް
އުއްމީދުތަކާ ގުޅިފައިވާ އެފްއޭގެ އިންތިހާބު މާދަމާ
ފީފާގެ ހުށަހެޅުމުން އެފްއޭއެމް ސޮއްސާލާނީ ފަހަތަށް
"ފީފާގެ އޮފިޝަލް އުޅުނީ ކޮންގްރެސް ބޭއްވިޔަނުދޭން"
ބޮއިކޮޓް ކުރި ޓީމުތައް ނުލައި ކޮމިޓީތައް ފާސްކޮށްފި
ފަސް ޓީމަކުން އެފްއޭއެމްގެ ކޮންގްރެސް ބޮއިކޮޓް ކޮށްފި
ޑިސިޕްލިނަރީ، އެޕީލްސް ކޮމިޓީ ހޮވުން މި މަހު 15ގައި
އެފްއޭއެމްގެ ކޮންގްރެސްއެއް އަންނަ މަހު
"ކަރުދާސް ކްލަބްތައް"ނުކުމެ އިންތިހާބުތައް ހަރާބުކުރަނީ
ބައްސާމްގެ ދައުރު ނިމެނީ، ރާއްޖެ ފީފާގެ އިންތިޒާރުގައި