Roadha Mihaaru
ރައީސް ދެވަނަ ދައުރަކަށް އިންތިހާބުވާނެ: ޝާހިދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް އިންތިހާބު ވާނެ: ޝާހިދު

01 ސެޕްޓެމްބަރ 2022

އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް އިންތިހާބު ވެވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް އިންތިހާބު ވެވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދު މިހެން ވިދާޅުވީ، އިންޑިއާއަށް ކުރެއްވި ދަތުރުގެ ތެރެއިން "ދަ ޕްރިންޓް" އަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

މި އިންޓަވިއުގައި ޝާހިދު ވިދާޅުވި ގޮތުގައި "އިންޑިއާ އައުޓް" ކެމްޕެއިނަކީ ތަރައްގީގެ އެޖެންޑާއެއް ނެތް އިދިކޮޅު ބަޔަކު ރާއްޖޭގެ އެންމެ ގާތް އަވަށްޓެރި ގައުމާ ދެކޮޅަށް އެއްވެސް ހިންގާ ހަރަކާތެކެވެ. އޭނާ ވިދާޅުވި ގޮތގައި އެއީ ރައްޔިތުންނަށް ވިއްކާނެ އިތުރު އެއްޗެއް ނެތުމުން ކުރާ ކަމެކެވެ.

ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް އިންތިހާބު ވެވަޑައިގަންނަވާނެ ކަމަށާއި އެމަނިކުފާނުގެ ލީޑާޝިޕްގެ ދަށުން ކޮށްދީފައިވާ ރަނގަޅު ކަންކަން ރައްޔިތުން ބަލައިގެންފައިވާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

ޝާހިދު އިންޑިއާ އަށް ވަޑައިގަތުމަށް ފަހު ވަނީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ވެސް ބައްދަލު ކުރައްވައިފަ އެވެ. ނަޝީދު ވެސް އެމްޑީޕީގެ ރިޔާސީ ޓިކެޓުގައި 2023 އަށް ވާދަކުރައްވަން ގަސްތު ކުރައްވަ އެވެ.

މަޖިލީހުން ބޭއްވި "އާސްކް ސްޕީކާ" ޕްރޮގްރާމުގައި ނަޝީދު ވިދާޅުވީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ދިނުމަކީ އެމްޑީޕީ އަށް އޮތް ރަނގަޅު ގޮތެއް ނޫން ކަމަށެވެ. ނަމަވެސް ޕާޓީގެ ތެރޭގައި ރިޔާސީ ޓިކެޓަށް "ރުކުން" ހަމަވާ އަނެއް ބޭފުޅަކީ ޝާހިދު ކަމަށް ނަޝީދު ވިދާޅުވި އެވެ.