25 އޯގަސްޓް 2022
ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދިނުމަށް ސަރުކާރުން ވައުދުވި ނަމަވެސް ނޫސްވެރިންނަށް އަދިވެސް ގޮންޖެހުންތައް އެބަހުރި ކަމަށް އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ޖާނަލިސްޓް (އައިއެފްޖޭ) އިން މިއަދު ބުނެފި އެވެ.
ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދިނުމަށް ސަރުކާރުން ވައުދުވި ނަމަވެސް ނޫސްވެރިންނަށް އަދިވެސް ގޮންޖެހުންތައް އެބަހުރި ކަމަށް އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ޖާނަލިސްޓް (އައިއެފްޖޭ) އިން މިއަދު ބުނެފި އެވެ.
ރާއްޖެއަށް ކުރި ހަފުތާއެއްހާ ދުވަހުގެ ދަތުރުގައި ކަމާގުޅޭ ފަރާތްތަކާ ބައްދަލުކުރުމަށްފަހު އެ ޖަމިއްޔާއިން ނެރުނު ބަޔާނުގައި ބުނީ މިނިވަން އަދި ދިރުންހުރި މިނިވަން މީޑިއާއެއް ކުރިއެރުވުމަށް ހުރަސްއެޅޭ މައްސަލަތައް ވެސް އެބަހުރި ކަމަށެވެ.
ނޫސްވެރިންނާއި އެޑިޓަރުން އަދި ފުލުހުންނާއި ގާނޫނީ ބޭފުޅުންނާ އެކު ބޭއްވި ބައްދަލުވުންތަކުގައި ފާހަގަކުރެވުނު އެއް ކަންބޮޑުވުމަކީ ހެއްކާ ބެހޭ ގާނޫނަށް މި ފަހުން ގެނައި އިސްލާހު ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.
އެ ކަންކަމުގެ އިތުރުން ސިޔާސީ ނުފޫޒު ފޯރުވުމަށް "ޝެލް މީޑިއާ ކުންފުނި"ތަކުގެ މައްސަލަ ވީހާ ވެސް އަވަހަކަށް ބަލައި އެ ތަހުގީގުގެ ހޯދުންތައް ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް އައިއެފްޖޭއިން ވަނީ ގޮވާލައިފަ އެވެ. އަދި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް މެމްބަރުން އިންތިހާބުކުރަން ބާއްވާ އިންތިހާބުގައި ވޯޓުދިނުމުގައި ހައްގު ރަޖިސްޓްރީކޮށްފައިވާ ހުރިހާ މީޑިއާތަކަށް ދިނުމަކީ ނޭދެވޭ ނަތީޖާ ނުކުންނާނެ ކަން ފާހަގަކުރެ އެވެ.
އެހެންވެ، އައިއެފްޖޭ އާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ދެކެނީ މިހާރު ހުޅުވާލާފައިވާ އެމްއެމްސީގެ އިންތިހާބުގައި ގަވައިދުން މަސައްކަތް ނުކުރާ މީޑިއާތަކުން ވޯޓު ދިނުން އެއްކިބާ ކުރަންޖެހޭނެ ކަމަށެވެ.
"މިގޮތަށް ބަދަލު ގެނެސްފިނަމަ ސައްހަ މީޑިއާތަކުގައި މަސައްކަތް ކުރާ މީހުންގެ މަސްލަހަތު ތަމްސީލުކުރެވޭނެކަން ކަށަވަރު ވެގެންދާނެ،" ބަޔާނުގައި ބުންޏެވެ.
- މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަދި ޕަބްލިކް ސާވިސް މީޑިއާއަށް ސިޔާސީ މީހުން އައްޔަންކުރުމުގެ ސަބަބުން މުއައްސަސާތަކަށް ސިޔާސީ ނުފޫޒު ފޯރުވުން
- ނޫސްވެރިންނަށް ޕްރޮފެޝަނަލް ތަމްރީނުގެ ފުރުސަތުތަކާއި މީޑިއާގެ ހައްގުތަކާއި ޒިންމާތަކާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ތަމްރީނުގެ ފުރުސަތު ނެތުން
- ފްރީލާންސް ނޫސްވެރިންނަށް އެކްރެޑިޓޭޝަން ލިބުމުގައި ހުރި ހުރަސްތައް
- ނޫސްވެރިންނާ ދެކޮޅަށް ކުރާ ކުށްތަކަށް އަދަބު ނުދިނުމުގެ ސަގާފަތް އަދި ދީނީ ގޮތުން ހައްދުފަހަނައަޅައެޅި ފަރާތްތަކުގެ ނުފޫޒުގެ ސަބަބުން މީޑީއާގެ މިނިވަންކަމާއި ސިންދަފާތުކަމަށް އަސަރުކުރާކަން
- އެކަށީގެންވާ މުއްދަތެއްގައި މައުލޫމާތު ނުލިބުމާއި ސަރުކާރާއި ދައުލަތުގެ އެކި ޑިޕާޓްމަންޓުތަކުން މައުލޫމާތު ހޯދައި ލިބިގަތުމަށް ދިގު މުއްދަތެއް ހޭދަވުން
- ނޫސްވެރިންގެ މުސާރައިން އުނިކުރުމުގެ އުސޫލެއް ފުޅާ ދާއިރާއެއްގައި ގެންގުޅުމުގެ ސަބަބުން މަސައްކަތްތެރިކަމުގެ ހައްގުތައް ނިގުޅައިގަތުން
މީޑިއާގެ ހައްގުތައް ރައްކާތެރިކުރެވޭނެ ނިޒާމެއް ގާއިމްކުރުމަކީ ނޫސްވެރިކަމުގެ ހައްގުތަކާއި މީޑިއާގެ ގާނޫނާ ހިލާފު އަމަލުތަކާ މެދު ހޭލުންތެރިކަން އިތުރުކޮށް ނޫސްވެރިކަމުގެ ޕްރޮފެޝަނަލް މިންގަނޑުތަކަށް މި ދާއިރާ އަހުލުވެރިކުރުމަށް ވަރަށް ބޮޑު ބާރެއް ލިބިގެންދާނެ ކަމެއް ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
"ރާއްޖޭގެ މީޑިއާގެ ދާއިރާގައި އަދި ވެސް އޮތީ ވަރަށް ބޮޑަށް ސިޔާސީ ވެފައި. މީޑިއާގެ ހައްގުތަކާއި މީޑިއާގެ މިނިވަންކަން ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާކަން ކަށަވަރުކުރުމަށްޓަކައި މީޑިއާގެ ހައްގުތަކާއި މީޑިއާގެ މިނިވަންކަން ހިމާޔަތްކޮށް ދިފާއުކުރުމަށް މިހާރަށްވުރެ ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭ. އޭރުން ނޫސްވެރިންނަށް ރައްކާތެރިކަމާއެކު، ވަޒީފާގެ ޔަގީންކަން ވެސް ލިބޭ ގޮތަށް އެ ފަރާތްތަކުގެ މަސައްކަތް ކުރެވޭނެ،" އައިއެފްޖޭއިން ބުންޏެވެ.
އެކަންކަމާ ގުޅިގެން އެމްޖޭއޭއިން ބުނީ ރާއްޖޭގެ ހާލަތު ދެނަގަންނަން އައިއެފްޖޭއިން ފާހަގަކޮށްފައިވާ ކަންކަން ރަނގަޅުކުރަން ހުރިހާ އެންމެންގެ ދައުރު އެބައޮތް ކަމަށެވެ. މިއީ، ނޫސްވެރިންނަށް ރައްކާތެރި މަސައްކަތުގެ މާހައުލެއް ކަށަވަރުކުރުމަށްޓަކައި ވަރަށް މުހިއްމު ކަމެއް ކަމަށް ފާހަގަކުރެ އެވެ.
ނޫސްވެރިން "ހޭއަރުވާލާނަމޭ" ބުނި މައްސަލަ ބަލަންޖެހޭ
ފޮރުވިގެން ހިންގާ ވެބްސައިޓުތަކަށް ހަލީލްގެ ފާޑުކިޔުން!
"މީޑިއާތަކަށް އިނާޔަތެއް ދިނުން ހަގީގަތަކަށް ހަދާނަން"
އިމެއް ނެތި ލިޔެވުނަސް ހުރަސްތައް ނައްތައެއް ނުލެވޭ
ނޫސްވެރިކަމަށް ހުރަހެއް ނާޅާނަން: ސަރުކާރު
"މީޑިއާގެ މިނިވަންކަން ކަށަވަރުކުރަން ހެޔޮ ނިޔަތެއް ނެތް"
މީޑިއާގެ މިނިވަންކަމުގައި ރާއްޖެ 15 ދަރަޖަ ފަހަތަށް!
ނޫސްވެރިކަމަށް މިނިވަންކަން ލިބުމުން އުފާކުރަން: ރައީސް
އެންމެ މުހިއްމު ވާންޖެހޭނީ ނޫސްވެރިކަމުގެ މިނިވަންކަން
މަސްދަރު ހާމަ ކުރުމާ ބެހޭ މާއްދާ އުނިކުރަން ގޮވާލައިފި